ކުރެހުންތެރިޔާ ހުސައިން އަލީ މަނިކުގެ "ވިވިޑް ރިއަލިޒަމް - ބައި ހުސައިން" އާޓް އެގްޒިބިޝަން އިއްޔެ ފަށައިފި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި އެ އެގްޒިބިޝަން އިފްތިތާހުކޮށްދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
"ވިވިޑް ރިއަލިޒަމް – ބައި ހުސައިން"އަކީ ދިވެހި ދިރިއުޅުމުގެ އާދަކާދަ އާއި މަސައްކަތްތެރިކަން ސިފަކޮށްދޭ ކުރެހުންތައް ދައްކާލާ އެގްޒިބިޝަނެކެވެ.
އެ އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ "ވިވިޑް ރިއަލިޒަމް – މައި ޖާނީ ތްރޫ ދަ ކަލާސް އޮފް އަ ނޭޝަން" ފޮތް ވެސް ނެރެދެއްވައިފަ އެވެ.
މި އެގްޒިބިޝަން ކުރިއަށް ގެންދަނީ މި މަހުގެ 30 ވަނަ ދުވަހު ނިޔަލަށެވެ.
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މި އެގްޒިބިޝަން ބަލައިލުމަށް އާޓް ގެލެރީއަށް ވަދެވޭނެ އެވެ. ހުކުރު ދުވަހު މި އެގްޒިބިޝަން ކުރިއަށް ގެންދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ނަމާދު ވަގުތުތަކަށް ވަގުތުކޮޅަށް އެގްޒިބިޝަން ބަންދުކުރާނެ އެވެ.