ފުލުހުންގެ އޮޕަރޭޝަނެއްގައި ގެއެއް ފާސްކުރަނީ.
24 ޖޫން 2019
ތޫނު ހަތިޔާރާ އެކު ދެ މީހަކު ސ. މަރަދޫން މިއަދު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ އެ ރަށުގެ ގެއެއްގައި ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށާއި އެ މައްސަލާގައި ފާސްކުރި ގެޔަކުން ކަނޑިއެއް ފެނުނު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު ކަނޑިއެއްގެ އިތުރުން ތިން ވަޅި އާއި ތިލައަކާއި އިންޖެކްޝަނަކާއި ޕޮކެޓް ނައިފެއް އަދި މާސްކެއް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި ހަ ރަބަރު ޕެކެޓެއް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް