ލައިފްސްޓައިލް / ދަރިން ނުލިބުން

ދަރިން ހޯދަން ފިރިހެނުން ހޯދާ ފަރުވާ އިން ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާ

ދަރިން ނުލިބޭ ފިރިހެނުން އެކަމަށް ހޯދާ ފަރުވާގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނިގޮތުގައި ފިރިހެނުން އިންފަޓިލިޓީ އަށް ހޯދާ ފަރުވާ އިންޓްރަސިޓޯޕްލާސްމިކް ސްޕާމް އިންޖެކްޝަން (އައިސީއެސްއައި) ގެ ސަބަބުން، އުމުރުން ދުވަސްވާ ފަހުން ޕްރޮސްޓޭޓް ކެންސަރަށް މަގު ފަހިވުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާ ހަދާފައި ވަނީ 1994-2014 އާ ހަމައަށް، ދަރިމައިނުވުމުގެ މައްސަލަ އަށް ފަރުވާ ހޯދި 20,618 މީހެއްގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު ކަމަކީ އައިސީއެސްއައި ފަރުވާ ހޯދި މީހުންގެ ތެރެއިން 0.42 ޕަސެންޓް ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުނު ކަމެވެ. އަދި އެއްވެސް ފަރުވާއަކާ ނުލައި ދަރިން ލިބުނު މީހުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުނު ނިސްބަތް 0.28 ޕަސެންޓްގައި އިރު، އައިވީއެފްގެ އެހީގައި ދަރިން ހޯދި ފިރިހެނުންގެ ތެރެއިން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަން ކެހުނީ 0.37 ޕަސަންޓް މީހުން ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ފާހަަގަކޮށްފައިވާ ގޮތުގައި މި ރެކޯޑްތަކަށް ބަލާ އިރު އައިސީއެސްއައިގެ އެހީގައި ދަރިން ހޯދާ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު އުމުރުން 55 އަހަރުވުމުގެ ކުރިން ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ.

ދިރާސާ ހެދި ސްވިޑްންގެ ލުޑް ޔުނިވަސިޓީގެ ޕްރޮފެސަރު ވޮން ލުންޑްބާގް ގިވާޝްމަން ވިދާޅުވި ގޮތުގައި ޕްރޮސްޓޭޓް ކެންސަރު ޖެހުނު ފިރިހެނުންގެ އަދަދު ނިސްބަތުން މަދު ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަކީ ޒުވާނުން ކަމަށްވާތީ އެއީ އިތުރަށް ވިސްނަން ޖެހޭ ކަމެކެވެ. އާންމުކޮށް މި ބާވަތުގެ ކެންސަރު ޖެހެނީ އުމުރުން 50 އިން މައްޗަށްދާ ފަހުންނެވެ.

"އެހެންވެ މިއީ އަދި އިތުރަށް ދިރާސާކުރަން ޖެހޭ ކަމެއް." ވޮން ވިދާޅުވި އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 88%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިންލާމް

30 September 2019

ތިވާނީ އިއްތިފާގެއް ކަމަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454