ރާއްޖެ ސުޕަ ލީގުގެ ސެމީ ފައިނަލުގައި ށ. ފުނަދޫގެ މައްޗަށް ކާމިޔަބު ހޯދައި ލ. މާބައިދޫ ފައިނަލަށް ދަތުރު ކޮށްފި އެވެ. 

ސެމީ ފައިނަލާ ހަމައަށް ފުނަދޫ ދަތުރު ކުރީ ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މިއަދު ހަވީރު ކުޅުނު މެޗާ ހަމައަށް މުބާރާތުގައި އެއްވެސް މެޗަކުން އެ ޓީމު ބައްޔެއް ނުވެ އެވެ. މާބައިދޫ ސެމީން ޖާގަ ހޯދީ ގުރޫޕް ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީ ފައިނަލުގައި ށ. ފުނަދުއާ ދެކޮޅަށް މާބައިދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސެމީ ފައިނަލުގައި ށ. ފުނަދުއާ ދެކޮޅަށް މާބައިދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މާބައިދޫ ޓީމުން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓް ވެސް ވެސް ކާމިޔާބު ކުރީ ތަފާތު ބޮޑުކޮށެވެ. އެއީ 15-14، 25-19 އަދި 25-15 އިންނެވެ. 

ފުނަދޫ އަށް ދެން އޮންނާނީ ތިންވަނަ ހޮވާ މެޗެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ ގުރޫޕް ބީގެ އެއްވަނަ ކ. ހުރައާއި ލ. ގަމެވެ.

މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މާދަމާ ރޭގަ އެވެ. ހަވީރު ތިންވަނަ ހޮވާ މެޗު އިންނާނެ އެވެ.