ދިރާގުން އާ އަހަރަށް އަގުހުރި އޮފާތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުން އާ އަހަރަށް ތައާރަފްކުރި އޮފާތަކުގެ ތެރޭގައި ކުރު މުއްދަތުތަކަށް ބޭނުން ކުރެވޭނެ ޑޭޓާ ލިބޭ އެކި އޮފާތަކާއި މުޅި އަހަރު ދުވަހަށް ޑޭޓާ ލިބޭނެ އޮފާތައް ހިމެނެ އެވެ. ދިރާގުން ތައާރަފްކުރި އޮފާތަކަކީ:

ފްލެކްސީއަވާ: އެއީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ތައާރަފްކުރި އެޑް އޮންއެކެވެ. އެ އެޑް-އޮންގައި 10ރ. އިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީގެ ޑޭޓާ ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ސަޅި 365 ޑޭސް: އެއީ އެއް އަހަރު ދުވަހަށް 765 ޖީބީ ޑޭޓާ ލިބޭ ޕްލޭނެކެވެ. އެ ޕްލޭން ހިޔާރުކުރާ ކަސްޓަމަރުންނަށް މިޔުޒިކް އެޕްލިކޭޝަން، ގާނާގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ލިބޭނެ އެވެ. އެ ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް 1ޖީބީ ޑޭޓާ އާއި 100ޖީބީ ބޯނަސް ޑޭޓާ އާއި 300ޖީބީ އެންޓަޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބޭނެ އެވެ.

ސަޅި 180 ޑޭސް: އެ ޕްލޭންގެ ދަށުން 1 ޓީބީ ޑޭޓާ އާއި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި އެއް އަހަރު ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބިގެންދާނެ އެވެ. އެ ޕްލޭންގައި ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރު 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް ޑޭޓާ 180 ދުވަހުގެ މުއްދަތަށް ބޭނުން ކުރުމަށް ލިބޭނެ އެވެ.

ސަޅި 90 ޑޭސް: ސަޅި 90 ޑޭސް އޮފާއަކީ ކަސްޓަމަރުންނަށް ދުވާލަކަށް 2ޖީބީ ޑޭޓާ އާއި 120ޖީބީ އެންޓަޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭ އޮފާއެކެވެ.

ދިރާގުން ކޮންމެ އާ އަހަރަކާ ދިމާކޮށް ކަސްޓަމަރުންގެ އެކި ބޭނުންތަކާ ގުޅޭ ޕްލޭންތައް ތައާރަފްކުރެ އެވެ.