އުރީދޫ މޯލްޑިވްސްގެ ފައިބާ އިންޓަނެޓް ކަނެކްޝަން "ސުޕަނެޓް" ހިޔާރުކުރާ ކަސްޓަމަރުންނަށް "ސްމާޓާ ހޯމް" ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ. 

އެ ޕްރޮމޯޝަންގެ ދަށުން އަންލިމިޓެޑް ސުޕަނެޓް ޕްލޭންތަކާ އެކު، އެ ކުންފުނީގެ އިތުބާރު ހިފޭ ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އީޒެޑްވިޑް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މިއީ އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންތަކެއް ކަމަށާއި ގޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރެވޭނެ ޑިވައިސްތަކެއް ކަމަށް އުރީދޫން ބުންޏެވެ. 

މި ޕްރޮމޯޝަނުގެ ދަށުން ސުޕަނެޓް 40 އެމް ނަގާ ކަސްޓަމަރުންނަށް އިންޑޯ އީޒެޑްވިޒް ކެމެރާއެއް ލިބޭނެ އެވެ. އަދި ސުޕަނެޓް އެމް އިން ފެށިގެން މަތީގެ ޕްލޭންތައް ހިޔާރުކުރާ ކަސްޓަމަރުންނަށް އިންޑޯ އީޒެޑްވިޒް ކެމެރާ އާއި އީޒެޑްވިޒް ކްލައުޑް ސްޓޯރޭޖް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ސުޕަނެޓްގެ ހައި ސްޕީޑް އިންޓަނެޓާ މި ޑިވައިސްތައް ކަނެކްޓްކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ޑިވައިސްގެ އެހީގައި ގޭތެރެ މޮނީޓާ ކުރެވޭނެ އެވެ.

އަދި މި ޕްރޮމޯޝަނަކީ އުރީދޫން ފޯރުކޮށްދޭ ޑިޖިޓަލް ސޮލިއުޝަންތައް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށް ވެސް އުރީދޫން ބުންޏެވެ. 

އުރީދޫގެ ސުޕަނެޓް ޕެކޭޖުތަކުގެ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.