މިރޭގެ އިވެންޓްގައި ރައީސް ވާހަކަ ދައްކަވަނީ: ގޭންގެއްގެ ޝަރުތު ހަމަވާ ބައެއް ނެތް ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
17 ނޮވެމްބަރ 2025 - 23:16
ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފަށާފައިވާއިރު އޭގެ ދަށުން މިހާތަނަށް އެއްވެސް ގޭންގެއް ކަނޑައަޅާފައެއް ނުވެ އެވެ.
ގާނޫނުގައިވާ ގޮތުން ވަކި ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހޯމް މިނިސްޓަރަށް ކޯޓަށް ދެވޭނެ އެވެ. ގޭންގެއް ކަމަށް ކަނޑައަޅާނީ ކޮން ބާވަތެއްގެ ބައެއް ކަން ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާ ގާނޫނުގެ ދަށުން ކިތައް ގޭންގް ކަނޑައެޅިއްޖެތޯ ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުން އޮޅުންފިލުއްވި އިރު، ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
"މިހާރު ގޭންގްތަކުގައި ކުރިން އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައި މިހާރު އެ ބޭފުޅުން، އެ ކުދިން ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި،" ރައީސް ވިދާޅުވި އެވެ.
މިރޭގެ އިވެންޓްގައި ރައީސް ވާހަކަ ދައްކަވަނީ: ގޭންގެއްގެ ޝަރުތު ހަމަވާ ބައެއް ނެތް ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
ރައީސް ވިދާޅުވީ ގޭންގް ކުށްތައް ކަމަށް ކިޔާ ކުށްތަކުގައި އުޅޭ މީހުން ވަރަށް މަދުވެއްޖެ ކަމަށާއި އެހެންވެ، ގޭންގް ކަމުގައި ކަނޑައަޅާނެ ފަރާތްތައް ނުފެނިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ގޭންގްތައް މިތަނުން ނެތިގެން ދިޔުމަކީ. އަޅުގަނޑުމެން [ގޭންގްތަކަށް] މި އަޅަނީ ވަރަށް ބޮޑު ހުރަސްތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޮޑެތި އަދަބުތައް ހިމަނައިގެން ގާނޫނުތައް ފާސްކުރަނީ ބަޔަކަށް އަދަބު ދޭން ނޫން ކަމަށާއި ޒުވާނުން އެކަންކަމުން ދުރުކުރަން ކަމަށެވެ. އޭގެ ނަތީޖާ ގޭންގްގެ ގާނޫނާ އެކު ވެސް ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ވެސް އެއްވެސް ގޭންގެއް އުޅޭ ކަމަށްވާ ނަމަ، ހޯމް މިނިސްޓްރީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިގެން ކޯޓަށް ހުށަހަޅައިގެން އެއީ ގޭންގެއް ކަމަށް ކަނޑައަޅާނެ ކަމަށާއި އަދި އެއަށް ފަހު ގާނޫނުގެ ދަށުން ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގޭންގްތައް ކަނޑައަޅާ ހިސާބުން ގާނޫނުގައި ބުނާ ހުރިހާ އަދަބެއް އެ ފަރާތްތަކަށް އަންނާނެ. އެއީ ކަން ކުރަން ޖެހޭ ގޮތަކީ. އެގޮތަށް އަޅުގަނޑުމެން ގޭންގް މައްސަލަ ވެސް ހައްލު ކުރަން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ގޭންގްތަކުން މުޖުތަމައުގައި އެކި ކުށްތައް ކުރާ ތަން ފެންނަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުގައި އުޅޭ ހުރިހާ ޒުވާނުން ވެސް އެކަން ދޫކޮށްލަން އިލްތިމާސް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިޕަބްލިކް އޮފް އޮޅުންބޮޅުން
18 November 2025
ވަރަަަށް ސަކަރާތްދޯ. ކީއްވެ ރައީސުގެ އެޑްވައިޒަރުން އެމަނިކުފާނަށް ދޮގުމައުލޫމަތުދެނީ.
އަބޫ
18 November 2025
އަނެއްކާވެސް ރެކޯޑެއް ... ގަދަނު
ނަތީޖާ
18 November 2025
މިހާރުވެސް ހުރިހާ ދިމާލަކުން ނަތީޖާ އެބަ ފެނޭ، ގޭންގުތައް ކޮންޓްރޯލްކޮށްގެން އުޅޭ މީހުންވެސް ފިލައިފިއެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކީ ގޭންގެއްގެ މީހެއް ނޫނެވެ.
ޢަލިކޮއެ/ހުޅުމާލެ
18 November 2025
ކަލޭމެން ތިވަރަށް ދޮގު ހަދާއިރު އަޅެ ހީވަނީތަ އަހަރެމެންނަކީ ގަމާރުންނޭ؟
ފގ65ތ6ވޔ6
18 November 2025
އަނގަ އޮތީމާ ކީދާނެ ބާއިވަރު އެއްޗެހި..ދޯ؟؟
ތެފައާސާ.
18 November 2025
އަސްލު ވައުދު ފުއްދަން އެނގޭ ވެރިއަކާއި އަދި ކިރިޔާ މި ދިމާވީ. ވައުދުވީ އިންޑިއާ ސިފައިންވެސް ނުބައިތިއްބަން. އަރާ ވިދާޅުވީ އިންޑިއާ ސިފައިން މިހާރަކު ނުތިބޭނެއޭ. ވައުދު ފުއްދުނީ. ވައުދުވީ ގޭންގުތައްވެސް މައިތިރިކުރަން. އަރާ ވިދާޅުވީ ގޭންގެއް މިހާރަކު ނުތިބޭނެއޭ. ވައުދު ފުއްދުނީ. ދެން ލޮލުންބޮލުން ފެންނަން ހުއްޓަސް މި ނޫންގޮތަކަށް ވާހަކަ ދައްކާނަމަ އެއީ ހުދޫދުން ބޭރުވެވެނީ. އެބަޔަކު ދާންވީ ފަރަންޖީން ކައިރިއަށް އެހެން ގައުމަކަށް.
ޗަކޮއި
18 November 2025
އެބުނީ ތެދެއް މިހާރު އޮންނަނީ މަސްއޮޑީގެ ބަދަލުގައި އޮޑި......
މހއމ
18 November 2025
މަސްއޮޑި ގޭންގެއް ނޫން. ރަނގަޅު ގޮތަކީ މަސްއޮޑި ޒުވާން ކުދިން / ބޭފުޅުން. ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން މިގޮތަށް މިކަން ނިންމުމަށް އަމުރުކޮށް ތަންފީޒު ކޮށްލީމަ ނިމުނީ.
ވާނުވާ ކޮވެލި
18 November 2025
ބައެއް މީހުނަށް ހީވަނީ މަސްތުވާތަކެތީގެ އަވާގައި ޖެހި އޭގެން ސަލާމަތް ނުވެވިގެން އުޅޭ މީހުނަކީ ގޭންގު ކަމަށް، ގޭންގު އޮޕަރޭޝަން ހިންގަނީ ފިލާތިބެ.. ހަމަ އަސްލަށް ވެސް މިހާރު އެ މީހުންގެ ގިނަ މީހުން ތިބީ ސައިޒު ވެފަ...
ގަނޑިއަ
18 November 2025
ފުރަތަމަފަހަރަށް ރައީސަކު ދެއްކިވާހަކައަކުން ދިވެއްސަވީތީ މިއަދު ލަދުގަނެއްޖެ.