ގާސިމް އާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ މިދިޔަ ހަފުތާގައި ބައްދަލުކުރަނީ.
08 އޯގަސްޓް 2016 - 22:53
ހިޔާލުފާޅުކުރުން ހަނިކުރަން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާވޫދު ހުށަހެއްޅުވި ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު، މާދަމާ ވޯޓަށް އަހަން އެޖެންޑާކޮށްފައި ވަނިކޮށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ތައިލެންޑަށް ފުރާވަޑައިގެންފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ގާސިމް ތައިލެންޑަށް ވަޑައިގެންނެވީ އާއިލާގެ ބޭފުޅަކު ބަލިވެގެން ކަމަށް ވިދާޅުވެ އެވެ.
ގާސިމް މިދިޔަ ހަފުތާގައި ބައެއް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވާލެވޭ ދޮރެއް ކަމަށާއި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ. ބިލާ ދެކޮޅަށް މަސައްކަތް ކުރާ "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ އެކު ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އަބުރުގެ ބިލު ގާނޫނުއަސާސީއާާ ސީދާ ތައާރުޒުވާ ކަމަށެވެ. ބިލު އޮތް ގޮތުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށްވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް،" ޖޭޕީގެ ހަރުގެ، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވެފައިވެ އެވެ. މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އަބުރުގެ ބިލު ބަލައިގަތުމާ މެދު ނެގި ވޯޓުގައި އޭނާ އާއި އޭނާގެ ޕާޓީގެ ގިނަ މެމްބަރުން ބިލާ ދެކޮޅު ހެއްދެވި ކަމަށެވެ. ބިލަށް އެކަށީގެންވާ ބޮޑެތި ބަދަލުތަކެއް ކޮމިޓީ މަރުހަލާގައި ނުގެނެސްފި ނަމަ އެ ބިލާ ދެކޮޅަށް ވޯޓު ދޭނެ ކަމަށާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިޕެއް ނެރެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.
"އަޅުގަނޑު ޖަހާނީ ސީދާ ރެޑު [ނޫނެކޭ]،" އޭނާ ވިދާޅުވި އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރު ޖައުފަރު ހުށަހެޅުއްވި މަޖިލީހުގެ ކޮމިޓީން ވަނީ ކުރިޔަށް ވުރެ ގޯސް ބައެއް އިސްލާހުތަކެއް ހިމެނޭ ގޮތަށް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޯ
09 August 2016
ކޮފީ އަކަށް ގޮސް ރައްޓެއްސަކު ދެއްކި ވާހަކަ އާ ދެކޮޅަށް އަޅުގަނޑު ބުނި ބުނުން މި އޮތީ. ގާސިމު "ސީދާ ރެޑަށް" ނުފިއްތަވާނޭ. ބަލަންހުންނާށޭ.
މުހައްމަދު
09 August 2016
ހޮނަރަބަލް ގާސިމް އަށް އެނގިލައްވާ މި ބިލަކީ ކޮންމެހެން ފާސްކުރަންޖެހޭ ބިލެއްކަން މިރާއްޖޭގެ އެންމެބޮޑަށް އަބުރުކަތިލެވުނު އެކަކަށް ގާސިމްވާނެ ވީއިރު ގާސިމް އެ ޢަމަލްކުރެއްވީ މި ބިލް ފާސްކުރުމަށް މިހާރުގެ ޙާލަތަށްބަލާއިރު ކަންކުރަންވީ އެންމެރަނގަޅާށް
ނިޒާމު
09 August 2016
ގާސިމެކޭ ޔާމީނެކޭ ތަފާތެއްނެއް، ދިވެހިން އެބަޖެހޭ މީހުން ދެނެގަންނަން، އަދި ތިޔަފަދަ މީހުން ދައްކާހާ ވާހަކަތަކަކީ މާކަބޮޑު ބުރަދަނެއްހުރި ވާހަކައެއްކަމަށް ދިވެހިން ނުބެލުމަށް ގޮވާލަން
ބުރޯ
09 August 2016
ތީ ހަމަ ބޯނެއް ބުރުމާ، ތިވާނީ ހަމަ ތިޔަށް،
Maldives
09 August 2016
ޤައުމުގެ ހަލާކު ތީ!
އަލިފުތު
09 August 2016
މިބިލުގެ ރަގަނޅުކަން ގާސިމަށް ވިސްނުނީ ކަމަށްވެދާނެ.
މަންސޫރު
09 August 2016
ވޯޓު ދޭން ބޭނުން ނުވީމައި ރާއްޖެއިން ބޭރަށް ގޮސް މަޖާކޮއްލާނެ ފައިސާވެސް ސަރުކާރުން ވިއްޔައި ދެނީ!
ޓަހު
09 August 2016
ސަރުކާރަކަށް ނުޖެހޭނެ ގާސިމަށް ފައިސާ ދޭކަށް. ސަރުކާރު އިނދަ ޖެހުނީމާ ގާސިމަށް ޖެހެނީ ސަރުކާރަށް ފައިސާ ދޭން.
ވިލާޑީޕީ
09 August 2016
މާލެއަށް ވުރެ ބޮޑު ފަޅުތައް ގާސިމް އެކިގޮތްގޮތައް އަމިއްލަނަމުގައި ހޯދިގޮތެއް ރައްޔިތުންނަށް އެބައެގެންޖެހޭ. ގައުމުގެ ރައްޔިތުން މުސްތަގުބަލުގައި ދިރިއުޅެންޖެހޭނެ ފަޅުތައް މިހުރީ ވިލާ ގާސިމުއަތުގައި ނޫނީ ޗަމްޕާ އަތުގައި. މިދުވަސް ބަދަލުވާންޖެހޭ. މިގޮތައް ރައްޔިތުންގެ ބިން ފަޅުތައް އަނބުރާރައްޔިތުންނަށް ނެގޭ ބިލެއް އަވަހަށް ފާސްކޮށްބަލަ..
ތުއްތޮންބެ
09 August 2016
ރައްޔިތުންގެ ހައްގުތަކައިގެން ނުކުމެވޭނީ އަމިއްލަ އެދުމެއްނެތް ހުރިހާގޮތަކުންވެސް ފުދި އިތުރުވެފައިވާ މީހުންނެވެ. އެނޫން މީހުންނަށް ޖެހޭނީ "ޕަޕެޓަކަށް ހެދިގެން" އުޅޭށެވެ.
ގާސިމް
09 August 2016
ގާސިމަށް ތިޔަޖެހުނީ ގަދަ ރެޑު. ވޯޓަށް ފިލުން. ތިޔައީ ފިޑި މީހެއް. އެއްކަމެއް ވެސް އަމިއްލަ ފައިދާއަށް ނޫނީ ނުކުރޭ.