މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވެއްޖެ

ވެލާނާ އެއާޕޯޓުގެ ޕަވަ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ ޓާމިނަލް ސަރަހައްދުން ކެނޑި، މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވެއްޖެ އެވެ.


އެމްއޭސީއެލް އިން ކުރި ޓްވީޓް

ރާއްޖޭގެ ގައުމީ އެއާލައިނުން ވަނީ ޓްވިޓާ މެދުވެރިކޮށް އެތަނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެފަ އެވެ.

"ވެލާނާ އެއާޕޯޓުން ކަރަންޓު ގޮސްފައި ވާތީ އަޅުގަނޑުމެންގެ ފްލައިޓުތަކުގެ ހިދުމަތް ވަނީ ކެނޑިފައި. އަޅުގަނޑުމެން މި އަންނަނީ ކަމާ ގުޅޭ ފަރާތްތަކާ އެކު މި ކަމަށް ވީހާ ވެސް އަވަހަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން،" މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓު

ހިދުމަތްތައް މެދުކެނޑުމުން، ކަސްޓަމަރުންނަށް ލިބޭނެ ގެއްލުންތަކަށް މާފަށް އެދިފައި ވެ އެވެ.

ނަމަވެސް އެ އެއާޕޯޓުގައި އޮޕަރޭޓްކުރާ ފްލައިމީ އެއާލައިނުން ބުނީ ކަރަންޓު ދިއުމުން އުނދަގޫތަކަކާ ކުރިމަތި ވީ ނަމަވެސް، އެތަނުގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށެވެ.

"އަދިވެސް މަސައްކަތް ކުރަމުން މި އަންނަނީ. އެކަމަކު ނޭނގެ ވާނެ ގޮތެއް ކަރަންޓު ނައިސް ގިނައިރުވާ ނަމަ،" ފްލައިމީގެ އޮފިޝަލަކު ބުންޏެވެ.

ކަރަންޓް ކެނޑިފައި އޮންނަތާ ދެ ގަޑިއިރަށް ވުރެ ގިނަ އިރު ވީ ފަހުން މައްސަލަ ހައްލުކޮށް ވަނީ އަލުން ކަރަންޓް ދީފަ އެވެ.