ރޭ ކުރި ވިއްސާރާގައި ފެނުގެ އަސަރު ކުރި ފްލެޓެއް: މަައްސަލަ ހައްލުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނޭ -- މިހާރު ފޮޓޯ: ނިޝާން އަލީ
03 ޖެނުއަރީ 2018 - 15:11
ވިއްސާރަ ވެއްޖެ ނަމަ، މާލޭ ހިޔާގެ އެންމެ މަތީ ފަންގިފިލާގައި އުޅޭ ބައެއް އާއިލާތަކުން އަވަސްވެގަންނަނީ ހިފައިގެންގުޅޭ އެއްޗެހީގައި ސަތަރި އަޅައި ނިވާކުރާށެވެ. ގޮދަޑިތައް ނަގައި، އެއް ފަރާތް ކުރާށެވެ. އެކަމަކު ލިބޭ ގެއްލުންތަކުން ކޮންމެ ފަހަރަކު ސަލާމަތެއް ނުވެވެ އެވެ.
ރެއަކީ އޭގެ އެއް ރެ އެވެ. މާލެއަށް ކުރި ވިއްސާރައިގައި، ބައެއް ފްލެޓްތަކުގެ ސީލިން ފޫގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ބައެއް އާއިލާތަކުން ބުނި ގޮތުގައި ރޭ އުޅެން ޖެހުނީ ނުނިދައި ފެން ހިއްކުމުގަ އެވެ. ބައެއް ފްލެޓްތަކުގައި ފެން ބޮޑުވެ އެތައް އެއްޗަކަށް ވަނީ ގެއްލުންވެފަ އެވެ.
ފެން ޖެހިގެން މާލޭ ހިޔާ ފުލެޓެއްގެ ސީލިން ހަލާކުވެފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
"ހަ ގޮދަޑި އެއްކޮށް ތެމުނު. އެނދާ އެއްޗެހި ވެސް އެހެރީ ތެމިފައި. ރޭ މުޅި ގޭތެރޭ އޮތީ ފެން ހެދިފައި،" "މާލޭ ހިޔާ 2" ގެ ހަ ވަނަ ބުރީގައި ދިރިއުޅެމުން އަންނަ އައިޝަތު އަލީ ބުންޏެވެ.
"ހަތް މީހުން އުޅުނިން ބާލިދީ އާއި ފުޅިބުރި ހިފައިގެން ފެން ހިއްކަން."
އެ ފްލެޓްގައި ހުންނަ ހަތަރު ކޮޓަރީގެ ސީލިން ވެސް ވަނީ ފޫގޮސްފަ އެވެ. ފަންކާ ފަދަ ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މާލޭ ހިޔާ ފުލެޓަކަށް ފެން ފައިބައިތީ އެނދުގައި ސަތަރި އަޅާފައި: ބަައެއް ފްލެޓްތަކަށް ވަނީ ގެއްލުން ލިބިފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
އަށް ބުރިއަށް ހަދާފައިވާ "މާލޭ ހިޔާ 1" ގެ ބައެއް ފްލެޓްތަކުގެ ހާލަކީ ވެސް މި އެވެ. އެ އިމާރާތުގެ އަށް ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ސީލިން ފޫގޮސް ބައެއް އެއްޗިއްސަށް ގެއްލުން ލިބުނެވެ.
"ވިހި ހާސް ރުފިޔާގެ އެނދެއް އެ ހަލާކުވީ. އެ އެނދު އެއްލާލީމި،" މާލޭ ހިޔާ 1 ގެ އަށް ވަނަ ފަންގިފިލާގައި ދިރިއުޅޭ އައިމިނަތު ހަލީލް ބުންޏެވެ.
"ދެން ކަރަންޓް ސުވިޗް ބޯޑްތައް ވެސް ބޭނުމެއް ނުކުރެވޭ."
މާލޭ ހިޔާ އެކަކާއި ދޭއްގެ އެންމެ މަތީގައި ދިރިއުޅެމުން އަންނަ ބައެއް އާއިލާތަކުން ބުނާ ގޮތުގައި ވިއްސާރަ ވެއްޖެ ނަމަ ހިފައި ގެންގުޅޭ ތަކެތީގައި ސަތަރި އެޅުން ނޫން ހައްލެއް މި ވަގުތު އެ މީހުންނަކަށް ނެތެވެ.
ރޭ ކުރި ވިއްސާރާގައި މާލޭ ހިޔާ ފުލެޓެއްގެ ތަކެތި ތެމިގެން ހިއްކަން ބަހައްޓާފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
ދެ އިމާރާތް ބާވަމުން ދާ އިރު އެއްވެސް ކަހަލަ މަރާމާތެއް ނުކުރާ ކަމަށް، އާއިލާތަކުން ބުނެ އެވެ. ސީލިންތައް ފޫދިއުމާއި ފާރުތަކުން ފެން ވަނުމުގެ އިތުރުން ކަރަންޓާއި ފެން ލިބުމުގައި ވެސް އެތައް މައްސަލަައެއް ކުރިމަތިވާކަމުގެ ޝަކުވާ އެ މީހުންގެ ބޮޑެވެ.
ފަންގިފިލާ ފޫދިއުމަކީ، ދެ އިމާރާތް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވި ގޮތުގައި، އަލަށް ދިމާވި މައްސަލައެކެވެ. އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމައްސަލަ ހައްލު ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެކޮސްތާނު
04 January 2018
ޢެނދަށް 20ހާސް ހަރަދު ކުރުމުގެ ބަދަލުގައި ފުރާޅަށް ހަރަދު ކުރިނަމަ ދޯ
ކޮލެޖް އިކޮނޮމިސްޓް
04 January 2018
މާލޭ ހިޔާގަ ތިިބި އެންމެން ހުޅުމާލެ އަށް. ދެން މާލެހިޔާ ހުރި ތަނުގައި ޗައިނާ އިންވެސްޓަރަކު ލައްވައި ސިޓީ ހޮޓަލެއް އަޅަންވީ
އުމަރު
03 January 2018
މާލޭގެ ހިޔާތަކާއި، އާޒީ ބިލްޑިންގް އަދި އަމީނީ ބިލްޑިންގް ޖެހެނީ ތަޅާލަން، އެތަންތަން އަދި ބޮލަށް ވެއްޓޭނެ
ހަދީޖާ
03 January 2018
ތިމާމެންގެ ޕާޓީ މީހުން ނުހޮވުނީމާ، މާލޭ ސިޓީ ކައުންސިލްގެ ބަޖެޓު ކަޑާ ބުރިބުރިކޮށް، ހުރިހާ ބާރުތަކެއް އަތުލީމާ، އެމީހުންނަކަށް ތަންތަނެއް ނުބެލެހެއްޓޭނެ. މިހާރު ޒިންމާ ނަގަންޖެހޭނީ ހައުސިން މިނިސްޓްރީއިން.
ހައު
03 January 2018
ކީކޭތޯ ޝިފާ ބުނުއްވަނީ މިކަމާ؟ ވާހަކަ ހަދަހަދައިގެން ޓްވީޓްކުރުމަށްވުރެ ރަގަޅުވާނެ މިކަހަލަ އަސްލު މައްސަލަތަކުގެ ވާހަކަ ޓްވީޓްކުރެއްވިއްޔާ.
އަޖީތު
03 January 2018
ޝިފާ މުސާރައިންތޯ ތިޔަތަން ހަދަންވީ؟
ލޮލްްްްް
04 January 2018
ކަމެއް ނުކުރެވެންޏާ ކީއްކުރަންތަ މުސާރަ ނަގަނީ؟ ފައިސާ ނެތިއްޔާވެސް ކުރެވޭނެ ކަންކަން ހުންނާނެ. އެތަންތަނަށް ފެންވެހުމަކީ އާކަމެއް ނޫން. އެކަމަކު ޝިފާމެން އެ ބުނަނީ އެއީ އާކަމެކޭ. ހަވާލުވެފައިވާ މަދު ތަންތަން މަރާމާތު ނުކުރިޔަސް ޙާލަތު ބެލިދާނެދޯ؟
މާލޭ މީހާ
03 January 2018
މާލޭ ސިޓީ ކައުންސިލަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ. ދެންވެސް ބުނާނެ ކަންކަން ނުވަނީ ސަރުކާރަށޭ. އަމިއްލަ ޒިންމާ އަދާ ނުކުރާ ސިޓީ ކައުންސިލް. ސަރުކާރުން ބޭކާރު ހަރަދުތަކެއް ކުރަން ހޮވާފައިވާ ބައެއް.
އަލީ_
03 January 2018
ސަރުކާރުން މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ކަޑާލާ، ބަޖެޓު ކަޑާލީމާ، ދެން ކަމެއް ވާއިރަށް އެމީހުން ބަދުނާމުކުރުމުގެ ބޭނުމެއް ނެތް.
ޢަބްދުﷲނާފިޒު
03 January 2018
އެކަންވާ އެބަކުރޭތާ، އެނިމުނިއްޔޭ، ހުރިހާ ކަމެއް ނުކުރެވޭނެނު އެމީހުނަކަށްވެސް، މާލޭ މީހާ ތިބުނާގޮތަށް ސަރުކާރަށް ނަމަވެސް އެމީހުން ޖެއްސުން އެބަކުރޭތާ، ދެން ތިފަދަ ތަންތަން މަރާތު ކުރުމަކީ އެތަނުގަ ތިބޭ މީހުންގެ މުސާރައިން ކުރަންޖެހޭ ކަމެއް ނޫނޭ، ސިޓީ ކައުންސިލްތަކުގެ ހުރިހާ ބާރެއް ނަގާ މުށުތެރެއަށް ލައިގެން ހުންނެވީ ކާކުތޯ ބަލާފަ އެމީހަކާ ސުވާލުކުރަން އަޅުގަނޑަށް ފެނޭ..
އަހިން
03 January 2018
ރައީސް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމު ވެރިކަމުން ދުރުވިފަހުން މިގައުމުގަ ގިނަ ކަންތައްތައްވަނީ ބޮއްސުންލާ ކަންތައްތައް އަތުނުޖެހޭވަރައް ގޯސްވެފަ. މިހެންވެ އަހަރުމެން އަނގަފުޅާކޮއްފަ މިކިޔަނީ (ރަން 30) މައުމޫނު ވެރިކަމުން ބާލުވަން މަސައްކަތް ކުރި އެންމެން މިހާރުތިބީ މޮޔަހީވެފަ.
ހޮޓްކިންގ
03 January 2018
މާލޭ ސިޓީ ކައުންސިލަށް ތިކަންވެސް ނުކުރެވޭ. އެމީހުން ތިބީ މުސާރަ ނަގައިގެން އަރާމުގައި އެއްކަމެއްވެސް ނުކުރޭ. މާލޭ ހިޔާގެ ސީލިންގ ފޫވެއްޓުނީމާ ރަނގަޅު ކުރެވޭނެތަ އެމްޑީޕީގެ ސީލިންގެވެސް ފޫވެއްޓިގެން ރަނގަޅު ނުވެގެން އުޅެނީ. ދެން ތިކަމާއިވެސް ހަވާލުވާންވީ މި ސަރުކާރުން. އޭރުން ބުނާނެ ލާމަރުކަޒީ ބާރު ކުޑަ ކުރަނީއޭ.
ކޮކްޓެއިލްރައީސް
03 January 2018
އޭ ހޮޓުކިންގޫ، ކައުންސިލުގަ ތިބި މީހުން ނަގާ މުސާރައަކީ ސަރުކާރުގެ އިމާރަތްތަކުގެ އާބާތުރަ ފިލުވަން ނަގާ ފައިސާކަމަށް ކަމަށް ހީކުރަނީތޭ، ވަރެއް ވެފަ ތިހުންނަނީ އުތޭ.
މުސާރަ
04 January 2018
ކަމެއް ނުކުރެވެންޏާ ކީއްކުރަން މުސާރަ ނަގަނީ؟
އަބްދުއްލާ
03 January 2018
ހުރިހާވެސް މައްސަލަޔަކީ މި އުފެދުނު ކައުންސިލް ތައް .ދަވްލަތުން އެކިކަންކަމަށް ހަރަދު ކުރަން ހުރި ފައިސާކޮޅު ކައުންސިލަރުންގެ މުސާރަޔަށް ދަނިދެމުން . ކައުންސިލަރުން ބަލާވެސް ނުލާ ފްލެޓްތަކުގެ ހާލަތެއް، ފްލެޓްތަކުގެ ފުރާޅުތަކެއް. މަހުމުސާރަ ލިބުނީމަ ނިމުނީ މިދިޔަ އަހަރުގެ ބަޖެޓުވެސް މިތަންތާގެ މަރަމާތުބަލާފަ ކައުންސިލުން ޖަހާފަ ނެތް. ކައުންސިލަރުންގެ މަގާމްތައް އުވާލައިގެން މެނުވީ ގައުމަށް މަންފާއެއް ނެތް.
ކޮކްޓެއިލްރައީސް
03 January 2018
އަބްދުއްލާ އަދިވެސް ކައުންސިލަރުންގެ މަޤާމުތައް އުވާނުލެވިގެން ދޯ ތިއުޅެނީ، އުވާލަންވީ މިވެރިކަން، މީހުރިހާވެސް މައްސަލައަކީ، ހުރިހާކަމެއް މިޤައުމުގަ ގޯހުން ގޯހަށް މިދަނީ މިސަރުކާރެއް އައިފަހުން.