ސިޓީ ކައުންސިލުން އަލަށް ގެނައި ޕަމްޕް: މިއީ މިނެޓަކު 11،000 ލީޓަރުގެ ފެން ހިންދޭ ޕަމްޕެއް
19 ޖުލައި 2025 - 19:12
މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދަން މި ފަހުން ބޭނުންކުރަން ފެށި ގްލޯބަލް ޕަމްޕުގެ އިތުރު ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ ދެ ޕަމްޕު ސަޕްލައި ކޮށްދޭން ޝައުގުވެރިވާ މީހުންނަށް މައުލޫމާތު ދިނުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައި ކަމަށެވެ.
އަގު ހުށެހެޅުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 9:00 ގައި ހަމަ އެ އޮފީހުގަ އެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރަން ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މާޗް މަހު ވަނީ "ގްލޯބަލް ޕަމްޕް 6 ޖީއެސްޓީ ސީ މޫވްމަން"ގެ ދެ ޕަމްޕު ގެނެސްފަ އެވެ.
އާންމުކޮށް ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕަށް ވުރެ ބޮޑު އެ ދެ ޕަމްޕަކީ މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރެވޭ ދެ ޕަމްޕު ކަމަށް ކައުންސިލުން ބުނެ އެވެެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫޖިކި
20 July 2025
އަޅެ ފަހެ އަރަތެއްތަ މީ.