މިލަންދޫ ދާއިރާގެ މެމްބަރު ރިޒާ: އޭނާ ވަނީ ނަރުދޫގެ ހުރިިހާ ގެއެއްގެ ކަރަންޓު ބިލް ދައްކަވައިދެއްވާފައި. --ފައިލް ފޮޓޯ
30 މެއި 2020 - 13:17
ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ނަރުދޫގެ ހުރިހާ ގެއެއްގެ މިދިޔަ މަހުގެ ކަރަންޓު ބިލް، ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވައި ދެއްވައިފި އެވެ.
މާލެ އަށް ނަރުދޫން ދަތުރު ކުރާ ހަމައެކަނި އުޅަނދު، "އަމާޒު ބޯޓު"ގެ ކެޕްޓަން ޕޮޒިޓިވް ވުމާ އެކު، މިދިޔަ މަހު 28 އިން ފެށިގެން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ރަށު ތެރެއަށް އާއްމުކޮށް މީހުންނަށް ނުނިކުމެވޭ އިރު އެ ރަށަށް އަރައި ފޭބުން ވެސް މި ވަގުތު މަނަލެވެ. އެހެންވެ، ރަށުގެ ގިނަ މީހުންގެ އަތްމަތި ދަތިވެފައިވާ މި ދުވަސްވަރު، ރިޒާ ވަނީ އެހީވެ ވަޑައިގެން ނަމޫނާ ދައްކަވައިފަ އެވެ.
ނަރުދޫ ފެނަކަ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ހުރިހާ ގެއެއްގެ މިދިޔަ މަހުގެ ކަރަންޓު ބިލަށް 37،000 އަށް ވުުރެ ގިނަ ރުފިޔާ އެރި އެވެ. އަދި އެހީއެއްގެ ގޮތުގައި މެމްބަރު ރިޒާ އެ ފައިސާ ދައްކަވައިދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތުމުން ގިނަ މީހުންގެ އަތްމަތި ދަތިވެ، ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ށ. އަތޮޅުގެ ގިނަ ރަށްރަށުން ވަނީ އެ ރަށަށް ދީލަތި އެހީތަކެއް ފޯރުކޮށްދީފަ އެވެ. އެގޮތުން މިދިޔަ ރޯދަ މަހު ވަނީ ކާނާގެ ގިނަ ތަކެތި ނަރުދޫ ރައްޔިތުންނަށް ފޮނުވައިދީފަ އެވެ. އޭގެ ތެރޭގައި ކަނޑުމަހާއި ކާޑުގެ ބާވަތްތަކާއި މޭވާ އާއި ފެން ހިމެނެ އެވެ.
މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ނަރުދޫންނެވެ. އެންމެ ފުރަތަމަ އެ ބައްޔަށް އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލޭން ފުރި އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެ އަށް ފަހު އޭނާގެ އާއިލާގެ އިތުރު ހަތް މީހުންނާއި އިތުރު ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ކުއްޖާ
31 May 2020
މަގޭ ބޯހަލާކު ހުވާ މިބުނީ ކޮބާތަ އައްޑޫ އިން ހޮވާފަ ތިބި މެންބަރުން
ާއަލީ!
31 May 2020
މީހަކު ހެޔޮހިތުން ކަމެއްކޮށްދިނަސް އެމީހަކާ ދިމާކޮށްލާވަރު ކޮމެންޓްޔަކުންފެނޭ. މިފެންނަނީ ދިވެހިންގެ ނާތަހުޒީބުކަން.
ރަދީފް ހުސެން
31 May 2020
ތީ ގެ 50 ގުނަ ސަރުކާރުތެރޭން ލިބޭ އެކަން ޔަގީން،
ތިލަފަޅު މޫސަ
30 May 2020
ޖޭޕީ ލީޑަރު ގާސިމު ސޭޓު ކޮބާ ؟
ކަންނާޑި
30 May 2020
ޑިމޮކްރަސީ ގައި ދިނަސް ނު ދިނަސް ބަވަން ބޭނުން ނަމަ ބެވޭނެ ފާޑުކިޔާ ބަޔަކު ފާޑުކިޔޭނެ ! ދުލާއި ގަލަމުގެ މިނިވަންކަން ގާނޫނުއަސާސީން ރައްޔިތުންނަށް ވަނީ ކަށަވަރުވެފަ!
އިބޫ
30 May 2020
މިއީ ގޯހެއް... މަޖްލިސް މެމްބަރުންނަކީ ވެލްފެއަރ އޮފިސަރުންނެއް ނުން... މިފަދަ ހާލަތް ތަކުން ރައްޔިތުން އަރައިގަންނާނެ ޕޮލިސީ ހަދާފަ، ކުންފުނި ތަކާއި ސަރުކަރު ޒިންމާ ދަރު ކުރުވން އެމްޕީންގެ ކަމަކށް ވަން ޖެހޭނީ
ހުސެން
30 May 2020
ޕަރސަނަލީވެސް ރިޒާ ދަންނަމެވެ. ރިޒާއަކީ އަބަދުވެސް މީހުނަށް އެހީތެރިވާ މީހެކެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިހެން ކަރަންޓު ބިލުތައް ދައްކައިދިނުމަކީ ބޭނުންކަމެއްނޫނެވެ. މިފަދަ ކަންކަން މިހެން ކުރުމުން ރައްޔިތުން ކަންނަތްވުން ނޫންކަމެއް ނުވާނެއެވެ. އަބަދުވެސް ސަލާންޖަހާ ޑިޕެންޑްވުމަށް ރައްޔިތުން އާދަވުން ނޫންކަމެއްނުވާނެއެވެ. މިފަދަ ކިތަންމެ ބަލިތަކެއް ކުރިމަގުގައި ފެތުރޭނެކަމަށް ފެނެއެވެ ވީމާ ރައްޔިތުން ސަވައިވްވާން ދަސްކުރަންޖެހޭ
ވފޫހި
30 May 2020
އަދި ތިޔަށްވުރެ މުސާރަ ބޮޑުކޮށްލާ އޭރުން ދެރަށުގެ ބިލް ދެއްކިދާނެ. ތިޔަށް ކިޔާއުޅެނީ ރިޝްވަތު
ާއުނިމާ
30 May 2020
ކޮބާތަ ދެން ތިބި މެންބަރުން
2122
30 May 2020
ތިކަމުން އެއްވެސް ފައިދާއެއް ނުލިބުނު. ކަންދެއްކުމަށް ކުރާ ކަމެއްގެ ނަތީޖާ ލިބޭނީ ދުނިޔެމަތީ.
ާއުނިމާ
30 May 2020
ހެޔޮ ބަލަ، ދެއްކިޔަސް ނުދެއްކިޔަސް ރައްޔިތަކަށް ފައިދާވެއްޖެނު