ބަޖެޓަށް ޚިޔާލު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

މި އަހަރަށް އެކުލަވާލައިވާ ބަޖެޓަށް ރައްޔިތުންގެ ހިލާޔާއި މަޝްވަރާ ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބާއްވާ މި އަހަރުގެ ބައްދަލުވުންތައް މިއަދު ފަށާ ގޮތަށް ނިންމައިފި އެވެ.


ކައުންސިލުން ބުނިގޮތުގައި ފުރަތަމަ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މީދޫ ރައްޔިތުންނާ އެކީގަ އެވެ. އެއީ ހެނދުނު 10:00 ގަ އެވެ. ހުޅުދޫ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުން އޮންނާނީ މެންދުރު ފަހު 1:00 ގަ އެވެ. މި ދެ ބައްދަލުވުން ވެސް ބާއްވާނީ ހުޅުދޫ/މީދޫގައި ހުންނަ އެސްޓީއޯ އިމާރާތުގަ އެވެ.

މަރަދޫފޭދޫ ރައްޔިތުންނާ މިއަދު މެންދުރު ފަހު 4:00 ގައި ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މަރަދޫ އިރުޝާދިއްޔާ ސްކޫލްގަ އެވެ. އަދި ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.

ފޭދު އާއި މަރަދޫ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައި ވަނީ މާދަމަ އެވެ. އެގޮތުން މަަރަދީ ބައްދަލުވުން މާދަމާ ހެނދުނު 9:00 ގައި މަރަދޫ ސްކޫލްގައި ބާއްވަން ނިންމާފައިވާ އިރު، ފޭދޫގެ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު ފަހު 1:00 ގައި އަވަށު އޮފީހުގަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކު މިފަދަ ބައްދަލުވުންތައް ބޭއްވި ނަމަވެސް، ރައްޔިތުންގެ ފަރާތުން މި ބައްދަލުވުންތަކަށް މާ ބޮޑު ތަރުހީބެއް ނުލިބޭކަން ފާހަގަކުރެވެ އެވެ. އެގޮތުން ބައްދަލުވުންތަކަށް ހާޒިރު ވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބައެކެވެ.