04 ނޮވެމްބަރ 2019 - 09:26
ތަރައްގީގެ މަޝްރޫއުތަކަށް މީގެ ކުރިން ބަޖެޓް ނުކުރާ ވަރަށް އަންނަ އަހަރަށް ބަޖެޓްކޮށް 900 އަށް ވުރެ ގިނަ މަޝްރޫއު ހަމައެކަނި ރަށްރަށުގައި ހިންގަން ސަރުކާރުން އަމާޒު ހިފައިފި އެވެ. މީގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ އިތުރުން މިހާރު ހިނގަމުންދާ މަޝްރޫއުތައް ވެސް ހިމެނެ އެވެ.
އަންނަ އަހަރަަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އޭގައި ބުނެފައިވާ ގޮތުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އަންނަ އަހަރު 10.1 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމައިފަ އެވެ. މިއީ މި އަހަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. އަދި މިއީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ހަރަދުގެ 27 ޕަސެންޓް ވެސް މެ އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގަނީ މައިގަނޑު 10 ދާއިރާއަކުންްނެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުގައި 3.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާއިރު އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ބަޖެޓް ފޮތުގައި ވެ އެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫ އެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫއެވެ.
މީގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުގައި 362 މިލިއަން ރުފިޔާ، ރ. އަތޮޅުގައި 309 މިލިއަން ރުފިޔާ، ތ. އަތޮޅުގައި 332 މިލިއަން ރުފިޔާ، ގދ. އަތޮޅުގައި 486 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ފުވައްމުލަކުގައި 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާ ގޮތަށް ހަމަޖެހިފައި ވެ އެވެ.
އަންނަ އަހަރުގެ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ހައުސިން އާއި ތިމާވެށީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި ސިނާއީ މަޝްރޫއުތައް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
05 November 2019
އެންމެން އުޅެންވަނީ މާލޭގައި އެއެންމެންގެ ކުދިން ދާން ސްކޫލްތަށްވެސް ހުންނަންޖެހޭ، އަދި ހަމަ އެގޮތަށް އެމީހުންގެ ރަށުގައިވެސް ސްކޫލުތައް އެބަ އަޅަންގޮވާ. ދިވެހިން ނުވާނެ ރަގަޅެއް.
ދޮންމަނިކް
04 November 2019
ތ. އަތޮޅަށް 332 މިލިޔަން ..... ލ.އަތޮޅައް ... 165 މިލިޔަން .... ކޮބާ ؟ ވިސަމް
ކުޜެންދޫ
05 November 2019
ލާމުގެ މަގުތައް ހަދާފަ، ތ.ގެ މަގުތައް ނުހަދާ. ބަޖެޓު ކުޑަ ބޮޑު ނުކިޔާ މަޝްރޫ ތަކަށް ވިސްނަވާ
އައްޔު
04 November 2019
ހާދަ ޕްރޮމޯޓެކޭ ތިކޮށްލަނީ
1828
04 November 2019
މެދު ރާއްޖެތެރެ ވ، މ، ފ، ދ އަށް އެންމެ މަދުން ޚަރަދު ކުރަނީ. އިންސާފް ތޯ މިވެސް؟ އެކަމަކު ދ.ކުޑަހުވަދޫ ތަރައްޤީ ކުރަނީ މިސަރުކާރުން ނޯ. ނަޝީދުގެ ސަރުކާރުން ކުޑަހުވަދޫއަށް ގެނެސްދިން ތަރައްޤީއެއް ނޯނާނެ. އެކަމަކު މި އެމްޑީޕީ މީހުން އަތާއި ފައިޖަހާ ނަޝީދަށްޓަކައި. ރިޔަސީ އިންތީހާބް އަންނަނީ ކައިރިވަމުން. ކުޑަހުވަދޫއަށް ވައުދުވި އެންމެ ކަމެއް ނުކޮށްދީ އޮތަސް އިބޫއަަކަށް ވޯޓެއް ނުދޭނަން.
ކުޜެންދޫ
05 November 2019
ބަލަގަ މަޝްރޫ ތަކަށް ބަލާބަލަ........ކުޑަބޮޑު ނުކިޔާ. ކޮންމެ ރަށެއްގަ ޓާޝަރީ ހޮސްޕިޓަލެއްތަ އަޅަންވީ؟
ފެލާ
04 November 2019
މިއަހަރަށްވެސް ބަޖެޓްކުރި ކަންކަމެއް ނުކުރޭ. ދެން ކޮން ޔަގީންކަމެއް އޮންނާނީ ތިޔަ ކަންކަން އަންނަ އަހަރު ކުރާނެކަމަށް؟
ސަނީހޗ
04 November 2019
ހުސް އަންދުން! ކުރިންވެސް ބަޖެޓެއް ފާސްކުރި! އޭގެން ކުރީ ހުސް ދަތުރު އެކި ގައުމުތަކައް! އެއްވެސް ޕްރޮޖެކްޓެއް ނުހިންގާ! އަންދުން އަޅުވާކަށް ނުދޭނަން ފުރުސަތެސް!
އަބުލްބަރކާ
04 November 2019
ރާއްޖޭގެ ޕްރައިމަރީ ސެކްޓަރ ރަގަނޅު ނޮކޮށް އިގްސާދަށް ހެޔޮބަދަލެއް ނާންނާނެ. ކޯޕަރޭޓީވް ސޮސައިޓީ ހަދައިގެން ޖަޒީރާ ވަންތަ މަސައްކަތްތެރިކަން ކުރި އަރުވަންޖެހޭ، ލިޔެލާ ޖެހުން ،ކުނާ ވިޔުން، ރާ ވެރިކަން، ތެދުއިވަޑާން. އަތްކަންކަރުން. ކަސަބުލިބާހުގެ ހިރު ހެދުން. ފަންގި ވިނުން ، ރޯނުވެށުން. ދަނޑުވެރިކަން ފަލަމަޑީގެ ބާއްވަތައް. ކާށިބޮނބި ދަނޑުވެރިކަންބޭނުންކުރުން. ކާށި ތެޔޮހެދުން.މިދެންނެވި އެއްވެސް ދާ އިރާއެއްގެ އެޗެއް އިމްޕޯޓް ނުކުރެވޭގޮތައްހެދުން .
އަބުދުﷲ694
04 November 2019
ތި އެއްޗެހި ވިއްކަނީ ކޮންބަޔަކައްތަ؟ އި މްޕޯރޓް މަދުކުރީ މަ ދައުލަތައް ލިބޭ އާ މްދަނީ ވާނީ މަދު.
މަމީ
04 November 2019
ތިގޮތަށް އަހުރެެމެން ރައްޔިތުން ގުބޯ ހައްދާ ކޮންމެ ސަރުކާރަކުންވެސް، ބަޖެޓް ފޮތުގައި ޖަހާނެ އެކަމަކު އެކަމެއްނުވާނެ، އަހުރެމެން ރަށުގަ ފެނާ ނަރުދަމާ ކަންތައްވެސް ބަޖެޓް ފޮތުގަ ޖަހާތާ 3 އަހަރު، މިއަހަރުވެސް އޮތް، ފަށާނެ ކަމުގެ ޔަގީންކަންވެސްދިން، އެކަމަކު އަހަރުނިމިގެންދާއިރު ހިލަމެއްވެސްނުވޭ، ފޮތުގަ ޖެހުމަކުން އަހުރެމެންގެ އުއްމީދެއްނެތް،
މުހައްމަދު މާޖިދު
04 November 2019
ދައުލަތަށް އެންމެ ދިނައާމްދަނީ ލިބޭ އެއް އަތޮޅުކަމުގައިވާ އދ އަތޮޅުގެ މަސްރޫއުތަކަށް އެންމެ 97 މިލިއަންރުފިޔާ، އައްޑުއަށް 523 މިލިއަން، ގދ އަށް 486 މިލިއަން. އެޖެންޑާ19 ހަމަތަފާތީ..
ބިޝާ
04 November 2019
އިންސާފުކީ މާލެއަށް 3353 މިލއަން ރުފިޔާ ބާކީ މުޅި ރާއްޖެއަށް 2514 މިލިއަން ރުފިޔާ # ޖަޒީރާ ރާއްޖެ
އަލިބެއްޔާ!
04 November 2019
މާލެއަށް 3353 މިލިޔަން ޚަރަދުކުރަނީ މާލޭގެ ރައްޔަތުންނަށް އެކަނި ނަމަ އެއީ ބޭއިންސާފެއް. އެކަމަކު ރާއްޖޭގެ ގިނަ ރައްޔަތަކު ދިރިއުޅެނީ މާލޭ ސަރަހައްދުގައިކަމުން ސަރުކާރުން ގިނަޚަރަދުކުރުން މަޖުބޫރުވޭ. އަތޮޅުތައް ތަރައްގީ ކުރިނަމަވެސް މާލޭ ސަރަހައްދުން މީހުން މަދުވުން ނާދިރު.