ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އަފްޣާނިސްތާނު ބަލިކޮށް ބަންގަލަދޭޝްއިން ތިންވަނަ ހޯދައިފި އެވެ.
މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ބަންގްލަދޭޝް ވަނީ އަފްޣާން އަތުން 3-1 ސެޓުން ބަލިވެފަ އެވެ.
އެކަމަކު މިއަދު ހަވީރު ކުޅުނު ތިންވަނަ ހޮވި މެޗު ބަންގްލަދޭޝްއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްގެ ނަތީޖާތައް ދިޔައީ 25-20، 25-20 އަދި 25-15 އިންނެވެ.
ރައުންޑް ރޮބިން ބުރު، ބަންގްލަދޭޝްއިން ނިންމާލީ އެންމެ މެޗަކުން ވެސް މޮޅު ނުވެ ތާވަލުގެ ފުލުންނެވެ. މުބާރާތުގައި ފަސް ޓީމު ވާދަކުރަން ހަމަޖެހިފައި އޮތް ނަމަވެސް ފަހު ވަގުތު ތުރުކްމެނިސްތާނު ޓީމަށް ދަތުރުކުރުމުގެ ހުއްދަ ނުލިބުމުން، މުބާރާތުގައި ބައިވެރި ވެވެން ނެތް ކަމަށް އެ ގައުމުން އެންގި އެވެ.
އެހެންވެ، ހަތަރު ޓީމުގެ މެދުގައި ރައުންޑް ރޮބިން ބުރެއް ކުޅުމަށް ފަހު ސެމީގެ މެޗުތަކާ ކުރިމަތިލި އެވެ. ބަންގަލަދޭޝްއިން ފުލުގައި ނިންމާލުމުން ސެމީގައި އެ ޓީމު ވާދަކުރަން ޖެހުނީ ރޭންކިންގެ އެއްވަނަ ހޯދި ރާއްޖެ އާއެވެ.
ރޭންކިންގެ ތިންވަނަ ހޯދި އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނީ ދެވަނަ ހޯދި ކިރިގިސްތާނވެ.
ރާއްޖެ އާއި ކިރިގިސްތާނު ވާދަކުރާ ފައިނަލު މެޗު މިރޭ ކުޅޭނެ އެވެ.