މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހެދި އެވެ.

މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑުނު ސަރަހައްދުތަކާއި ދިމާވި މައްސަލައަކާ ބެހޭ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.