އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ނަގާ ދެ ބާވަތެއްގެ ޑިއުޓީ ނުނަގާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.

އިންޑިއާއިން ރާއްޖެ ހިމެނީ ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ (އެސްއޭއީޑީ) އާއި ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރްއައިިސީ) ނުނަގާ ގައުމުތަކުގެ ލިސްޓްގަ އެވެ. އެ ލިސްޓްގައި ކުރިން އޮތީ ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ. ޖޫން 30 ގައި އެ ލިސްޓަށް ބަދަލު ގެނެސް އިތުރުކުރީ ރާއްޖެއާއި މޮރިޝަސް އެވެ.

އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތު (ނެއިބަހުޑް ފަސްޓް ޕޮލިސީ)ގެ ދަށުން ކަނޑާލި މި ބާވަތުގެ ޑިއުޓީގެ ތެރެއިން އެސްއޭއީޑީ އަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވާ ވަގުތުތަކުގައި އޭގެ ފައިިދާ ލިނބިގަތުމަށް އަމާޒުކޮށްގެން ނަގާ ޑިއުޓީ އެކެވެ. 

އެންމެ ފަހުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެސްއޭއީޑީގެ ގޮތުގައި ޕެޓްރޯލް ލިޓަރަކުން  ހަތަރު ރުޕީސް ޑީސަލް ލިޓަަރަކުން 8.5 ރުޕީސް އެސްއޭއީޑީގެ ގޮތުގައި މިހާރު ނަގަ އެވެ. 

އެކްސްޕޯޓްކުރާ ތެލުން ނަގާ ޑިއުޓީގެ ދެބައެއް ރާއްޖެއިން ދައްކަން ނުޖެހުމުން އިންޑިއާއިން ތެޔޮ އެތެރަކުރަން ރާއްޖޭން ކުރަން ޖެހޭ ހަރަދުކުޑަވާނެ އެވެ.

އިންޑިއާއިން ރާއްޖެއަށް މިފަދަ ލުޔެއް ދީފައި މިވަނީ މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑެ، ރާއްޖެއަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ވަގުތެއްގަ އެވެ.