ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ހޯރަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ހުޅުވާލާފައިވަނީ އެ ކައުންސިލުން ހަދާފައިވާ ސްކޫލު އިމާރާތެއްގައި ކަމަށެވެ.
ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ކައުންސިލުގެ އިއުލާނުގައި ހުޅުވާލާފައިވެ އެވެ.
ހޯރަފުށީގައި އެވިޑް އިންޓަނޭޝަނަލް ސްކޫލްގެ ނަމުގައި މިހާރު ވެސް ނާސަރީ ގްރޭޑްތަކުގެ އިންޓަނޭޝަނަލް ސްކޫލެއް ހިންގަ އެވެ.
ހއ. އަތޮޅުގައި އެންމެ ހަލުވިކޮށް ތަރައްގީ ވަމުން އަންނަ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ހުޅުވާލާފައިވާއިރު، މި ފަހުން ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ ރަށުގައި ހިންގައިފަ އެވެ. އެގޮތުން، އެއާޕޯޓާ އެކު ރަށަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.
މާލޭން ބޭރުގައި އިންޓަނޭޝަނަލް ސްކޫލް ހިންގަނީ މަދު ރަށެއްގަ އެވެ. އެގޮތުން އައްޑޫގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަ އެވެ.