ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ، އެކަމަކު އޭނާ ޕޮޒިޓިވެއް ނޫން

ރާއްޖޭގައި ކޮވިޑް-19، 80 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެ ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.


ރައީސް އޮފީހުން ރޭ ނެރުނު ދެންނެވުމެއްގައި ބުނީ ގައުމަށް ކުރިމަތިވެފަިއވާ މި ބޮޑު ކާރިސާ އިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އަދި އެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަންނަވަން އެ މަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައި ވެ އެވެ.

"ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާތީ، ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުންގެ ދެންނެވުމުގައި ވެ އެވެ.

"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،"

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އާއި ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތެވެ.

"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައި ބުންޏެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ މިހާރުގެ އަދަދަކީ 86 އެވެ. އޭގެ ތެރެއިން 66 މީހުން ފެނުނީ މާލެ އިންނެވެ. އެންމެ ފަހުން އެ ބަލި ފެނުނީ ދެ ދިވެއްސެއްގެ ގައިންނެވެ. އެޗްޕީއޭ އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ އެއީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދެ ދިވެހިން ކަމަށެވެ.

ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މި އަހަރުގެ ވަރަށް ކުރީކޮޅު ރާއްޖޭގައި ވަނީ އެ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެޅުމަށްޓަކައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނަމުގައި ވަކި ތަނެއް އުފައްދައިފަ އެވެ. މި ސެންޓަރުގެ ދަށުން 40 އަށް ވުރެ ގިނަ އޮފީސްތަކުގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.