ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އިސްމާއިލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
18 ޑިސެމްބަރ 2025 - 13:46
ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދާއިރު، ގްރޫޕްތަކުން ކުށްކުރާ ހިސާބުތަކުން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ކުށުގެ ވެށީގައި ކުރިން އުޅޭ މީހުންނަށް ވުރެ ބޮޑަށް މިހާރު ފެންނަނީ އާ މޫނުތައް ކަމަށެވެ. އޭގެތެރޭގައި ގިނައީ 17-18 އަހަރުގެ ކުދިން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެފަހުން އޯ ލެވެލް ހެދި ކުދިން. ނުވަތަ 18 އަހަރު ކިރިޔާ ވެފައި ނުވަތަ 17 އަހަރުގެ ކުދިން އެ ފެންނަނީ އެ ތަންތަނުން. އަޅުގަނޑުމެން ހޮޓް ސްޕޮޓްސްއޭ މި ކިޔާ ގްރޫޕްތައް އެއްވެގެން އޮންނަ ތަންތަނުން މި ފެންނަނީ 17 އަހަރުގެ ކުދިން،" ސީޕީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކަންބޮޑުވާ ދަރަޖައަށް އެބަ ފެނޭ، މި ކުދިންނަށް ނަސޭހަތް ދީފައި މި ފޮނުވާލަނީ މިހާރު އެއްވެސް ކުށެއް ނުކުރާތީ. އެކަމަކު ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ބިރުބޮޑީ މި ކުދިން ކުށުގެ ތެރެއަށް ވަދެގެން ދާނެތީ."
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އިސްމާއިލް ނަވީން ފުލުހުންގެ ބައެއް ވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
ކުށުގެ ވެށިން އެ ކުދިން ސަލާމަތްކުރަން ބެލެނިވެރިން މަސައްކަތް ކުރަން ނަވީން އެދިވަޑައިގަތެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިވަގުތު ކުށުގެ މާހައުލުގައި އުޅެމުންދާ 220 ކުދިންނަށް ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ކުށުގެ މާހައުލަށް ވަދެދާނެ ކަމުގެ ބިރު އޮތް 162 ކުދިންނަށް ވެސް ހިދުމަތް ދެމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާ ދޭންޖެހެ އެވެ. އެ ނިޒާމުގެ ތެރެއިން 18 މަސް ދުވަހުގެ ތެރޭގައި މަރުކަޒުތައް ނިންމައި، ބޭނުންކުރަން ފަށަން ޖެހޭނެ ކަމަށް ބުންޏަސް، މިދިޔަ ސަރުކާރުގެ ފަސް އަހަރުވެގެން ދިޔައިރު ވެސް އެކަން އޮތީ ނުފަށަ އެވެ.
ކުޑަކުދިންގެ އަދުލު ނިޒާމުގެ ތެރޭގައި ހަ މަރުކަޒު އަޅަން ޖެހެ އެވެ. އެއީ
- ކުށުގައި އުޅޭ ކުދިން ބަލަހައްޓާ ޑިޓެންޝަން ސެންޓަރެއް
- ލޯންގް ޓާމް ޖުވެނަލް ސެކިއޯ ފެސިލިޓީ
- ޖުވެނަލް ރެސިޑެންޓަލް ޓްރީޓްމަންޓް ސެންޓަރު
- ހާފްވޭ ހައުސް
- ޖުވެނަލް ލޯންގްޓާމް ކެއާ ފެސިލިޓީ
ސަރުކާރާ ހަވާލުވިއިރު އަޅާފައި ހުރީ އެންމެ ފެސިލިޓީއެއް ކަމަށާއި އެއީ ހަމައެކަނި ޖުވެނަލް ޑިޓެންޝަން ސެންޓަރެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވެ މިދިޔަ ދެ އަހަރު ތެރޭ ޖުވެނަލް ރެސިޑެންޓަލް ޓްރީޓްމަންޓް ސެންޓަރަކާއި ހާފްވޭ ހައުސް އެއް ގާއިމްކޮށް ހިދުމަތާއި ޖުވެނަލް ލޯންގްޓާމް ކެއާ ފެސިލިޓީގެ ހިދުމަތް ވެސް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ. އޭގެކުރިން ރާއްޖޭގައި އޮތީ 10 އަހަރު ފުރިފައިވާނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށްފަހު ހުރިހާ ކުށެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.
ނަމަވެސް، އެ އުމުރު މަތިކުރުމުން، ބޮޑެތި ކުށްތައް ކުރާ ކުދިންނަށް އަދަބު ނުދެވޭތީ ކަމާގުޅޭ ފަރާތްތަކުން ވެސް ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަރުކާރުން ވަނީ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް، 12 އަހަރުވުމުން ޖިނާއީ ކުށަށް ޒިންމާވާންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޯހޯ ހަ
18 December 2025
ބަލަ ތިޔައީ ނޫންތޯ ޤައުމުގެ މުސްތަގުބަލަކީ ކުޱަކުދިންނައް ދަސްކޮށްދެނީ ވައްކަމާ ފޭރުން މީރީތިސިފަތަކީ މަހުޖަނަކަށް ވާންބޭނުންނަ ވައްކަން ކުރަންޖެހޭނެކަން ތިޔަ ބޭފުޅުން ނުންތޯ ތިޔަދައްކާދެނީ ކޮންޓެއިނާތައް އެއޮތް ދުވެނަގަނީ އެއްބަނދަރުން އަނެއްބަދަނދަރައް ފަރިތަކަމާއެކީ ކޮންކަމެއްތޯ މިވަނީ. އިހައްދުވަހު ރޯމާ ދުވާލު ގެންދިޔަ ބުރިފުކޭސް ވީތަނެއް އަދިވެސް އެނގޭމީހަކުނެއް ދެންކޮންވާހަކައެއްތޯ ތިދައްކަނީ.
އެކޮއި
18 December 2025
ތިޔަކަމާ ކަރުނަ އަޅަންވީ މިއަދަކުނޫން. މިހާރުން މިހާރަށްވެސް ތިޔަކަން ރަނގަޅުކުރަން ކުރެވޭނޭ ކަންތައްތައް ކިތަންމެ ގިނަނަމަވެސް ކޮންމެ ބަޔަކުވެސް ބަލަނީ ކުރީސަރުކާރޭ ކުރީސަރުކާރޭ ކިޔަން. ކަންކަން ޙައްލުކޮށް ރަނގަޅުކުރަން އެތައް ވަޢުދަކާއި އަޙުދިތަކެއްވެގެން ވެރިކަމަށް އަންނަނީ. އެކަމަކު ވެރިކަމާ ޙަވާލވުމާއެކު ކިޔަންފަށަނީ ކުރީސަރުކާރޭ. އެހިސާބުން ހުރިހާކަމެއް ހަމަވީ.
މޮހޮރީން
18 December 2025
ކޮނބާ މިހާރު ތީދަ ސީޕީ ހުދު ފޮތިކޮޅަކަށްވީތަ؟ ރުއްސަވާ މީހުންނަށް އަދަބެއް މިގައުމަކު ނޯވޭ. ދެން ފައސާވެރިންނަށް ވެސް ހަމަ ބެޗޭ ކޮންމެފަދަ ކަމެއްކުރިޔަސް. ބަލައްޗޭ ސިގިރޭޓް ވައްކަން.
އިއްޕެ
18 December 2025
ހުރިހާވެސް މައްސަލަޔަކީ ކުޑަކުދިންގެ އެއްމެ ފަހުން ހެދި ގާނޫނު އެ ބަދަލުކުރަންވީ ކުއް ކުރާ ކުދިންނަށްވެސް އަދަބު ލިބެންޖެހޭނެ ކުއްކުރާ ކުދިން ހިފަހައްޓަން މައިން ބަފައިން ނައްވެސް އެ ގާނޫނާހެދި އެއްކަމެއްވެސް ނުކުރެވޭ އިސްލާމް ދީނުގަ އޮއްނަނީ ނަމާދު ނުކުރަންޏާ އަދަބު ދީގެންވެސް ކުރުވަން އެކަމަކު ގާނޫނުން ކުއްޖަކު ގައިގަ ބާރަށް އަލިޔަސް އެ އަތްލި މީހަކު ކުއްވެރިކުރަނީ
މަބުނާނީ
18 December 2025
ހޯމްސްކޫލިންގގަ ދަރިން ގޭގަ ފޯނާއިންޓަނެޓާދީފަ މައިންބަފައިން ރުފިޔާހޯދަން މަސައްކަތުގަ. ދަރިންތިބީ ގޭގަތޯ ބޭރުގަތޯ ބަލާނުލެވެ. ގެއަށްވަނަސް ދެމަފިރިން ޓިްޓޮކްބަލަން ހުސްވެފަ. މައިމީހާ ބޭބީސިޓްކޮށްގެންނޫނީ ގައުމަށް ހައްލެއްނެތް.
ޱރ ޕްލިސް
18 December 2025
ބުނި މި ޕޮލިސް ބޭފުޅާގެ ކޮންމެވެސް ކަންތައްތަކެއް ފާހަނގަ ވެއްޖެޔޯ! އަކަމަކު އަދިވެސް އެހުންނެވީ ގަދަކޮށް. ނާޒިމް މިހާރު މިކަންތައް ނިމުނީތޯ ނަޒާހައްތެރިވެގެން. އަދި ކޮންމެވެސް ގެއަކަށް ވަންނަނިކޮށް ފެނުނުވާހަކަވެސް ދޯ ކުދިންނޭވެ.
އަލީކާ
18 December 2025
ތިހެން ކަންބޮޑުވާތާ އެތައް އަހަރެެއްވެއްޖެ.ހަމަ ފުުލުހުން އެކިއަހަރުތަކުގައި ތިހެން ކިޔަނީވެސް..ކަންބޮޑުވުން ނޫންކަމެއް އޮވޭތަ..ކަަމާއިބެހޭ މުއައްސަސާތައް ކޮބާ..
މަޖިލިސް1114
18 December 2025
ނަވީން އެދެއްކީ އެއްވެސް ފެކްޓެއް އޮތް ވާހަކައެއްނޫން. ތޯތޯ ވާހަކައެއް. ޢެންމެ ފަހުން އޯލެވެލް އަދި އޭލެވެލް ހެދި ކުދިންގެ ތެރެއިން ކިތައް ކުދިންްނާ ފުލުހުން ހުއްޓުވާ ސުވާލުކުރިތޯ އަހާބަލަ. ވާހަކަ ދެއްކި ގޮތުންވެސް އެނގޭ އެއްވެސް ތައްޔާރެއްވެގެން ނޫންކަން އެވާހަކަ ދެއްކީ.
ޖަމީލުބެ
18 December 2025
އަޅުގަނޑު ހީކުރަނީ، މުއައްސަސާ ތަކުގެ ވެރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ، އެ މުއައްސަސާތަކުގެ ޒިންމާ ތަންފީޒުކުުރުމުގެ ގޮތުން ހާސިލުކޮށްފައިވާ ކަންތައްތަކާއި، ކުރިއަށް ރޭވިފައިވާ ކަންތައް އޮޅުން ފިލުވައިދެއްވުމަށްކަމަށް. ނަމަވެސް މި އިވެނީ، އާއްމު މީހާ ފަދައިން، އެވެނިކަމެއް އޮތީ ހައްދުން ނެއްޓިފަ، މިވެނި ކަމެއް އޮތީ ހައްދުން ނެއްޓިފަ ކިޔާލަ ކިޔާލަ ތިބޭތަން!! މަގާމުތަކަށް އައްޔަނު ކުރަނީ އެ ޝަކުވާ ކުރާކަށް ނޫން. ގާނޫނު ތަންފީޒުކުރުމަށް.
ނާރާނެމައްޗަކަށް
18 December 2025
ބައްލަވާ މިހާރު ގޭންގުތަކުން ކުށްކުރުން ހުއްޓާލާފަ ވިޔަފާރި ކުރާވާހަކަ ވެރިމީހާ ވިދާޅުވީ. ދެން އެހެއްވީއިރު ކޮން "ކުށުގެވެއްޓެއް" ތޯ؟ އެއީ މިހާރު "ވިޔަފާރީގެ ވެށި"!