ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުލުހުންގެ އިމަޖެންސީ ލައިނާއި ހޮޓްލައިން ނަމްބަރު މެދުކެނޑިއްޖެ އެވެ. 

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައަކާ ހެދި 3322111 އާއި 3322112 ގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.  

ދިމާވި މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެެ. 

އިމަޖެންސީ ލައިނާއި ހޮޓްލައިނަށް ދިމާވި މައްސަލަ ހައްލު ވަންދެން 9888999 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ފުލުހުން އެދިފައިވެ އެވެ.