އައްޑޫން ދޫކޮށްފައިވާ ބިންތަކުގެ ކުލި ފަސްކޮށްދޭން ކައުންސިލުން ނިންމައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުލި ފަސްކޮށްދޭން އެދޭ ފަރާތްތަކަށް ހަ މަސް ދުވަހުގެ މުއްދަތަށް ކުލި ފަސްކޮށްދީ، ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގައި ކުރަން ހުރި ކަންކަން ކުރުން ފަސްކޮށްދިނުމަށް އެދި ހުށަހަޅާނީ އަންނަ މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.
މިކަމަށް އެދި ސިޓީއަކުން ހުށަހަޅާނީ ކުލީ ބިމުގެ އެއްބަސްވުމުގެ ކޮޕީއަކާ އެކު ކަމަށާއި އެ އެ އެއްޗެހި މެއިލްކުރަން ޖެހޭނީ [email protected] އަށް ކަމަށް ކައުންސިލުން ބުންޏެވެ.
އައްޑޫގައި ވިޔަފާރީގެ އެކި ބޭނުންތަކަށާއި ސިނާއީ އެކި ކަހަލަ މަސައްކަތްތަކަށް ބިން ކުއްޔަށް ދީފައިވެ އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާއި ޓޫރިޒަމާއި މަސްވެރިކަން ފަދަ ކަންކަމަށް ބިންތައް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ފިހާރަތަކާއި ރެސްޓޯރަންޓް ހިންގުން ފަދަ ކަންކަމަށް ވެސް ކުއްޔަށް ބިންތައް ދޫކޮށްފައިވެ އެވެ.