ކޮމިޝަނާ އޮފް ޕްރިޒްންސްގެ މަގާމުގައި މިހާތަނަށް ހުންނެވި ޝިހާން: އޭނާ މަގާމުން ވަކިކުރެއްވީ މިއަދު.
22 ނޮވެމްބަރ 2018 - 19:53
ކޮމިޝަނާ އޮފް ޕްރިޒްންސް އަހުމަދު ޝިހާން މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުށްވެރިން ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝިހާން މިއަދު މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެ މަގާމަށް އަދި އާ ބޭފުޅަކު އައްޔަނެއް ނުކުރައްވަ އެވެ.
ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔާ މަގާމުން ވަކިކުރެއްވިއިރު، ކުށްވެރިންގެ ހައްގުތައް އެ އިދާރާއިން ނިގުޅައިގަންނަމުންދާ ކަމަށް ބުނެ ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި ޝިހާން އިސްތިއުފާ ދެއްވުމަށް އެކި ފަރާތްތަކުން ގޮވަމުން ދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިމް އަލީ
23 November 2018
މިއީ ދިވެހި ރއްޔިތުންގެ މަތިބަރު ކޯޅޭ ސަރުކާރު. މީހަކު މަރާލިއަސް ބައި ކުއްޖެއްވީމަ އަވަހަށް ދޫކޮށްލަން ގޮވާ މުޒާހަރާ އަށް ނުކުންނަންވީ.
އިބްރާ
23 November 2018
މިސަރުކާރަކީ ދިވެހި ރައްޔިތުންގެ ސަރުކާރެކެވެ. ދިވެހި ރައްޔިތަކަށްނުވާ މީހަކު ސަރުކާރުގެ ވަޒީފާގައި ހުރެގެންނުވާނެއެވެ. އިންސާފް އެންމެންނަށް.
ދިގައިދީ
23 November 2018
މިނޫނަސް އަދިވެސް ބޭރުކުރަންޖެހޭ އެތަކެއް ބައިވަރު އެބަތިބި،މިބައިގަނޑު ބޭރުނުކޮށް ޖަލުގެ އިދާރާ ހަމަމަގަށް ނޭޅުވޭނެ.މިހާރު ޖަލު ވެފައިވަނީ ކުއްވެރިން ތައްޔާރުކުރާ ތަނަކަށް
އފލާ
23 November 2018
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގަ ވ ގިނަ މީހުން ޖަލުތަކުގަ މަރުވެފަވޭ އެކަމާ ރައްޔިތުން ވ ކަންބޮޑުވި އެކަމަކު އީވާންނަސީމް ހުސައިން ަަލާހް ދެން ޖަލުގަ ބަޑިޖަހާ މަރާލި މީހުންގެ ހައްގެއްނެތީތޯ މިހާރު މައުމޫން ރަނގަޅު އޭނަ ސުންނަތް ޖަމާޢަތުގެ މީހަކަށް ވެއްޖެ
ވަގު
23 November 2018
ޒިލަަލު ވެސް ބޭރު ކުރޭ. ބަހަޓައިގެން ދާނީ ހަމަ ގޯހުން ގޯހަށް.
އާދަކާދަ
22 November 2018
ތީ އެއްވެސް މައްސަލައެއްނޫން. ޕޮލިޝް ކޮމިޝަނަރާއި ޕްރިޒަންގެ ކޮމިޝަނަރަކީ ރައީސް އައްޔަންކުރާ ބައެއް. އިބޫ އައްޔަންކުރާނީ އިބޫއަށް ކަމުދާ ކޮމިޝަނަރުންތާ
އިބްރާ
23 November 2018
އެއްވެސް ރައްޔިތަކަށް ދެރަގޮތެއް މިސަރުކާރަކުން ނުހަދާނެ. މިއީ ދިވެހި ރައްޔިތުންގެ ސަރުކާރެއް.
ރަންދެލި
22 November 2018
މި ތަނުގެ ހުރިހާ އިސް ވެރިން ވަކިކޮށް ގާނޫނާ ޚިލާފަށް ކޮށްފާ ހުރި ކަންކަން ބަލާ މި އެންމެންގެ މައްޗަށް ދައުވާ ކުރަން ޖެހޭ! މޭޑޭ އަބްދުﷲ ގެ މަރުގެ މައްސަލައިގް މި މީހުންގެ އިހުމާލު އެބަ އޮތް!
ޙަލީމު
22 November 2018
ޝިހާމް އަކީ ތިމަންނަ އަކީ ތަނެއްގެ ވެރިއެކޭ، ތިމަންނަ ތަންތަނަށް ހާޒިރު ކުރެވި ސުވާލުކޮށެއް ނެހެދޭނެޔޭ ބުނެ ތިމާގެ ނުހައްގު ބާރާއި ނުފޫޒުން އެތައް ބައެއްގެ ހައްގުތަކަށް އަރައިގަނެ ބޮޑާކަންމަތީ މަގާމުގައި ހުރި މީހެއް. މިއަދު މަޝެކޭ ޝިހާމެކޭ ކެޔޮޅެކޭ ފާތުމައެކޭ ތަފާތެއްނެތް.
އަކްރަމް
23 November 2018
ބޭފުޅާ ޝިހާން އިނގޭތޯ
ޟޮމުެދރ
22 November 2018
ކޮބާ އަދި ޒިލާލް .. އެއީ ވެސް ވަކި ކުރަން ޖެހޭ މީހެއް
ލަންދޫ
23 November 2018
އަސްލު ސީޕީ ގެ ނިވަލުގައި ހުރެ ހުރިހާ ކަމެއް ހިނގަނީ އޭނަ
ފަރީހް
22 November 2018
އަލްހަމްދު ލިއްލާހް. އެތައް އާއިލާ އަކަށް ހިތްދަތިކަން ދީ އެ ތައް ބައެއްގެ ހައްޤު ނިގުޅައިގެންފައިވަ އަނިޔަ ވެރިއެއް. ވ އުފާވެއްޖެ