މާލޭގެ މަގުމަތީގައި މުދާ ބަހައްޓައިގެން ވިއްކަމުންދިޔަ ބަޔަކު ހުއްޓުވައި ޖޫރިމަނާ ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކުރީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓު ކިޔާ ފިހާރައެއްގެ ބޭރުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުން ގެންދިއުމުންނެވެ.
ކައުންސިލުން ބުނީ އެގޮތަށް މުދާ ނުވިއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށާއި ނަމަވެސް އެމަށް އެ ފިހާރައިން އިޖާބަ ނުދިނީ ކަމަށެވެ.
ބަރުރާ މާޓު ފިހާރަ ޖޫރިމަނާކުރި އަދަދެއް ކައުންސިލަކުން ނުބުނެ އެވެ.
މާލޭގެ މަގުތަކާއި ޕޭވްމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމަކަށް ވިޔަސް އެއީ އާންމު ކަމެކެވެ.