ކުލަގަދަ ހަފުލާއަކާ އެކު، ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން މިރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އެ ފޯން ރަސްމީކޮށް ނެރުމަށް ދިރާގުން ބޭއްވި ހަފުލާ ފެށުމުގެ އެތައް އިރެއް ކުރިން، ދިރާގު ހެޑް އޮފީސް ކައިރީގައި ގިނަ ބަޔަކު ކިޔޫ ހަދައިގެން ތިއްބެވެ. ފޯނު ތައާރަފް ކުރުމަށް ފަހު ކަސްޓަމަރުންނަށް ހެޑް އޮފީހުގެ ދޮރު ހުޅުވާލުމާ އެކު، ފޯނު ގަތުމަށް އެންމެ ފުރަތަމަ ވަން އަހުމަދު އަޝްރަފަށް ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ.

މިއުޒިކާ އެކު ބޭއްވި ޚާއްސަ ހަފުލާގައި ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ތައާރަފް ކޮށްދެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ރޮބިން ވޯލް އާއި ސެމްސަން އޭޝިއާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް އެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ގަތުމަށް ދިރާގަށް ޕްރީ އޯޑާ ދިން ކަސްޓަމަރުންނަށް މިރޭ ދޫކުރަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު
ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ގަތުމަށް ދިރާގަށް ޕްރީ އޯޑާ ދިން ކަސްޓަމަރުންނަށް މިރޭ ދޫކުރަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު

މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއެފްއޯ ވިދާޅުވީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ދިރާގުން ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފްކޮށް ވިއްކުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސެމްސަން ސްރީ ލަންކާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ސަމްސަންގުން ފޯނު ރާއްޖެ އަށް ތައާރަފް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ.

"މިދިޔަ ހަތަރު އަހަރު ވެސް ދިރާގާ ގުޅިގެން ވަރަށް ކާމިޔާބު ކަމާ އެކު ސެމްސަންގް ފޯނުތައް ބާޒާރަށް ތައާރަފް ކުރީ. ރާއްޖެ އިން ވަރަށް ބޮޑު ތަރުހީބެއް ކޮންމެ ފަހަރަކު ވެސް ލިބޭ. މިއީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ބްރޭންޑެއް،" އޭނާ ވިދާޅުވި އެވެ.

ސެމްސަންގް ސްރީ ލަންކާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު
ސެމްސަންގް ސްރީ ލަންކާގެ މެނޭޖިން ޑިރެކްޓަރު ހަންބޭ ޕާކް މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ /މިހާރު

ދިރާގުން ވަނީ އިންސްޓޯލްމަންޓަށް ވެސް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ކަސްޓަމަރުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ. އެ ގޮތުން އެ ކުންފުނިން ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ފަސް ޖީބީ ޑާޓާ އެލަވަންސެއް ލިބެ އެވެ.

ސެމްސަންގުން އަލަށް ނެރުނު ފޯނުގައި ހިމެނެނީ 62 ޖީބީ އާއި 128 ޖީބީ އެވެ. މިފަހަރު ނެރުނު ފޯނުގައި ހިމެނެނީ ތިން ކުލައެކެވެ. އެއީ މިޑްނައިޓް ބްލެކާއި ކޮރަލް ބްލޫ އަދި ނިއު ލިލަކް ޕާޕަލް އެވެ.