މިދިޔަ އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ: ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށް މިނިސްޓަރު ފޮނުއްވި. -- މިހާރު ފައިލް ފޮޓޯ
މި ދުވަސްވަރު ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއި ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން ކުރަމުން އަންނަ މަސައްކަތަކީ ގައުމީ ޚިދުމަތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ޚިތާބުގައި ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތުގައި، ނޫސްވެރިންގެ ދައުރަކީ ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ އެއްބައި ކަމަށެވެ. އަދި އެ މަސައްކަތަށް ނޫސްވެރިންނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިނިވަން ޑިމޮކްރެޓިކް މާހައުލެއް ގާއިމްކުރަން މިނިވަން ނޫސްވެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަން ދެއްވާ އެއް ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ. މިކަން ކަށަވަރުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެކަމުގެ ހެއްކަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް އިން 19 ދަރަޖައިގެ ކުރިއެރުމެއް މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު ކަމެވެ. ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި 41 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެ ހޯދާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ނޫސްވެރިކަމާ ގުޅޭ ސިޔާސަތުތައް ހެދުމުުގައި ނޫސްވެރިންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއަހާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މި މަގްސަދުގަައި މިދިޔަ އަހަރު އެޑިޓަރުންގެ ސައްލާއެއް ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ކަމަށާއި އެ ސައްލާގެ ރިޕޯޓު މިއަދު ޝާއިރުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ނޫސްވެރިކަމަކީ ދިވެހި ޑިމޮކްރަސީގެ އެންމެ މުހިއްމު އެއްބައި ކަމަށްވާ ހިނދު ސަރުކާރުގެ އަމާޒަކީ ދިވެހި ނޫސްވެރިކަން ތަރައްގީކުރުން. ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ނޫސްވެރިންގެ އަޑު ގާތުން އަހަގައިގެން ނޫސްވެރިންގެ ވިސްނުމާ އެއްގޮތަށް އަޅާ ފިޔަވަޅެއް ކަމަށް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޔުނެސްކޯ އިން މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރާއި އެއްގޮތަށް "ޖެހިލުންވުމެއް، ވަކިއަތަޖަށް ޖެހުމެއްނެތި ނޫސްވެރިކަން" ކުރާ ބަޔަކަށް ރާއްޖޭގެ ނޫސްވެރިން ވުމަކީ މިނިސްޓަރުގެ އުއްމީދެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހަމަތެދުމިބަސް
04 May 2020
މި ހަބަރު ކިޔާފަ ހަމަ އައީ ހިނި. ކުރާނެ ކަމެއް ނެއް. ކޮންމެ ދިވެއްސަކަށްވެސް ދޭންވީ މިނިސްޓަރުކަން. އެހެން ކަންކަން ކުރަން ބައިތިއްބަންވީ ބަންގާޅިން.
ބުރާހިނެބެ
03 May 2020
ކަޓުވާހަކަތައްނުދައްކަބަލަ. އެންމެންވެސް ކުރަނީ ގައުމީ މަސައްކަތް. އެއްވެސް މީހަކު ކުރާމަސައްކަތް ހުއްޓާލައިފިތަ އެކަމުގެ އުނދަގުލާއި ގެއްލުން މުޅިގައުމުން ތަހައްމަލު ކުރާނެ. މިދުވަސް ކޮޅަކީ ބައްޔެއްފެތުރޭ ދުވަސްވަރެއްވީމަ ސިއްހީހިދުމަތްދޭފަރާތްތަޢް އަދި ވާނުވާ އަނގަން ތިބިމިހުން ކުރާމަސައްކަތުގެ ބުރަކަން ސޮޕޮޓުލައިޓުކުރެވެނީ. ކޮވިޑުތެރޭ ކުނިމެނޭޖު ކުރާމީހާ ޑެލިވަރީ އިން ފެށިގެން ރައީސާހަމަޔަށް އެންމެންވެސް އެތިބީ ތަފާތެއްނެތި ގައުމީހިދުމަތުގައި