އިސްލާމިކް މިނިސްޓްރީން މާދަމާ ފަށާ ހައްޖު އުމްރާ ކޮންފަރެންސާއި މައުރަޒުގައި ބަހައްޓާ "ދަތުރުވެރިޔާ"ގެ ސްޓޯލް އަށް ޒިޔާރަތްކޮށް، ފަސް މީހަކަށް އުމްރާ ބުކިން ހަދައިފި ނަމަ ހަދިޔާއަކަށް ފަސްލީޓަަރުގެ ޒަމްޒަމްފެންފުޅިއެއް ދޭން އެ ޖަމާއަތުން ނިންމައިފި އެވެ.

ދަތުރުވެރިޔާ އިން ބުނި ގޮތުގައި އެ ޖަމާއަތުގެ ސްޓޯލް ހުންނީ ހައްޖު އުމްރާ ކޮންފަރެންސް އަދި މައުރަޒުގެ 11 ނަމްބަރު ގޮޅީގަ އެވެ.

އެ ސްޓޯލަށް ޒިޔާރަތްކޮށް، އުމްރާ ބުކިން ހަދާ އިރު ބުކިން ހެދުމުން ޒަމްޒަމް ފެންފުޅި ލިބޭނެކަމުގެ ކޫޕަނެއް ދޭނެ އެވެ. ފެންފުޅި ލިބޭނީ ދަތުރުވެރިޔާގެ އޮފީހަށް ގޮސް އެ ކޫޕަން ހުށަހެޅުމުންނެވެ.

ދަުތުރުވެރިޔާގެ އިޝްތިހާރެއް
ދަުތުރުވެރިޔާގެ އިޝްތިހާރެއް

އުމްރާއަށް ބުކިން ހަދާ އިރު "ނަން ރިފަންޑަބްލް ބުކިން ފީ" އެއްގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ހައްޖާއި އުމްރާއަށް މީހުން ގެންދާ ޖަމާއަތްތައް ގުޅިގެން ބާއްވާ ކޮންފަރެންސާއި މައުރަޒު އޮންނާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ދަތުރުވެރިޔާ އަކީ އަތްފޯރާ އަގެއްގައި ގިނަ އަދަދެއްގެ މީހުން އުމްރާއަށް ގެންދިއުމުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދޭ ކުންފުންޏެކެވެ. ދަތުރުވެރިޔާއާ އެކު ކުރާ ދަތުރުކުރާ މީހުންނަށް އުމްރާގެ އަޅުކަން ފަސްފަހަރު ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.