އަނިޔާކޮށް އެއްލާލާފައި އޮތް މީހަކު މަރަދޫން ފެނިއްޖެ

އަނިޔާކޮށް އެއްލާލާފައި އޮތް ކަމަށް ބުނާ މީހަކު ޒަހަމްތަކަކާ އެކު އައްޑޫ މަރަދޫން މިއަދު ހަވީރު ފެނިއްޖެ އެވެެ.


މަރަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި ހަމައެކަނި ޖީންސެއް ލައިގެން އޮތް އެ ފިރިހެން މީހާ ފެނުނީ މަރަދޫގެ ފުއްޓަރު ފަރާތު ވަލު ތެރޭގައި، ހަރަކާތެއް ނެތިފައި އޮއްވަ އެވެ. އޭނާގެ ބޮލުގައި ޒަޚަމެއް ހުރި ކަމަށާއި ބޮލުގައި އޮތީ ފޮތިގަނޑެއް އަޅައިފަ އެވެ.

އެހެން މީހަކު ބުނީ އެއީ، މަރަދޫ މީހެއް ނޫން ކަމަށެވެ. އޭނާ އަށް އަނިޔާކުރީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ.

އޭނާ އަށް މިހާރު އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މީހަކަށް އަނިޔާކޮށް އެއްލާލާފައި އޮތް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.