ސ. މަރަދޫގައި ދެ ބުރީގެ އިމާރާތެއްގެ ބެލްކަނިން ވެއްޓުނު ހަތް އަހަރުގެ ކުއްޖާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިގެން މެންދުރު 3:07 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާއަށް ފަރުވާ ދެމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މޯލްޑިވިއަންގެ ޗާޓާޑް ފްލައިޓެއްގައި މިރޭ 11:30 ހާއިރު އެ ކުޑަ ފިރިހެން ކުއްޖާ މާލެ ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ކުއްޖާ ވެއްޓި ޖެހުނުގޮތުން ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.