އެމެރިކާގެ މަޝްހޫރު ގޮލްފް ތަރި ޓައިގާ ވުޑްސްގެ ހަޔާތުގެ މައްޗަށް ޑޮކިއުމަންޓްރީ ސީރީޒެއް ހަދަން ނިންމައިފި އެވެ.

މި ސީރީޒަކީ މިދިޔަ އަންގާރަ ދުވަހު ނެރުނު އޭނާގެ އާ ބައޮގްރަފީ "ޓައިގާ ވުޑްސް" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. އެ ބައޮގްރަފީ ލިޔެފައި ވަނީ ޖެފް ބެނެޑިކްޓް އާއި އާމެން ކެޓެޔިއަން އެވެ.

ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައޮގްރަފީއަށް ބިނާކޮށް ޑޮކިއުސީރީޒެއް ހަދާނީ ޑޮކިއުމަންޓްރީ ހަދަން މަޝްހޫރު އެމެރިކާގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު އެލެކްސް ގިބްނީގެ ކުންފުނި ޖިގްސޯ ޕްރޮޑަކްޝަނުންނެވެ. އަދި މީގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ބެނެޑިކްޓް އާއި އާމެން ހިއްސާ ވާނެ އެވެ.

އެކަމަކު މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސަތޭކަ ފަންސާސް ސޮފްހާގެ މައްޗަށް އެކުލެވޭ "ޓައިގާ ވުޑްސް" ގައި އޭނާގެ ކުޑައިރުގެ ދިރިއުޅުމުން ފެށިގެން ގޮސް، ވަރުގަދަ ގޮލްފް ތަރިއަކަށްވުމާއި ފަހުން ކެރިއަރާއި ޒާތީ ދިރިއުޅުމުގައި ކުރިމަތިވި ގިނަ ކަންތައްތަކުގެ ވާހަކަތައް ހިމަނާފައިވެ އެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު އެލެކްސް ގިބްނީ.
ޑައިރެކްޓަރު/ޕްރޮޑިއުސަރު އެލެކްސް ގިބްނީ.

ޓައިގާ ވުޑްސް، 42، ގެ ވާހަކަ ޑޮކިއުސީރީޒެއްގެ ގޮތުގައި ގެނެސް ދޭން އެލެކްސް ނިންމާފައިވާ އިރު، އޭނާ ނެޓްފްލިކްސްއާ ގުޅިގެން މިހާރު ވެސް އަންނަނީ "ޑާޓީ މަނީ" ކިޔާ ޝޯއެއް ގެނެސް ދެމުންނެވެ.