16 މެއި 2020 - 17:26
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވެފައިވާއިރު އެ މީހުންނަށް އެ ބަލި ޖެހުނު ގޮތެއް ނޭނގޭތީ ކަންބޮޑުވާ ކަމަށް، އެ ސެންޓަރު ހިންގާ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.
ރިހެބުން ތިން މީހަކު ޕޮޒިޓިވްވިކަން އެނގުނީ މީގެ ހަތަރު ދުވަސް ކުރިން އެތަނުން ނެގި 10 ރެންޑަމް ސާމްޕަލްގެ ނަތީޖާ އިއްޔެ ލިބުމުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެ ތަނުން ފަރުވާ ހޯދަމުން އަންނަ ދެ ފިރިހެނަކާއި އަންހެނެކެވެ.
UPDATE: Rehab in 3 meehaku covid-19 ah positive vejje
The most trusted news source in the Maldives
Mihaaru
ރިހެބުން ތިން މީހަކު ޕޮޒިޓިވްވުން
އެންޑީއޭގެ ލީގަލް އޮފިސާ، އަހުމަދު ހިލްމީ، "މިހާރު" އަށް މިއަދު ވިދާޅުވީ ކޮވިޑް-19 އެ ސެންޓަރުގައި ފެތުރުނަ ނުދޭން ކުރިއާލައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މާލެ ލޮކްޑައުން ކުރުމުގެ އެއް ދުވަސް ކުރިން މިދިޔަ މަހުގެ 13 އިން ފެށިގެން، އެ ސެންޓަރުން ފަރުވާ ހޯދާ މީހުން ތަނުން ބޭރަށް ގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދުވަހުން ފެށިގެން ބޭރުން ވެސް އެ ސެންޓަރަށް މީހަކު ގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިހެބުގައި މަސައްކަތްކުރާ ހިންމަފުށީ މުވައްޒަފުންނާ ވެސް މިތަނުން ފަރުވާ ހޯދާ އެއްވެސް މީހަކާ އޭގެ ފަހުން ބައްދަލުވެފައެއް ނުވާނެ. އެހާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅާފައިވާނީ،" ހިލްމީ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ސެންޓަރަށް ބޭރުން ގެންދާ ހުރިހާ އެއްޗެއް ވައްދަމުން އައީ ވެސް ޑިސްއިންފެކްޓް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކާ އެއްޗެހި ގެންނައިރު ވެސް ވަކި އެއްޗެއްގައި އެތަކެތި މި އެތެރެއަށް ވައްދަނީ. ކާ އެއްޗެހި އަޅާފައި ހުންނަ ތަކެތި ވެސް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ފަހު ތަކެތި ވައްދަނީ،" ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ އެތަނުގެ ތެރޭގައި މުވައްޒަފުންނާއި ފަރުވާ ހޯދާ މީހުން އުޅޭއިރު ހަ ފޫޓް ދުރުމިނެއް ބަހައްޓައިގެން އުޅެން އަންގާފައިވާ ކަމަށެވެ. އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް އެތަނުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމުން ވަރަށް ބޮޑު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ނޭނގެ ކިހިނެއް ކަމެއް މި ބަލި މިއައީ މިތަނަށް. އެއްވެސް މީހަކު ބަލިވެއެއް ވެސް ނޫޅޭ. ހަމަ ރެންޑަމްކޮށް ނެގި ސާމްޕަލްތަކަކުން ޕޮޒިޓިވްމިވީ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި އައިގޮތެއް ނޭންގޭތީ. އެގޮތް އެނގޭނަމަތާ އެކަމަށް ފިޔަވަޅެއް ވެސް އެޅޭނީ،" ހިލްމީ ވިދާޅުވި އެވެ.
އެ ސެންޓަރުގައި 129 މީހުން މިހާރު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި އެތަނުގައި އުޅޭ މީހުން ތިބެނީ ތަނުގެ ތެރެއަށް ދޫކޮށްލައިފައި ކަމަށްވާތީ ގިނަ ބަޔަކާ ބައްދަލުވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެންވެ ޕޮޒިޓިވްވި މީހުންގެ ފަރާތުން އެހެން މީހުންނަށް އެބަލި ފެތުރިފައިވުމުގެ ބިރު ވަނީ ހީވެފަ އެވެ.
ހިލްމީ ވިދާޅުވީ ޕޮޒިޓިވްވި ތިން މީހުން ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ އެ މީހުން އައިސޮލޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަރަންޓީން ކުރެވޭނެ އިންތިޒާމާއި އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ވެސް ތަނުގައި އަޅުގަނޑުމެން ވާނީ ހަމަޖައްސައިފައި. ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބޭނެ. ޕޮޒިޓިވްވި މީހެއް ވެސް އަދި އެހެން މީހެއް ވެސް ބަލިވެ ނޫޅޭ،" ހިލްމީ ވިދާޅުވި އެވެ.
ހިންމަފުށީފައި ހުންނަ ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން އެ ރަށް އެޗްޕީއޭ އިން ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަަންޖީ ހާޖީ
17 May 2020
ވައިޓު ހައުސަށްވެސް މިހާރު އެއުޅެނީ ކޮވިޑު ވަދެގެން.... ތިތަނަށްް ވަނުން މަނާކޮށްފާތަ އޮތީ؟
ލޮލްޒް
17 May 2020
މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވިފައި ނެތީމަ އަވަހަށް ބޯ ދަމައިގަންނަން ވެގެން ދެއްތޯ އެއްވެސް މީހަކު ނުވަދެއޭ ކިޔާ ތި ތަނުގެ ވެރިން ނޫސްތަކަށް ބަޔާންދިނީ. އެކަމަކު ކޮންޓެކްޓް ޓްރޭސިން ހަދާލީމަ ކޮންމެ މީހަކުވެސް ހަދާ ދޮގު އެބަ ފަޅާއަރާ. މި ވަގުތު އެންމެ ރަނގަޅުވާނީ އެހެން މީހުންގެ ރައްކަލަކަށްވެސް ތިޔަފަދަ ދޮގު ނެހެދުން.،
ފޫހި
17 May 2020
ދުނިޔެއަށް ކޮވިޑުއައިގޮތް އިނގޭތަ
އިބުރާ
16 May 2020
ހިންމަފުޝީގަ ހުރި ކްލައިންޓެއްގެ މަންމަ ނިޔާވެގެން މާލެ ގެނައި އެމީހާ ދާދި ފަހުން...މީ ވެސް ވެދާނެ ގޮތެއް..
ކެންޓޭ
16 May 2020
ނަ މެއްގަ ކަންކުރިޔަސް ނުވާނެ ތިކަ މެއް ހަ މަ ވާނުވާ ނޭނގޭތީ ވާގޮތްތީ ، ލޮކްޑައުން ދިގުދަން މަން ވެގެން
ސީޒަން ޖެކްޝަން
16 May 2020
ކޮވިޑުވެސް ރިހިބިލިޓޭޓުވާން ވަނީކަމަށް ވާނީ. ވަރަށް ސިއްރުސިއްރުން އުޅޭއެއްޗެއް އެއީ.
ވޭނީ
16 May 2020
ހީލަތްތެރި ސަރުކާރުގަ ދިމާވާ ކަމެއް ސާފުކޮށް އެގޭތަ؟ މިބައްޔަށް ބޭރު ޤައުމުތަކުން ލިބެމުންދާ އެހީތަކަށް ވާގޮތެއް އެގޭތަ؟ ނޫސްތަކުގަ އެކަހަލަ ހަބަރެއް ލިޔެފަވޭތަ؟ މިނިވަންކަމުން ގޮސް ލިޔާނެ އެއްޗެއް ނޭގިފަ ނޫސްވެރިން އެތިބެނީ
ދޮންވެލި
16 May 2020
ސިނގިރޭޓް އާއި ރެޑް ބުލް ގަންނަން އުޅެ އެވެ.
ައަަހައްމާ
16 May 2020
ރިހެބަށް ކޮވިޑް ވަންގޮތެއް ނޭގެ، މަނަދޫ އަށް ކޮވިޑް ދިޔަގޮތެއް ނޭގެ، ރާއްޖެ އަށް ކޮވިޑް އައި ގޮތެއް ނޭގެ. ކްރައިސިސް މެނޭޖް ކުރަން ނޭގެ. އެއްވެސް ކަމެއް ނޭގޭ ހާލުގައި މަގާމުތަކުން އިސްތިއުފާ ދޭންވެސް ނޭގެ.
އިއްބެ
16 May 2020
މީ ސަޅި ކޮމެންޓެއް! ހައްތަހާވެސް ޖަވާބު ބޭނުންވާ ސުވާލު!
ފަހުދު
16 May 2020
ތިތަނައް މަސްތުވާތަކެތި ވަންނަގޮތް އެނގުނީމަ އެނގޭނެ ބަލިވަތްގޮތްވެސް.