ޚަބަރު / އަބްދުﷲ ޝާހިދު (ކުރީގެ ފޮރިން މިނިސްޓަރު)

ވޫހާންގައި ތިބި ދިވެހިން ގެންނާނީ ކަރަންޓީނަށް ފަހު

ކޮރޯނާ ވައިރަސް ފެތުރޭތީ ރާއްޖެއިން އަލަށް އެޅި ފިޔަވަޅުތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެމީހުން ރާއްޖެ ގެންނާނީ އެހެން ގައުމެއްގައި ކަރަންޓީނުކޮށް، ރައްކާތެރިކަމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވޫހާން އިން ކޮރޯނާ ވައިރަސްގެ އާ ވައްތަރެއް ފެނި، އެ ވައިރަސް ފެތުރެމުން ދާތީ އަޅަމުން އަންނަ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވޫހާންގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން އެދިފައި ވަނީ ހަތް މީހުން ކަމަށާއި އެމީހުން ގެނައުމުގެ މަސައްކަތް ކުރަނީ އެހެން ގައުމެއްގެ އެހީގައި ކަމަށާއި އެމީހުން ފުރަތަމަ ގެންދާނީ އެ ގައުމަށް ކަމަށެވެ. އެކަމަކު އެމީހުން ގެންދާނީ ކޮން ގައުމަކަށް ކަން ޝާހިދު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ ވޫހާންގައި ތިބި ދިވެހިން ގެންނަން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި ލަހެއް ނުވެ އެމީހުން ގެނެވޭނެ ކަމަށެވެ.

"އެ ގެންނަ މީހުން ގެންނަނީ ސީދާ ރާއްޖެއަށް ކަމުގައި ނުވާތީ އެ ގެންދެވޭ ގައުމެއްގެ ޕަބްލިކް ހެލްތު އުސޫލުތަކުގެ މަތިން، އެ ކުރަން ޖެހޭ ކަރަންޓީނެއް ގެ މުއްދަތު ނިންމާފައި ނޫނީ ރާއްޖެ ގެނެވޭކަށް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ވޫހާންގެ އިތުރުން ޗައިނާގެ އެހެން ސަރަހައްދުތަކުގައި ތިބި ދިވެހިން ރާއްޖެ އައުމަށް ޓަކައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމެއް ކުރިން ވަނީ ހަމަ ޖައްސައިފަ އެވެ. އެގޮތުން މޯލްޑިވިއަން ދަތުރުކުރާ ޗައިނާގެ ފަސް މަންޒިލުން ވެސް މީހުންނަށް ހިލޭ އާދެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސި އެވެ. ޝާހިދު ވިދާޅުވީ އެ އިންތިޒާމްގެ ބޭނުންކޮށްގެން ރާއްޖެ އަންނަ ރަޖިސްޓްރީ ކުރީ އެންމެ ދެފަރާތަކުން ކަަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ ރާއްޖެއިން އަލަށް އެޅި ފިޔަވަޅުތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސް އަށް ފަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން ޗައިނާގެ ގިނަ ސިޓީތަކެއް ކަރަންޓީނުކުރަން ފެށި އިރު އެ ގައުމުގައި އުޅޭ ކަމަށް، ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް އަންގާފައި ވަނީ 69 މީހެކެވެ.

ވޫހާންގައި ތިބި ދިވެހިންގެ ހާލަތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ އެ ރަށް މުޅިން ބަންދުުކޮށްފައި އޮތުމުން އެރަށުގެ ހާލަތު ދަށް ކަމަށާއި ކާބޯތަކެތި ލިބުން ދަތިވެފައިވާ ކަމަށާއި އެހެންވެ އެ މީހުންނަށް ފައިސާގެ އިތުރު އެހީއެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާއާ ހަމައަށް އެ މައުލޫމާތު ދިއުމުން ރައީސުލް ޖުމްހޫރިއްޔާ ވަނީ ކޮންމެ މީހަކަށް ފަންސާސް ޑޮލަރު، ދުވާލަކަށް، ކާބޯތަކެތި ހޯދުމަށް އިތުރަށް ހަރަދުތައް ބޮޑުވެގެން ދިޔައިމާ، އެ ހަމަޖައްސަވައިދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން އިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮރޯނާވައިރަސް ޗައިނާގެ އިތުރުން 17 ގައުމަކުން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާ ވެސް ހިމެނެ އެވެ. މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުންގެ ގައިން މި ވައިރަސް ފެނިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 170 އަށް ވުރެ އިތުރުވެފަ އެވެ.

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 27%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމްސޫދާ

31 January 2020

ފޮރިން މިނިސްޓަރ ބިރުން ތޯ ބޭރަށް ކުރަށްވާ ދަތުރު ތައް ހުއްޓާލީ

The name is already taken The name is available. Register?

ބުއްދި

31 January 2020

ޢެމީހުން ރާއްޖެ ގެނެސްފިނަމަ މިގައުމުގެ ހާލަތު ދަށަށްދާނެ މިއުޅެނީ އާދައިގެ ރޯގާއަށްވެސް ފަރުވާ ނުކުރެވިގެން މިކަމާ ވިސްނާ އެމީހުން އެތާ ބޭތިއްބުން ބުއްދިވެރީ

The name is already taken The name is available. Register?

ޖަނާ

30 January 2020

ވުހާން ލޮކްޑައުން ކޮއްފަވުމާ ގުޅިގެން އެތާތިބި މީހުން އެތަނުން ނެރެވެނީ ހާއްސަ އިޖުރާތްތަކަކަށްފަހު ކަމައްވާތީ އަވައްޓެރި ގައުމަކާ ގުޅިގެން މަސައްކަތް ކުރަނީ. އެބުނާ އަވައްޓެރިގައުމުގެ މީހުން ވުހާނުން އަނބުރާ ގައުމަށް ގެންދާއިރު ދިވެހިންވެސް ހަމަ އެގައުމަށް ގެންގޮސް ކަރަންޓީނު މުއްދަތަށްފަހު މާލެ ގެންނަނީ. ކޮމެންޓް ކޮއްފަ ތިބި ކުދިންގެ މައުލޫމާތައްޓަކާ ބުނެލީ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

30 January 2020

ބަލަ ވަޒީރޫ! އެވެރިން ރާއްޖެ ގެނައުމަށް ތަމެން ހާދަ ވަރަކަށޭ ފޫގަލައިފައި ތިޔަ ތިބީ ދޮތަ! އެންމެ 6 ކަ ދިވެހިންނަށްޓަކައި މި ނާޒުކު ދަނޑިވަލުގައި ތިޔަފަދަ ކަމެއް ކޮންމެހެން ކުރަން އުލުމުގެ ބޭނުމަކީ ކޮބައިތޯ! ޤައުމުގައި ދިރި އުލޭ ބަންގާލީން އުލޭ ތަނެއްގައި ތިޔަފަދަ ބައެއް ބައެއްގެ ސަބަބުން އަށަގަނެފިނަމަ ދެންވާނެގޮތް ތަމެންގެ ހިތައް އިޙުސާސް ނުކުރެވޭތީ ތިކަމެއް ކުރަން ތިޔަ އުލެނީ. ދެލޯފުލާ އަދި މައިތިރި ވެގެން ތިބުން ބުއްދިވެރި.

The name is already taken The name is available. Register?

އަލިބޭ

30 January 2020

ކަރަންޓީނު ފަހުން ގެންނަ އިރު އެބަލި ނާރާކަން ކިހިނެއް ޔަގީން ކުރާނީ. އެންމެ ރަގަޅުގޮތަކީ އެ ބޭފުޅުން ރާއްޖެ ގެނެސް ދެން ކަރަންޓީން ކުރުން. އެހެން ނޫނީ ދެފަހަރަށް އެ ބޭފުޅުން ކަރަންޓީން ކުރަން ދެއްތޯ އެ ޖެހެނީ.

The name is already taken The name is available. Register?

ޛޖހދ

30 January 2020

ކަރަންޓީނު އެކްސްޕާޓް

The name is already taken The name is available. Register?

ނިރު

30 January 2020

ދިވެހިން ވީމަ ކަރެންޓީން ކުރަނީ އެކަމަކު އެހެން ފަތުރުވެރިން ސީދާ އެއރޕޯޓުން ރިސޯޓަށް މިއީ މިސަރުކާރުގެ ފެންވަރު ހުރިވަރު

The name is already taken The name is available. Register?

ސްކިޕަރ23

30 January 2020

ލޮލް.. ކޮން ގައުމަކުން ތިކަމަށް އެއްބަސްވީ؟ ބުނެވޭގޮތުގައި އެމީހުން ކަރަންޓީނު ކުރަނީވެސް ވޫހާންގައި. ބޯހަލާކު

The name is already taken The name is available. Register?

އަލިބޭ

30 January 2020

ދިވެހިން ކަރަންޓީންކޮށް އެމީހުންނަށް ޗައިނާ މީހުން އަޅާލާނެ ކަމަށް ދެކުމަކީ ކުށެއް. އެންމެ ރަގަޅުވާނީ އެބޭފުޅުން މާލެ ގެނެސް ރައްކާތެރިކަން ދިނުން އެހެން ނޫންނަމަ އެވެދާނެ ވަރަށް ހިތްދަތި ކަމަކަށްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454