މާލޭގައި ދެބެއިންގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ މާލޭ ގެއެއްގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.