މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކަކާ ގޭސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.

ގޭހުގެ ސަޕްލައި އަށް ދިމާވި މައްސަލައަކާ ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ގޭސް ވިއްކަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ ގޭސް، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ ގޭސް އަދި 45 ކިލޯގެ ފުޅިއަކަށް އަޅައިދިނީ 31 ކިލޯ ގޭހެވެ.

މޯލްޑިވް ގޭހުން މިއަދު ބުނީ ސަޕްލައި އަށް ދިމާވި މައްސަލަ މިވަގުތަށް ހައްލުކުރެވިފައިވާ ކަމަށެވެ.

"މާދަމާ އިން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު އިއާދަ ކުރެވޭނެ އެވެ،"

މޯލްޑިވް ގޭހުން އަންނަނީ ރާއްޖޭގައި ގޭސް ރައްކާކުރާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ މަޝްރޫއު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި، މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވް ގޭހުން ވަނީ ބުނެފަ އެވެ.