މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ސެޕްޓެމްބަރ 2019 - 13:58
ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ، މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ހ. ތިލަފުށީ ގޭގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. އެ އަލިފާން މުޅި ސަރަހައްދަށް ފެތުރި ގިނަ ގެތަކަކަށް އަލިފާނުގެ އަސަރުކުރި އެވެ.
ނައިބު ރައީސް ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ގެއްލުން ލިބުނު ގެތަކާއި ގުދަންތަކުގެ ހާލަތު ބައްލަވާލައްވައިފަ އެވެ. އަދި އެމްއެންޑީއެފާއި ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒަފުންގެ މަސައްކަތް ބައްލަވާލައްވައި ހިތްވަރު ދެއްވި އެވެ.
އެމްޕީއެލްގެ މުވައްޒަފަކު، ހ. ކީވް ރޫޅާލުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ނައިބު ރައީސް އަށް ކިޔައި ދެނީ. ކީވްގެ ބޮޑު ބައެއް މިހާރު ވަނީ ރޫޅާލާފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަލިފާން ރޯވި ސަރަހައްދު ބައްލަވާލެއްވުމަށް ފަހު، ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ ކަމުގެ ބޮޑުކަން އެނގެނީ އަބަދުވެސް ކަމެއް ދިމާވީމާ ކަމަށެވެ. އޭގެ ބަދަލުގައި ކަމެއް ހިނގުމުގެ ކުރިން އެކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"މި ހާދިސާ އިން ފިލާވަޅުގެ ގޮތުގައި ވަރަށް ބޮޑު އެއްޗެއް ލިބިގެންދޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އާންމުންގެ ފުރާނަ ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ކުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ ފުލުހުންނާއި ސިފައިންގެ ހިތްވަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންމެ ފުރާނަ އަކީ އަޅުގަނޑުމެންނަށް އަގު ނުކުރެވޭނެ އެއްޗެއް. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. ނަމަވެސް ހާދިސާގެ ބޮޑުކަމުން، މާތްﷲ އިރާދަފުޅުން އަޅުގަނޑު އުފާކުރަން އެތައް ބައެއްގެ ފުރާނަ ސަލާމަތްވީތީ ވެ،" ސަލާމަތީ ބާރުތަކަށް ހިތްވަރު ދެއްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް ކަމަކީ މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރުމެވެ. މާލޭގައި ހުރި ހުރިހާ ގުދަންތަކެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވި އިރު، ހުސް ބިމެއްގެ ގޮތުގައި މިހާރު އޮތް ހ. ތިލަފުށީގޭ ތެރޭގައި ފޮރެންސިކް ފުލުހުން ގެންދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން އަރިއަޅާލާފައިވާ ހ. ކީވް ރޫޅާލުމުގެ މަސައްކަތް އެމްޕީއެލްގެ މުވައްޒަފުންނާއި ސިފައިން ގުޅިގެން ދިޔައީ ކުރަމުންނެވެ. އަދި އެހެން ބައެއް ތަންތަން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށް ހަފުތާއެއް ވެގެން ދާ އިރު ވެސް އެތަން އޮތީ "ދިރުމެއް ނެތް" ތަނެއްގެ ގޮތުގަ އެވެ. ފުލުހުންނާއި ސިފައިން އަދިވެސް އަންނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯފަޅިހުސޭނާ
27 September 2019
ގުދަންކުތްޔައްދިން އިމާރާތުގެ ވެރިފަރާތާ ގުދަނުގެ ކެމިކަލް ބެހެއްޓިފަރާތާއި ކެމިކަލް ބަހައްޓަން ހުއްދަދިން ފަރާތާ މިތިންފަރާތުން މީގެފުރިހަމަ ޒިންމާނަގަން ޖެހޭނެ" ކަމާގުޅުން ނެތްބަޔަކު މަގުމަތިވިއިރު ކޮބާތޯ އެމީހުންގެ ކުށަކީ މިއުޅެނީ ނަގޫރޯޅިޔެއްއަރާގެން ފުރާޅުގެ ޓިނުގަނޑެއް އެތްލާލީމަކާނޫންވީޔާ ތިޔަހެން ބަލާނުލާ ވިސްނާނުލާ ކަންތައްނިންމާލީމަ
ށިހާބު ބަގީޗާ
27 September 2019
ގުދަނުގަ ކެމިކަލް ގެނގުޅުނުފަރާއް ސަމަރސެޓު އާމިރު މީގަޒިންމާ ނަގާ ހާލުގަޖެހުނު މީހުންނާ ބައްދަލުކޮއް ލާތަން ދެކިލަން ވަރައްބޭނުން އާމިރުއާ އާމިރުގެ އަންހެނުންގެ ބޮޑެތިގޯތިއޮވެ އެތަންހަދާ ބުރިބުރިޔައްނަގާ ކުތްޔައްދީފަ އޮތަކަސް ފައިސާއޮހުނަކަސް އަނދާހުލިވި ގެތަކާ އެގުދަން ހުރިމަގުގަ ޕާކުކޮއްފަހުރި ހުރިޙާވެހިކަލް އަނދާހުލިވީ ގިނަސައިކަލްތަކަކީ އިންސްޓޯލްމެންޓައް ނޫނީލޯނު ނަގާގެން ގަނެފަހުރި އެއްޗިސައްވާނީ ދެންކޮބާ އެމީހުންގެކުށަކީ ކާކުމިކަމާވިސްނީ
ކީމަން އަންވަރު
27 September 2019
ފައިސަލޫ ފިލާވަޅެއްލިބުނަސް މިދިމާވިކަމެއް ދިމާވީ ސަރުކާރުގެ ނާގާބިލުކަމުން ތޮއްޖެހިފަ އޮއްމާލޭގަ ކެމިކަލް ގުދަންކުރަން ހުއްދަދިންކަން.. ކިޔާތީ އަޑުއިވޭ ސަމަރސެޓު ގެސްޓު ހޮޓާހިންގާ މަހުޖަނު އާމިރުގެ ގޮދަނޯ ކެމިކަލް ގެންގުޅޭމީހާގެ ޒިންމާއެށް އެގުދަން ބެލެހެއްޓުން ފަރުވާކުޑަވީމަދޯ މިހެންމިވީ ހަލާކުވި ގެތަކާ މަރުވެދިޔަމީހާޔާ ކޮބާތޯ އެމީހުންގެ ކުށަކީ...؟
ފިލާވަޅު
27 September 2019
ހުސް ފިލާވަޅު އަބަދުވެސް ފިލާވަޅު މުޅިންވެސް މިހެން ހައްލުނުވި ފިލާވަޅު.. ސަލާމަތެއް ނެތް ފިލާވަޅު ސިފަިއިން އަބަދުވެސް ފެންހިކުމުގަ މިވެސް ފިލާވަޅު އަލިފާން ނިއްވުމުގަ ނިއްވާލެވެނީ އަދާ އަޅިޔައް ވެގެން ކަޑުމަތިން ރެސްކިޢު މިވެސް ފިލާވަޅު އެޓެންޓް ވެވެނީ ވަގުތު ފަހަނައަޅާތަނުން ، ޕްރިވެންޓިވް މެޝާއެއް ޑިތޭކްޓް ވަނީ ކަންފަތްމަތީ ޖެހީމަ ޖެހިކަން، ހައްލުކުރުމުގެ ޤާބިލްކަންނެތް ގަޢުމަކައް މިއަދު އަޅުގަނޑުމެނގެ ހާލަތު އަތުވެއްޖެ ހިތާމަހުރި ލަދުވެތި
ހަކީމް
26 September 2019
މިހެން ފިލާވަޅު ލިބިލިބި މުޅި އުމުރު ހުސްވަނީ ... ފިލާވަޅު އެއްވެސް ކަމެއް ދަހެއް ނުވޭ .. ވެރިކަމަށް އަހަރުވަނީ ، މާލޭގެ މަގުތަށްވެސް ހަަދަނީ ހަދަނީ ...