ދިވެހި ބަހުގެ އެކަޑެމީގެ ރައީސަކަށް، އަހުމަދު ޝާކިރު މުހައްމަދު މިއަދު އިންތިހާބުކޮށްފި އެވެ.
އެ އިދާރާގެ އިސްވެރިއަކަށް އެންމެ ފަހުން ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމުން، އެ ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ޝާކިރުގެ ނަމެވެ.
އެއަށްފަހު، އެކަޑެމީގައި ތިއްބަވާ ފަސް މެމްބަރުންގެ މެދުގައި ނެގި ވޯޓުން އެ ތަނުގެ ރައީސަކަށް ޝާކިރު ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ދިވެހި ބަހަށް ޝާކިރު ކޮށްދެއްވަމުން އަންނަ ހިދުމަތް ބަލައިގަނެ، 2022 ވަނަ އަހަރު ސަރުކާރުން ވަނީ އޭނާއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ފުރުއްވި ޝާކިރަށް އަދަބިއްޔާތުގައި އެންމެ ހާއްސައީ ޅެންވެރިކަމެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައިން ހެއްދެވީ ގައުމީ ޅެމާއި މަދަހަ އެވެ.
އޭނާވަނީ ދިވެހި ބަހުން ތަފާތު އެކި ފޮތްތައް ލިޔުއްވައިފަ އެވެ.