ހުޅުމާލެ އާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ 1 ގެ ބައެއް ހިސާބުތަކާއި މާލެއިން ހެންވޭރާއި މައްޗަންގޯޅީގެ އިތުރުން މާފަންނުގެ ބައެއް ހިސާބުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.