"ގުޅުން"ގެ ނަމުގައި ތައްޔާރުކުރި "ދޯ"ގެ ހާއްސަ އަދަދު ރޭ އާންމުންނަށް ދޫކޮށްލައިފި އެވެ.
ފިލްމު ޑައިރެކްޓަރު އަދި ދިރިއުޅުމާ ގުޅޭ ވަރަށް ތަފާތު ފިލްމުތަކެއް އުފެއްދި މުހަންމަދު ނިޔާޒު (ޓެޑްރީ) އާއި މިއުޒިކް ދާއިރާގެ އެންމެ ފަހުގެ ޖޯޑު މީރާ މުހަންމަދު މާޖިދާއި ފާލިހު ރޭ ނެރެދިން "ދޯ"ގެ ހަތަރު ވަނަ އަދަދު މިހާރު ބައެއް ބުކްޝޮޕްތަކުން ހިލޭ ލިބެން ހުންނާނެ އެވެ.
މަޖީދީމަގު، ލެކިއުޓްގައި ބޭއްވި ކުޑަ ހަފުލާގައި މީރާ އާއި ފާލިހު އެކުގައި ރީތި ލަވަތަކެއް ވެސް ހުށަހަޅައިދިނެވެ.
"ދޯ"ގެ މި އަދަދަކީ ލޯތްބާއި ކައިވެންޏާއި ވަރި އާއި ގުޅުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ އަދަދެވެ. މިއިން ކޮންމެ ދާއިރާތަކަކުން ގެނެސްދީފައި ވަނީ ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކަންތައްތަކެއްގެ ވާހަކަތަކެކެވެ. ޒުވާނުންގެ ތެރޭގައި، ލޯބީގައި ހެދޭ ބޮޑެތި ގޯސްތަކާއި އެކަމުގެ ހައްލުތަކެވެ. ކާމިޔާބު ދިރިއުޅުމުގެ ވާހަކަތަކާއި އޭގެ ސިއްރުތަކެވެ. ހަމަ އެހެންމެ، ލޯބީގެ ތަފާތު ގުޅުންތަކާއި އެ ގުޅުންތައް ރަނގަޅު ގޮތުގައި ދެމެހެއްޓިދާނެ ގޮތްތަކެކެވެ.
"ދޯ- ގުޅުން" ނެރުމުގެ ހަފުލާ