ވައި ގަދަވެ، ސ. ހިތަދޫގައި ރުކެއް ވެއްޓި، ހަނިގޮތަކަށް ބަޔަކު މިއަދު ސަލާމަތްވެއްޖެ އެވެ.

ހަވީރު 6:00 ގަައި އެ ޙާދިސާ ހިނގިއިރު، ސައިކަލްގައި ފިރިހެނަކާއި ކުޑަކުއްޖަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ސޯޝަލް މީޑިއާގައި ވީޑިއޯ އާއްމުކުރި މީހާ ބުންޏެވެ. 

މައިލޯ ނަހުމް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ހިތަދޫގައި އާދައިގެ ސްޕީޑެއްގައި ކާރު ދުއްވާފައި ހުރި ސީދަލަށް ދާއިރު، ކުރިމަތީ މަގުން ސައިކަލެއް ވަދެގެންދާ ތަނެވެ.

ރުއް އެއްކޮށް ވެއްޓެނީ އެ މަގުގައި ހުރި ފިހާރައެއް ކުރިމައްޗަށް ކަހަލަ ގޮތަކަށް އެ ސައިކަލް އަރާ ހަމަވިތަނާ އެވެ. އެއާއެކު، އެ ރުކުގައި އަޅާފައި ހުރި ކިހާތައް ވެރިގެންދާ ތަން އަދި ސައިކަލަށް އެއިން އެރި އަރިއަކަށް ދުއްވޭތަން ފެނެ އެވެ.