ޓޫރިޒަމް މިނިސްޓްރީން ކްރޮސްރޯޑްސްގައި މިއަދު ބާއްވާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
03 އޮކްޓޯބަރ 2019 - 10:46
ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދާދި ފަހުން ހުޅުވި ކްރޮސްރޯޑްސްއަށް، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ހުރިހާ ވިޔަފާރިވެރިން މިއަދު ޖަމާވެ، ޓޫރިޒަމް ކޮންފަރެންސް ފަށައިފި އެވެ.
މާލޭގެ ދެކުނު ފަރާތުގައި އޮންނަ އެނބޫދޫ ފަޅު ހިއްކައިގެން، ތައިލެންޑްގެ ސިންހާ ކުންފުނިން ތަރައްގީކުރި 300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސްގައި، ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރި މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގައި، 200 ބައިވެރިން ހިމެނެ އެވެ.
ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކޮށްފައިވާ މުޅި މަަޝްރޫއުގެ އަގު 700 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޓޫރިޒަމް ކޮންފަރެންސް ބިނާކޮށްފައި ވަނީ ހަތަރު ސެޝަންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމް އާއި ސެކިއުރިޓީ، ތިމާވެށި، ސޯޝަލް އިންކްލޫސިވްނެސް، ބާރުވެރިކުރުވުމާއި ފަގީރުކަން ކުޑަކުރުމެވެ. އޭގެ އިތރުން ދިވެހި ފަންނާނުންނަށް ޓޫރިޒަމް ދާއިރާގައި ފުރުސަތު ބޮޑުކުރުމާ ގުޅޭ ހާއްސަ މަޝްވަރާތަކެއް ވެސް އޮންނާނެ އެވެ.
ކޮންފަރެންސް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން ޓޫރިޒަމް ދާއިރާއާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށް، ދާއިރާގެ މީހުންގެ ހިޔާލު ހޯދާ، މުހިއްމު ނިންމުންތަކެއް ނިންމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ރައްކާތެރި، އަމާން ތަނަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
"ޓެރަޒިމްގެ ތަފާތު ތްރެޓްތައް ދުނިޔޭގެ އެކި ހިސާބުތަކަށް އެބަ އާދޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި ގައުމަކީ އެންމެ ރައްކާތެރި އަދި އެންމެ ރީތި ގައުމުގެ ގޮތުގައި އަބަދުވެސް ބޭއްވުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސާ ކުޑަކަމުން އެކަމުގެ ކަންބޮޑުވުން މިނިސްޓަރު ނެންގެވި އެވެ. ވިދާޅުވީ އަންހެނުންގެ ހިއްސާ އެންމެ ހަތް ޕަސެންޓްގައި އުޅޭ އިރު އެކަން ބަދަލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ވެސް އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން، ހަފްތާއަކަށް ބަހާލައިގެން ގިނަ ކަންތައްތައް ކުރިއަށްގެންދިޔަ އެވެ. މި ކޮންފަރެންސަކީ އޭގެ ތެރެއިން އެންމެ ފަހު ހަރަކާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނި ތަކުރުބެ
03 October 2019
މި ބައިގަނޑު ނުކުމެ ފަތުރުވެރިކަން ކުރިއަރުވަން މަޝްވަރާ ކުރާއިރު ކޮބާ ލަދުހަޔާތް. އިހަކަށް ދުވަހާ ހަމައަށް މިތަން ބޮއިކޮޓް ކުރަމުން ގެސްޓުން ނާންނަން ގޮވަމުން މިތަނަށް އިންވެސްޓް ނުކުރަން ގޮވަމަުން ދުވި ބައިގަނޑަކަށް ނޭގޭބާ މިގަމުގަކުދި ވިޔަފާރިމުލިން ހެން ހަލާކުވެއްޖެކަމެއް އަދި ލޯނުދެނިޔޭކިޔާފަ ވަކިބަޔަކަށް އެކަން ވެސްކޮދެނީ މީހަގީގަތް ހަޖަމުވިޔަސް އަދި ނުވިޔަސް......... 319
ކޮލަމާފުށި
03 October 2019
ގައުމެއްގެ ސިފަ ގެއްލި ވައްކަމާ، ކަރަޕްޝަނާ، އަނިޔާވެރިކަން އާންމު ވީމަ ދޯ އެވާހަކަ ދެއްކީ.
ޙަބީބު
03 October 2019
މަރުހަބާ ޔަމީން ރިސޯޓު ހިއްސާގެ ދިނުމުގެ މާސްޓަރ ޕުލޭން އެކުލަވާލީ ޔާމީން
ކޮލަމާފުށި
03 October 2019
އެކަންވިތަ އޭނަޔަށް؟
ޛަލޭކަ
03 October 2019
އެކަން ކޮން ނިމުނީމަ ހުޅުވާކަން ނުން މިސަރުކާރުން ޖޯށުގަ އަރާ އެތިބީ. ކިތޭ ހަރާންކޯރޫ ވިޔަސް ވައްކަން ކުރިޔަސް ދިވެހިންނަން ތާއަބަދައް ބޭނުންހީފޭ ފުރިހަމަ އިންފްރާސުޓަކްޗާ އަޅާދީފިތާ. ކަން ވެފަނުން އެއޮތީ. މިސަރުކާރުން މިއުޅެނީ ފެންބޮޑުވާއިރު ކާނުސާފުކުރާނެ ގޮތެއްވެސް ނޭނގިގެން. ދެން އަތްޖަހާ.
1 މިލިޔަން ޑޮލަރު އެކައުންޓް
03 October 2019
މި ބޮޑު މުހިއްމު ފަޅު ބޭރު ބަޔަކަށް 100 އަހަރަށް ވިއްކާފައި އެޑްވާސް ކޮށް ނެގި ލާރި ގަޑަށް ޔާމީނު ހެދި ގޮތެއް ބުނެ ދީ ބަލަ.
ޢަންނިމޭން
03 October 2019
ސަތޭކަ އަހަރައްވިޔަސް ފަންސާސް އަހަރައްވެސް ވިއްކާފަ ހުރި ރިސޯޓެއް ރަށެއް ފަޅެއް ނުހުންނާނެ. ހުންނާނީ ގަވާއިދެއްގެ ދަށުން ކުއްޔައް ދީފަ. 30 އަހަރުން 50 އަހަރައް އިތުރުކުރީ އަންނި ދެން ފަންސާހުން 100 ކަޔައްވެސް ހަމަ އޭނަ. ޢެގްރީމެންޓާ ގަވާއިދާ ގާނޫނާ ހިލާފު ވެއްޖެޔާ މިތަންތަން ބޭނުންއިރަކު އަތުލުމުގެ ބާރު ސަރުކާރައް އޮވޭ. ޕޯޑިޔަމްގަ ވެރިކަން ބޭނުންވެގެން މީހުން ދައްކާފަ ހުރި ވާހަކައިގެ ހަގީގަތް ބަލާލުން ރަނގަޅު. ޢަންނި އެއާޕޯޓު ދިންގޮތަކައްނޫން.
ހުވާ
03 October 2019
ކްރޮސްރޯޑު ފެނިފަ ތަލިން ކުޅުނުހިކޭތަ. ތިޔަ ފަޅު ތިތާއޮތޭ 35 އަހަރުވީއިރުވެސް.
0000
03 October 2019
ކަލޯ ކުޅު ހިިކިބަލަ. އަހަރުން މާލޭ މީހުން ގޯތި ހޯދަން އެތަން އަދި އަތުލާނަން.
ފުދިފަހުންނަ ވަޢުދުވާ
03 October 2019
ކުރީސަރުކާރުން ފެށި 50 ރިސޯޓު ނިމޭއިރު މިސަރުކާރުގެ 35000 ބެޑްގެ ވައުދު ފުދުނީ. ހޮޅިވަޢުދުވަނީ. މިއަހަރު 19 ރިސޯޓު ހުޅުވައިފީމޭ. ލަދެއްވެސް ނުގަނެ.
ޙިސާންބޭ
03 October 2019
މިއޮތީ ހަގީގަތް. އޮޅުން ނުފިލަންޔާ ޓުއަރިޒަމް ވެބްސައިޓް ބަލާލާ. އަދި މިސަރުކާރަކައް ގައުމައް އާމްދަނީ ލިބި ރައްޔިތުންނައް ފައިދާ ވާނެ އެއްކަމެއްވެސް ނުކުރެވޭ.
އަލީ ރާޖާ
03 October 2019
ލަދެއްވެސް ނުގަނޭދޯ ފަތުރުވެރިކަން ބޮއިކޮޓް ކުރަމުން ދުވެފަ މިއަދު ނުކުމެ އިންޑަސްޓްރީ ކުރިއަރުވަން އުޅެނީޔޯ
ކޮލަމާފުށި
03 October 2019
އަނިޔާވެރިކަމާ، ވައްކަން އާންމުވީމަ ދޯ ގޮވީ
ސިދުގީ
03 October 2019
ޝުކުރިއްޔާ ރައިސް ޔާމީން،
އަލީ ރާޖާ
03 October 2019
މި ބައިގަނޑު ނުކުމެ ފަތުރުވެރިކަން ކުރިއަރުވަން މަޝްވަރާ ކުރާއިރު ކޮބާ ލަދުހަޔާތް. އިހަކަށް ދުވަހާ ހަމައަށް މިތަން ބޮއިކޮޓް ކުރަމުން ގެސްޓުން ނާންނަން ގޮވަމުން މިތަނަށް އިންވެސްޓް ނުކުރަން ގޮވަމަުން ދުވި ބައިގަނޑު.
ގަޑުބަޑި
03 October 2019
ބަލަ ދަތުރު ފަތުރުގެ ބަޖެޓް ހުސްވެއްޖެއޭ.
އަހުމަދު ނަސީރު ރ.މީދޫ
03 October 2019
އަލީ ވަހީދު ކަންކަން ކުރަނީ އަމާބުނީތީ ފަރަށްދާ އުސޫލުން. ޕެރަޑައިސަށް ދީފައިވާ ކޮންޓްރެކްޓެއް ބާތިލްކޮށް ކުރޮސްރޯޑައް ބަދަލުކުރީ ކޮންކަމަކާއި ވިއްދައިގެންތޯއެވެ.
އަހަންމަދާ
03 October 2019
އެއީ އެގޮތަށް އެކަން ކުރެވެން އޮތީމަ. ގާނޫނަކު ނޯވޭ ޕެރަޑައިސްގަ ބާއްވާކަށް
ބުރާންޗް
03 October 2019
ސޭޓްގެ ސޮރެއްތަ ތިޔައީ؟