ޚަބަރު / އައްޑޫ ސިޓީ ކައުންސިލް

ހުޅުދޫ/މީދުއާ ގުޅޭ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް

އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި މިހާރު ސޮއިކުރަމުން އަންނަ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ލޯކަލް ގަވަމަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

މި ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމިޓީން ބުނީ މަޖިލީހުގެ ރައީސާއި އެލްޖީއޭ އާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުދު އާއި މީދޫ ތަމްސީލުކުރައްވާ މެމްބަރުންނާ ވެސް ޕެޓިޝަން ހިއްސާކޮށްފައިވާ ކަމަށެވެ.

މި ޕެޓިޝަން އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ފޮނުއްވައިފަ އެވެ.

"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދެ ރަށަށް ވަކި ރަށު ކައުންސިލްތަކެއް ހޮވަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ވޯޓް ވެސް ލާން ބޭނުން ވަނީ ރަށު ކައުންސިލަކަށް ކަމަށެވެ.

އޭގައި ބުނީ އައްޑު އަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތަސް ފުރިހަމަ ސިޓީއެއްގެ ގޮތުގައި އައްޑޫ ނުހިނގާ ކަމަށާއި ކައުންސިލެއްގެ ކަންކަން ތަރުތީބުވެފައި ހުރި ގޮތަށް ބަލާ އިރު، ހުޅުދު އާއި މީދު އަށް މިދިޔަ ނުވަ އަހަރުގެ ތެރޭގައި ހާސިލުވާން ޖެހޭ ކަންކަން ހާސިލު ވެސް ވެފައި ނުވާ ކަމަށެވެ.

"...[އެހެންވެ] މިކަންކަމަށް ރިއާޔަތްކޮށް ހުޅުދު އާއި މީދޫގެ ރައްޔިތުން މިހާރު އެދެނީ އެކަހެރިކަމާއި ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުދު އާއި މީދު އަށް ރަށުގެ ހައިސިއްޔަތު އަލުން ލިބުމެވެ. އަދި ހަމައެއާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މި ދެ ރަށުގައި ވެސް ރަށު ކައުންސިލެއް އުފެދުމެވެ،" ޕެޓިޝަނުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި ޕެޓިޝަނުގައި މިހާތަނަށް 500 އެއްހާ މީހުން ސޮއިކޮށްފައިވެ އެވެ.

26 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 20%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝީނާޒް މޫސާ

23 January 2020

ނަޝީދު ވިދާޅުވީ ދެން ލާމަރުކަޒީ ޤާނޫނުގެ ދަށުން އެރަށަކުންނޯ އެރަށެއްގެ ޕްރޮޖެކްޓްތަކަށް ބިޑުވެސް ކުރާނީ، ދެން މިހާރު އޮތްގޮތުން ހުޅުދޫ އަދި މީދޫގައި ހިންގާ ކަންކަމަށް ބިޑު ކުރާނީ ސިޓީ ކައުންސިލުން މޭޔަރު ހިތަށް އެރީމަ، ދެން މާލެއިން އެކަން ކުރުމެކޭ ކޮބައިތޯ ތަފާތަކީ؟

The name is already taken The name is available. Register?

ބައްތިބޯ

23 January 2020

ނޮޅިވަރަމްގައި ކައުންސިލެއް، ނޮޅިވަރަން ފަރުގައި ކައުންސިލެއް، ހަނިމާދޫގައި ކައުންސިލެއް، ދެން ކިހިނެއް ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވީ؟ ހުޅުދޫ އަދި މީދޫ އޮތީ ހިތަދޫއާއި މާދުރުގައި، އެކަމަކު އެއީ ސިޓީގެ އަވަށެކޯ؟ އެކަމަކު އެތަން ތަމްސީލް ކުރަނީ އެންމެ ކައުންސިލަރެއް އެހެންވީމަ ކޮބައިތޯ ރަށު ކަތީމާއި މިހާރު ހުރި ކައުންސިލަރުގެ ތަފާތަކީ؟

The name is already taken The name is available. Register?

ބައްތި

23 January 2020

ލާމަރުކަޒީ ޤާނޫނު އައުމާ އެކުގައި ނަޝީދު ވެއްޖެ އައްޑޫ ސިޓީއަކަށް ބަދަލުކުރަން، އެއިރު އެމީހުން ހީވީ ސިޓީއަކަށް ބަދަލުވީމަ ދެން ހުރިހައި ކަމެއް ފުރިހަމަވީކަމަށް، 9 އަހަރު ހިންގާލީމާ މިއެނގުނީ ސިޓީކަށްވިޔަސް ފައިދާއެއް ނެއްކަން، ސޯބެ ހިތަށް އެރިއްޔާ ޖަލްސާ ބާއްވަނީ، އަދި ހުރިހައި ކަމެއް ނިންމަނީ ސޯބެ ބުނާގޮތަށް ވޯޓް ނަގައިގެން އެއީ ލާމަޒުކަޒީ ޤާނޫނު އޮންނަ ގޮތެއްނޫން

The name is already taken The name is available. Register?

ބައްތި

23 January 2020

އަފިރިންގެ ކައުންސިލް އަފިރިންނަށް

The name is already taken The name is available. Register?

ސިދުމީނާ މޫސާ

23 January 2020

ހުޅުދޫގެ ކައުންސިލަރު 30 މިނިސްޓް ހޭދަކޮށްފައި ކަނޑު ހުރަސްކޮށް މިދާންޖެހެނީ ހިތަދޫގައި އޮންނަ ބައްދަލުވުމަށް، ހުޅުދޫގެ ކަންކަން ހުޅުދޫން މީދޫގެ ކަންކަން މީދޫން ނިމެންޖެހޭ، އިބޫގެ ސަރުކާރުން މިކަން ނުކޮށްފިނަމަ މިފަހަރު އެމްޑީޕީއަކަށް ހުޅުމީދޫގެ ކައުންސިލްގެ ގޮނޑިވެސް ނުލިބޭނެ، އެހެންކަމުން ކޮންމެ ރަށަކަށް 5 ކައުންސިލަރުން ހަމަޖައްސަވައި އެދެރަށައް ވަކި ދެކައުންސިލް އުފެއްދުމަށް ގޮވާލަން

The name is already taken The name is available. Register?

މަރަދޫ

23 January 2020

އަފިންނައް އެނގިފެއި ވެނީ ހުޅުދޫ އަކީ ފަޅަރަށައް ކަމަށް

The name is already taken The name is available. Register?

މުއިއްޒު

23 January 2020

ހުޅުމީދޫ މީހުން ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެމްޑީޕީ މީހުނަށް ކަރުދާހުގައި ފަންސުރުން ނޫނީ ބްރިޖް އަޅާކަށް ނޭގޭނެ. ބްރިޖް އަޅާން ބޭނުން ނަމަ އަދިވެސް ގެންނާންވީ ޕީޕީއެމްގެ ވެރިކަމެއް.

The name is already taken The name is available. Register?

ހަބޭސް2050

23 January 2020

ހުޅުމީދޫ ސިޓީއަށް އަދި މިގައުމުގައި ވަކި ވަކި ސިޓީތަކެގެ ގޮތުގައި ހަދަންޖެހޭ ބައެއް ރަށްތަކަކީ:- 1 މ. ރަތްމަންދޫ، 2. ވ. ރަކީދޫ، 3. ވ. ތިނަދޫ، 3. ކ. ގުޅި، 4. އދ. ކުނބުރުދޫ، އދ. ދިއްދޫ، މިއީ މިހާރު މިގައުމުގައި އެންމެ ފުދިގެން ހިތްހަމަޖެހިގެން ގިނަމީހުން އުޅޭ ތަންތަން އެހެންވީމާ އެޖެންޑާ 19ގެ ދަށުން އަދި ޖަޒީރާ ވަންތަކަމުން، މިސަރުކާރުގެ މޮޅު އިގުތިސާދީ ވަރުގަދަ ސިޔާސަތުގެ ދަށުންނ މިހާރުންމިހާރަށް ސިޓީގެ ދަރަޖައިގެ ބޯޑު އަޅުވަޖެހޭ މިރަށްރަށުގައި

The name is already taken The name is available. Register?

ހަބޭސް2050

23 January 2020

މިކަންކަން މިހިސާބައްދިޔައީ ރާއްޖޭގެ އާޖުފާޖުނޭންގޭ މީހަކަށް ރައީސް މައުމޫން އެޓޯލް މިނިސްޓަރުކަން ދިންހިސާބުން އަދި އެމީހަކު އެމްޑީޕީން މީހުން ކިޔާ ބާޣީ ސަރުކާރުގެ ނާއިބު ރައީސްކަންވެސްކުރި އެޓޯލް މިނިސްޓަރުކަން ލިބުމާއެކު ރަށްރަށަގޮސްބުނީ މާލޭގެ މަގުތަށް ސާފުކުރަނީ ލާރިދީގެންނޭ ކަލޭމެންވެސް ކަންކުރަންޖެހޭނީ އެގޮތަށޭ މާލޭގައި ގިނަމީހުން ގޮތެއް ފޮތެއް ނެތިޔޭ އުޅެނީ ކަލޭމެންވެސް އުޅެންވާނީ އެގޮތަށޭ މިކަމަށް ބާރުދީ އަތްޖަންތިބީ އެމްޑީޕީ މީހުން

The name is already taken The name is available. Register?

ކޮސްގޮވާ

23 January 2020

އެއްގޮތަކައްވެސް ތިފަދަ ގޮތަށް އައްޑޫސިޓީން ހުޅުމީދޫ ވަކިވިޔަ ދީގެން ނުވާނެ. އެއީ ރަށްވަކިން އޮތްކަމިގައިވިޔަސް 15މިނިޓް ފެރީން ދެވޭ ރަށްރަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454