ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ދިވެހިންނަށް އެންމެ ބޮޑު ކެއްސެއް ދިން މުއާމަލާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން: ރައީސް ޔާމީން

ރައީސް ޔާމީން ދުވާފަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މައި އެއާޕޯޓް 25 އަހަރަށް ޖީއެމްއާރާ ހަވާލުކުރީ، އެ މުއާމަލާތުގެ މައުލޫމާތު ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިގެން ކަމަށެވެ. އަދި އެއީ ފަހުގެ ތާރީޚުގައި ދިވެހި ދައުލަތުގެ އިސްވެރިންތަކެއް ހިންގި އެންމެ ވިޔާނުދާ އަދި ދިވެހިންނަށް އެންމެ ބޮޑު ކެއްސެއް ދިން މުއާމަލާތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި އެމަނިކުފާނަށް "ހުރިހާ ލޮޓިއެއް" ވެސް އައީ ޖީއެމްއާރަށް އެއާޕޯޓު ދިނުމާ ދެކޮޅަށް އިސްވެ މަސައްކަތް ކުރެއްވުމުންނެވެ. އަދި ފަހުން، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާ ގުޅޭ ގޮތުން ބޭއްވެވި ބައްދަލުވުން ދޫކުރައްވައި ވަޑައިގަތީ ވެސް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަންތައްތަކެއް ހުރުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ދުށް ސިޔާސީ ލީޑަރުންގެ ތެރެއިން [އެ ބައްދަލުވުމުގައި] އަޅުގަނޑާ އެކު އާނބަސް ވިދާޅުވާން ކެރުނު ހަމައެކަނި މީހަކީ ގައުމީ ޕާޓީގެ ހަސަން ސައީދު. ވަކި ހިސާބަކަށް [ބައްދަލުވުމުގައި] ވާހަކަ ދެއްކީމާ އަޅުގަނޑު ދެންނެވިން، އަޅުގަނޑު މި އައީ ތި މައްސަލަ ތި ގޮތަށް އަޑުއަހާކަށް ނޫނޭ. އަޅުގަނޑަށް ފުދިއްޖެއޭ. އަޅުގަނޑު ނުކުމެގެން ދަނީއޭ. އަޅުގަނޑު އެއްބަހެއް ނުވާނަމޭ ޖީއެމްއާރު އަތުގައި އެއާޕޯޓު ބާއްވާކަށް،" އޭރުގެ ރައީސް ވަހީދު ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވި ވަޑައިގެންނެވި މައްސަލަ ސާފުކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ހުރީ އަޅުގަނޑުގެ ގޮތުގައި. އެއީ އަޅުގަނޑުގެ ޕާޓީ ބޭނުމެއް ނުވޭ ޖީއެމްއާރު އަތުގައި އެއާޕޯޓު އޮންނާކަށް. އަޅުގަނޑަށް އޭރު އެމްޑީޕީން ކުރި ހުރިހާ ފުރައްސާރައެއް، ހުރިހާ އުނދަގުލެއްގެ އަސްލަކަށް ވީ މިކަން."

ރައީސް ވިދާޅުވީ އެމަނިކުފާނަށް "ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ" ޖީއެމްއާރުގެ މައްސަލަ ހިނގި ގޮތް ބަލަން ޖެހޭ ކަމަށެވެ.

ވަހީދުގެ ވެރިކަމުގައި، ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަައި އެއްބަސްވުން ބާތިލް ކޮށްފައިވާއިރު، ބަދަލުގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޖިއެމްއާރުން ދިވެހިންނަށް ލައްކަ ހުވަފެން ދެއްކި އެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްއޭސީއެލް އަތުން އެއާޕޯޓު ނެގުމުން އެ ކުންފުންޏަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، މަތިންދާބޯޓަށް އަޅާ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީގެ 15 ޕަސެންޓް އެމްއޭސީއެލް އަށް ދިނުމެވެ. އަދި އެ އަދަދު 25 ޕަސެންޓަށް މަތިކުރަން ވެސް ޖީއެމްއާރުން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ކަން ހިނގީ އެހެން ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ރިސްކެއް އެމީހުންނެއް ނުއުފުލާ. އެއާޕޯޓު ހިންގަން ފައިދާ ހޯދަން ދިމާކުރި ގޮތަކީ، ރާއްޖޭގެ އެއާޕޯޓުން ލިބޭ ހުރިހާ އާމްދަނީއެއް ފުރަތަމަ އެ މީހުންނަށް ލިބެނީ. އެހެންވީމާ އެމްއޭސީއެލް އަށް ލިބޭ އާމްދަނީގެ ތެރެއިން ތެލުގެ އާމްދަނީން އެމްއޭސީއެލް އަށް ދޭނެ ފައިސާގެ ވާހަކަ މި ދެންނެވީ. ފުރަތަމަ 15 ޕަސެންޓް. ދެން 25 ޕަސެންޓު،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެއާޕޯޓުން ފުރާ މީހުންގެ އަތުން ތަފާތު ނަންނަމުގައި ފައިސާތައް ނަގަން އުޅުނު ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޖީއެމްއާރަށް އެއާޕޯޓުގެ މުއާމަލާތާ ގުޅޭ ކަންކަމަށް ހައްލެއް ހޯދުމަށް ނަޝީދުގެ ސަރުކާރުން އޭރުގެ ފިނޭންސް މިނިސްޓަރާ ހަވާލުކުރި ނަމަވެސް އޭނާ ހުންނެވީ އެކަމަށް ނުކުޅެދިފައި ކަމަށެވެ.

"ޖީއެމްއާރުން އެއްބަހެއް ނުވި އެއްވެސް އެއްޗެއް ދޭކަށެއް. އޭގެ ނަތީޖާ އަކަށް ވީ މި ދެންނވެި ކަންކަމުން އެކަނި، އަޅުގަނޑުގެ ހިސާބު ރަނގަޅު ކަމަށް ވަންޏާ ގާތްގަނޑަކަށް 1.2 ބިލިއަން އެމްއޭސީއެލް އަށް ގެއްލުން ވެގެން ދިޔައީ. އެހެންވީމާ، މިއީ ކަނޑައެޅިގެން ހިންގާފައި އޮތް ޖަރީމާއެކޭ ދަންނަވަން ޖެހެނީ މިހެން ވެގެން. އެމީހުންގެ އަތުން [ޖީއެމްއާރު] އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް ނެތް. އަޅުގަނޑުމެންގެ އެއާޕޯޓަށް 78 މިލިއަން ޑޮލަރު [ޖީއެމްއާރު] ން ލިބުނު ކަމަށް މި ދައްކަނީ. އޭގެ ފައިސާގެ ހުރިހާ ތަފުސީލެއް ވެސް ނޭނގޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ރައީސް ވިދާޅުވި ގޮތުގައި، ޖީއެމްއާރުގެ މުއާމަލާތުގެ ތެރެއިން ސަރުކާރަށް ގެއްލުންތަކެއް ވަމުން ދިޔައިރު އެކަންކަން ހުއްޓުވުމުގެ އެއްވެސް ގާބިލް ކަމެއް ނަޝީދުގެ ސަރުކާރުގައި ނެތެވެ.

"އެހެންވެ މި ދެންނެވީ މިއީ ބޮޑު ފްރޯޑެކޭ. ހަމަ އެނގި ތިބެގެން، ސަރުކާރުގެ ބާރު ނޯންނަ ގޮތަށް ކޮށްފައި އޮތް ކަމެއް މިއީ. އެހެންވީމާ، މި މައްސަލަ ކީއްވެތޯ ނުބަލަންވީ؟ މި މައްސަލަ [އިދިކޮޅު ކޯލިޝަނަކަށް] ނުބެލޭނެ. މި މައްސަލަ ބަލާނީ ވެސް އަޅުގަނޑުމެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިދިޔަ 35 އަހަރުގެ ތެރޭގައި، ދައުލަތަށް ލިބެން ޖެހޭ 22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ "ފޭދިގެން ގޮސްފައިވާ" ކަމަށެވެ.

އަދި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލިފައިވާ 1.2 ބިލިއަން ރުފިޔާ އާއި އޭގެ ކުރިން 35 އަހަރުގެ ތެރޭގައި ހިނގާފައި ހުރި މައްސަލަތަކުގެ އަންދާޒީ ހިސާބުތައް އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، 22،000 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް ނުލިބި ވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ރައީސް ޔާމީން އުފެއްދެވި ކޮމިޝަނެކެވެ. ސަރުކާރުގެ ބައެއް ވަޒީރުން ތިއްބަވާ ކޮމިޝަންގެ ބޭނުމަކީ މީގެ ކުރިން ނެރެފައި ހުރި އޮޑިޓް ރިޕޯޓްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރުމެވެ.

ކޮމިޝަނުން ބަލަމުން އަންނަ ބޮޑެތި ބައެއް މައްސަލަތަކުގެ ތެރޭގައި މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ ހިމެނެ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ލޯނާއި ބޭރުގެ އެހީ ނުހޯދައި ރާއްޖެ އަށް ލިބޭ އާމްދަނީ އަކީ ގާތްގަނޑަކަށް 14-15 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ދޮޅު އަހަރުގެ މަސައްކަތުން، ރާއްޖެ އަށް ލިބޭނެ އާމްދަނީއާ އެއްވަރުގެ ފައިސާ ފޭދިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު އެ ވާހަކަ ވެސް ދައްކަން ކެރުނީ. އަދި އެކަން ވެސް ބަލަން ކެރުނީ އަޅުގަނޑުމެންގެ ސަރުކާރަށް،" ދުވާފަރުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

102 ކޮމެންޓް, 194 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 2%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނިބޯ

29 August 2018

ޢެމީހުންނަށް 25 އަހަރަށް ކުޔަށް ދިނީ އެސަރުކާރުން އަދި މިހާރުތޯ ތަންތަން 99 އަހަރަށް ކުއްޔަށްދެނީ ވިއްކުމަށް ވަނީ 25 ބާ ނުވަތަ 99 އެއްބާ ހިސާބު ކިޔެވިންތޯ ކޮންޓްރެކްޓް ލޯ އެގިލައްވާތޯ މަޖްލީހުގައި އުޅެ މުސްކުޅިވިއިރު ދިވެހިން ގުބޯހެއްދުން ނޫންކަމެއް ނޭންގެނީތޯ މަޖުލީހުން ސަރުކާރާ އިދިކޮޅުވެގެން ފައިސާލިބޭނެ އެއްވެސްމަގެއް ތަނަވަސްނުކޮށްދިނުމުން ރައީސް ނަޝީދު ކަމެއްކޮށްދިނުމަށް ފައިސާހޯދީ އެފައިސާތަކުން އެޅި ފުލެޓްނޫންތޯ މިހާތަނަށް މަނިކުފާނުވެސް މޭފުއްޕާފަތިބެހީ ހިތުހުރިމީހަކަށް އަދި ނުނިމޭ ތޮ ޖީއެމްއާރ އެއް އައިސްގެންދޯ ދިވެހިންނަށް އެގުނީ އެއަރޕޯޓެއް ހިންގަންވެސް މީގެ ކުރިން ދައުލަތްހިންގަން އެއްވެސްފައިސާއެއްނުލިބޭތާ ބަޖެޓުން ހަރަދުކުަރްނޖެހެނީ ކޮބާތޯ ލަދުފުޅު

The name is already taken The name is available. Register?

މަންސޫރު

28 August 2018

ދެން ކީއްވެތޯ ބުނީ އެންމެ ބޮޑު ހިޔާނާތް ހިނގީ ތިމަންނަގެ ވެރިކަމުގަޔޭ؟ ހިތުހުރިހާ އެއްޗެއް ކިޔާ މީހެއް. ވޯޓުދޭނީ ކިހިނެތް؟

The name is already taken The name is available. Register?

Aseyla

28 August 2018

މައި ދޮރޯށި ބަންދުކުރިޔަސް ގެއްލޭ މީހުނަށް ވާނުވާ ނޭގޭ . ޢެތެރޭން ކަތިލެވެނީ މާނުރަށްކާ މައިދޮރާށި ތަޅުލައިގެން ޕޮރޮޓެކް ސާވް ނުކުރެވެ ...

The name is already taken The name is available. Register?

ބޮޑު ކަކުނި

28 August 2018

އެކަމަކު އެޚިޔާނާތުގެ ފައިސާއެއް ދިވެހިން އަތުޖެހިފައެއްނެތް . އެވެރިންބުނާފައިސާ ބޮޑުމީހާގެ ގެއަށޭ ނަހަލާލުގޮތުގަވަނީ ބުނީވެސް

The name is already taken The name is available. Register?

ޑަސްޓް

28 August 2018

ޖީ،އެމް،އާރ މަސްްލަޔަކީ ބޮޑު މައްސަލައެއް! މިމައްސަލަ މަސަލަޔަކަށްވީ އެމް،ޑީ،ޕީގެ ވެރިކަމުގަ އިންޑިޔާގެ ޖީ،އެއާރަށް ވިއްކާލީމަ.އެހިސާބުން މިކަން ގޯސްވީ.ދިވެހީންގެ އެއާޕޯޓް ދިވެހީންނަށް ނޭގި ވިއްކާލުމަކީ ބޮޑުޖަރީމާއެއް.

The name is already taken The name is available. Register?

ހަސަން ޒަކީ

28 August 2018

އަސްވިއްކިޔަސް ލަގަން ނުވިއްކާށޭ ބުނެ ދިވެހި ކާބަފައިން ދިންނަސޭހަތް ހަނދާން ނެތުނީމަ ލިބޭ ލަނޑު އެއީ!

The name is already taken The name is available. Register?

ހައިއްޓެ

28 August 2018

ހަމަ ޔަގީނުންވެސް ދިވެހިންގެ އެއާޕޯޓު ނުއަގުގައި އެމްޑީޕީގެ ސަރުކާރުން ޖީ އެމް އާރަށް ދިނުމަކީ މި ފަހުގެ ތާރީހުގައި ބަޔަކު ދިވެހި ޤައުމަށްވި އެންމެބޮޑު ޚިޔާނާތް

The name is already taken The name is available. Register?

Asarey ge dhaii bondi

28 August 2018

ރައްޔިތުން ބޭނުންނުވި ޖީއެމްއާރު އަތުގައި ދިވެހިންގެ އެއާޕޯޓު އޮންނާކަށް. ރަޢީސް ޔާމިން ރައްޔިތުންގެ އަޑުއެއްސެވީ!!!

The name is already taken The name is available. Register?

ކެހި

28 August 2018

ތިކިޔަނީ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލީ 50އަހރަށޭ. އެކަމކު މަނިކުފާނު އޭގެފަހުން ރަށްރަށާ ފަޅުވީ 99އަަރަށް. އެހެންވީމާ ކާކު މިކެއްސެއްދިނީ...

The name is already taken The name is available. Register?

ކީކޭ ބުނާނީދޯ

28 August 2018

އެއީ މައިދޮރާށި ކޮއްކޯ. ދިވެހިންގެ ގަމާރުކަން ފިލާނީ ކޮންދުވަހަކުތަ

The name is already taken The name is available. Register?

މިޓްސީ

28 August 2018

ދިވެހި ގައުމުގެ މައިދޮރާއްޓާ ފަޅުރަށަކާއި އަޅާތިކިޔަނީ. ގަމާރުވިޔަސް ބޮޑުވަރު

The name is already taken The name is available. Register?

ގައުމީ

28 August 2018

ގައުމުގެ މައި ދޮރާށި ނުއަގުގާ ވިއްކާލުމުން ލިބުނު ގެއްލުމުގެ ޒިންމާ އެމްޑީޕީއިން ނަގަންޖެހޭ، ޖަވާބުދާރީ ކުރުވަންޖެހޭ.

The name is already taken The name is available. Register?

ރ.ނަޝީދު

28 August 2018

މޑޕ ދިވެހިރާއްޖެއަށް ގައްދާރުވީ. އެކަމުގެ އަދަބު އެމީހުންނަށް ލިބެން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454