ވަޅިން ހަމަލާދީ، ރޭ މަރާލި އަހުމަދު އަނަސް.
06 އޯގަސްޓް 2017 - 23:01
ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މިދިޔަ ހޯމަ ދުވަހުގެ ރޭ މަރާލި ރ. މީދޫ، އަހުމަދު އަނަސް، 25، ގެ ގަޔަށް ވަޅި ޖެހި މީހުން ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ ހިންގި އޮޕަރޭޝަނެއްގައި މ. އަސަރީހިޔާގެ އިން ޖުމްލަ 12 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަނަސް އަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.
މި ފަހުން މާލޭގައި ހިންގި މާރާމާރީތަކާ ގުޅުންހުރި 34 މީހުން ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ކުރިން ހައްޔަރުކޮށްފައިވާއިރު، މިރޭ ވެސް އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަން ފާހަގަކުރި އެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. މާލޭގައި މި ފަހުން ހިންގި މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމް، 24، އާއި އަނަސް އެވެ. ނަމަވެސް ނަދީމްގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުން
08 August 2017
މިދީބުގައި ހައްޤު އަދަބެއް ނުލިބޭނެ.
އިންސާފު
07 August 2017
ސާބިތު ވާނެބާ؟ ތިޔަ ީހުން ކިތައް ދުވަހު ބަންދުގައި ތިބޭނެބާ؟
ތޮރުފި އުދުޅި
07 August 2017
ބަޔަކު ހައްޔަރު ކުރިޔަސް އަދި ތިކަން ނިމުނީކީނޫން ހައްޔަރު ކުރިމީހުންނަކީ ވީޑިއޯ ފުޓޭޖުން ފެންނަ ޝައްހަ މީހުންނަށް ވާންޖެހޭނެ އެހެން ނޫނީ އިންސާފެއް ނުލިބޭނެ...
ޔަޤީން ބޭ
07 August 2017
ހައްޔަރު ކޮއްފާނެ، އެއްބަހެއް ނުވާނެ، ދޫކޮއްލާނެ. ބޯގޮވައިފި.
ދޮންބޭބެ
07 August 2017
އަނަސްގެ ޤާތިލުން ހޯދުމުން ވަރަށް އުފާވެއްޖެ. އަދި އެ މުޖުރިމުންނަށް ޙައްޤު އަދަބު ލިބިގެން ދާ ދުވަހަކުން ވަކިން އުފާވާނެ. މިރާއްޖެއިން އެފަދަ އަނިޔާވެރިކަން ފިލައިދާނީ ކުށްވެރިންނަށް އިސްމީ ޝަރީޢަތުގައި އޮންނަ އަދަބު ދެވިގެން.
258
07 August 2017
ކަލޯމެން ވައްކަން ކުރާ ވާހަކަ މިތާ އެއްތައް ދުވަހަކު ދައްކާޢިރު އިސްލާމީ ޝާރީއަތޭ ކިޔާ ކޮމެންޓް ނުކުރަނީ ކިއްވެތޯ؟
ހަމަ ތެދެއް
07 August 2017
ރަށު ރައްޔިތުން ނުކުމެ މުޒާހަރާ ކުރީމާ ކިރިޔާ މިއެނގުނީ މީހަކު މަރާލިކަންވެސް. މީ ދެން ބޮޑުވަރު
ބޭބެ
07 August 2017
ތިއަތުލި މީހުންގެ އެއްވެސް ކުށެއްނެތް ... ކުއްވެރިވަނީ އެމީހުން ޖަހަން ގެންގުޅުން ވަޅި. ވަލިއްޔުލް އަމުރުގެ ބަސްމަގު ހުންނަ ގޮތް.
މީދޫ.
07 August 2017
އަނަސްގެ ފުރާނަޔަށް ހެޔޮދުއާ ކުރާހާލު ބުނެލަން ބޭނުން ވަނީ މިގައުމު ގަ މޑޕ ހަރަކާތް ހިނގާ ހާލު މިގައުމަށް އަމާންކަން ލިބޭނެ ކަމަކަށް ނުފެނޭ.
ސަފުރާ
07 August 2017
ތީގެ މާނައަކީ އެމް ޑީ ޕީ މިގައުމުގަ އޮއްނަނަމަ ބަޔަކު ހަމަނުޖެހުން ހިންގާނޭތަ؟ އަމާންކަން ލިބޭނީ އިންސާފު ގާއިމު ކުރެވިގެން ަިންސާފު ނެތްތަނެއްގާ އަމާންކަމެއް ނުވާކަމައް ގިނަ މާހިރުން ބުނެ އުޅޭ
އެކްސް
07 August 2017
ހައްޔަރުކުރީ އަނަސްގެ ގާތިލުންކަން އެނގުނީ ކޮންގޮތަކުންބާ؟ ދުވަސްތަކެއްވަންދެން އެމީހުން ޖަލުގައި ތަޅުވާފައި ދޫކޮށްލާނެ.
z
07 August 2017
ހައްޔަރުކުރީ އަނަސްގެ ގާތިލުން.ފުލުހުން
ބޯވަ
07 August 2017
ތިޔަގޮތައް ހައްޔަރު ކުރާ މީހުން ހަފްތާއެއްހަ ދުވަސްފަހުން ތިބޭނެތަން އަހަރެމެންނަށް އޮޅިފައެއް ނެތެވެ. ގަޓޫ ހުރި މީހުންނާއެކު ގަޓް ކަންތައް ކުރާށެވެ. ދުލުގައި ހިފާ ނުދަމަން ފުލުހުންނަށް އިލްތިމާސް ކުރަމެވެ.