ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު "މިހާރު" އަށް ވިދާޅުވީ މަޖީދު މަގާމުން ވަކިކުރީ މިއަދު ކަމަށެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ކަމަށް ވިދާޅުވީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަކި ކުރެއްވީ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަބްދުލްމަޖީދު ވަކި ކުރެއްވިއިރު އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ބިދޭސީންގެ ކަންކަން ބަލަހައްޓާ، ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާ އެވެ.

މީގެ އިތުރުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ކަންކަން ބެލެހެއްޓުމާ މިހާތަނަށް ހަވާލުވެ ހުންނެވީ ވެސް އޭނާ އެވެ.