ރާއްޖޭގެ ރިސޯޓުތަކުގައި ޓޫރިސްޓުންގެ މެދުގައި މިފަހުން އެންމެ މަގުބޫލުވި އެކައްޗަކީ ފްލޯޓިން ބްރެކްފާސްޓެވެ. ދިވެހިން ވެސް މިއަށް ވަރަށް ބޮޑަށް ހިތްކިޔެވެ. އެކަމަކު ތިބެންޖެހުނީ ރިސޯޓަކަށް ގޮސްގެން ނޫނީ ފްލޯޓިން ބްރެކްފާސްޓެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ނުލިބޭނޭ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ށ.ފުނަދޫގެ ޒުވާނުންގެ މަސައްކަތުން އެ ރަށުގެ ރައްޔިތުންނަށް، ރަށުގައި ތިބެގެން ފްލޯޓިން ބްރޭކްފާސްޓެއްގެ އުފާ މިހާރު ވަނީ ހޯދައިދީފަ އެވެ.

ރަށުގެ އިރުމަތީ ފަރާތު ބީޗު، ފުނަދޫ މީހުންގެ ނަމުން ނަމަ "ސަންރައިޒް ބީޗު" ބަދަލުކޮށްލައި، މިހާރު އެއީ އެ ރަށުގައި އޮތް އެންމެ ހިތްފަސޭހަ އެއް މާހައުލެވެ.

ށ.ފުނަދޫގެ ސަންރައިޒް ބީޗު: ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މި ސަރަހައްދު ވަރަށް ހިތްފަސޭހަ ތަނަކަށް ހަދައިދީފަ.-- ފޮޓޯ: ސާމީ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މި ސަރަހައްދު ވަރަށް ހިތްފަސޭހަ ތަނަކަށް ހަދައިދީފަ.-- ފޮޓޯ: ސާމީ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: މި ބީޗު ތައްޔާރުކުރީ ހިތްހަމަޖައްސާލަން އަދި ޕިކްނިކް ދާ މީހުނަށް ބޭނުންކުރެވޭ ގޮތަށް.-- ފޮޓޯ: ސަންޒައިޒް ބީޗު ފުނަދޫ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: މި ބީޗު ތައްޔާރުކުރީ ހިތްހަމަޖައްސާލަން އަދި ޕިކްނިކް ދާ މީހުނަށް ބޭނުންކުރެވޭ ގޮތަށް.-- ފޮޓޯ: ސަންޒައިޒް ބީޗު ފުނަދޫ

ކޮވިޑް-19ގެ ސަބަބުން ރިސޯޓުތައް ބަންދުކުރުމާ އެކު، ރިސޯޓްތަކުގައި މަސައްކަތް ކުރަމުން ދިޔަ ފުނަދޫގެ ބައެއް ޒުވާނުން އެނބުރި ރަށަށް ގޮސް ތިބީ ކުރާނެ އިތުރު މަސައްކަތެއް ނެތިފަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުންނާއި ރަށުގެ އެހެން ބައެއް މީހުން އެއްބަސް ކިޔައި، ފުނަދޫގެ އުތުރު ފަރާތު ބީޗު އެއްކޮށް ސާފުކޮށް، ރަށުގައި ދިރިއުޅޭ މީހުން ހިތްހަމަޖައްސާލަން ދާ ސަރަހައްދަކަށް އެތަން ބަދަލުކޮށްލި އެވެ. އަދި އެ ޒުވާނުންގެ މަގުސަދަކަށްވީ ފުނަދޫއަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ މިންވަރެއް، މުޅިއަށް ރާއްޖެއަށް ވެސް ދައްކާލުމެވެ.

ސަންރައިޒް ބީޗުގެ މަސައްކަތުގައި އިސްކޮށް އުޅުނު ޒުވާނެއް ކަމަށްވާ ހުސެއިން އަރީފް ބުނީ ކުރިން އެ ބީޗަކީ މާ ބޮޑަށް އަޅާނުލެވި، ހަޑިވެފައި އޮތް ސަރަހައްދެއް ކަމަށެވެ. ކުންޏާއި، އޭތި މީތި އެ ތަނުގައި އޮތް ކަމަށް އޭނާ ބުންޏެވެ. އަރީފާއި އޭނާގެ އެކުވެރިން ފުރަތަމަ ކުރި ކަމަކީ އެ ސަރަހައްދު އެއްކޮށް ސާފުކުރުމެވެ. އެއަށް ފަހު ފެށީ އެ ބީޗަށް ހިތްހަމަޖައްސާލަން ދާ ނުވަތަ ޕިކްނިކް ދާ ބަޔަކަށް ކޮންމެހެން ބޭނުންވާނެ ބައެއް ސާމާނު، އެމީހުން އަމިއްލައަށް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ށ.ފުނަދޫގެ ސަންރައިޒް ބީޗު: ރަށުގެ ބަޔަކު ބީޗުގައި ސައި ތައްޔާރުކޮށްފައި.-- ފޮޓޯ: އައިޝަތު ނައުފާ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: ރަށުގެ ބަޔަކު ބީޗުގައި ސައި ތައްޔާރުކޮށްފައި.-- ފޮޓޯ: އައިޝަތު ނައުފާ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: މޫދު ކައިރީގައި އޮނުން ތައްޔާރުކޮށްފައި ހުރި ގޮނޑިއެއްގައި މީހަކު އިށީނދެލައިގެން.-- ފޮޓޯ: ލައިފް އޮފް ރޮންޑޯ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: މޫދު ކައިރީގައި އޮނުން ތައްޔާރުކޮށްފައި ހުރި ގޮނޑިއެއްގައި މީހަކު އިށީނދެލައިގެން.-- ފޮޓޯ: ލައިފް އޮފް ރޮންޑޯ

އެކި ވައްތަރުގެ އުނދޯންޔާއި ޖޯލިފައްޗާއި ބެންޗުތަކާއި ބާބަކިއު ގްރިލްއާ އެކު ދަތުރުދާ ބަޔަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް މި ބީޗުގައި އެބަހުއްޓެވެ. އެއްގަމާއި މޫދުގައި ވެސް އުނދޯލި ހަރުކޮށްފައި އެބަހުއްޓެވެ.

"އަޅުގަނޑުމެން އަމިއްލަށް މިތަނުގައި މި ހުރި ހުރިހާ އެއްޗެއް ވެސް ހެދީ. ބޭނުންކުރީ އޮޔާއެކު މި ރަށަށް އަދި ކައިރި ފަޅު ރަށްރަށަށް ލައްވެފައި ހުރި އޮނާއި ލަކުޑި އާއި އަދި މަރުވެ، ހިކިފައި ހުންނަ ގަސްގަހުގެ ބައިތައް،" މި ގޮތަށް އެއްޗެހި ހަދަން ނިންމީ މާ ބޮޑު ހަރަދަކާއި ނުލައި އަދި ހާއްސަކޮށް ވީހާ ވެސް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެކަން ކުރުމަށް ކަމަށް އަރީފް ބުންޏެވެ.

ށ.ފުނަދޫގެ ސަންރައިޒް ބީޗު: ބީޗުގައި ބަހައްޓާ ބައެއް އެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ ސަމާނު ހޮވައިގެން ގެންދަނީ.-- ފޮޓޯ: ސަންޒައިޒު ބީޗު ފުނަދޫ

އަރީފް ބުނީ މި ބީޗު މިގޮތަށް ބަދަލުކޮށްލުމުން ރަށުގެ ރައްޔިތުން މި ކަހަލަ ތަނަކަށް ބޭނުންވެފައި ތިބި ވަރު ވަރަށް ބޮޑަށް އެނގިއްޖެ ކަމަށެވެ. ކުރީގައި އާންމުކޮށް ޕިކްނިކް ގޮސް ހަދަނީ މެންދުރު ވީމަ މޫދަށް އެރިލަން އެކަނި ކަމަށާއި އެކަމަކު މިހާރު ހެނދުނާއި މެންދުރާއި އަދި ހަވީރު ވެސް މީހުން މަޖާކޮށްލަން މިތަން ގޮސް އުޅޭތަން ފެންނަ ކަމަށެވެ. އަދި ރަށުގެ މީހުންނާއި ކުރިއަށް އޮތް ތަނުގައި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ހިތްހަމަޖައްސާލެވޭނެ ތަނެއް ހަދައިދެވުނީތީ، އެ ޒުވާނުން ތިބީ ވަރަށް އުފަލުންނެވެ.

"ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. މި މަސައްކަތް ކުރިއިރު އަޅުގަނޑުމެންގެ ކެއުމާ އެއްޗެހި އިންތިޒާމުކޮށްދިނީ ރައްޔިތުން. އަދި ރަށު ކައުންސިލުން ވެސް އަޅުގަނޑުމެން ޒުވާނުން މި ކަހަލަ މަސައްކަތެއް ކުރާތީ ވަރަށް ބޮޑު ސަޕޯޓެއް ދޭ. އަދި މިހާރު ވެސް މިތަން އިތުރަށް ފުރިހަމަކުރުމަށް އެކި ފަރާތްތަކުގެ އެހީތައް ލިބެމުން އެބަދޭ،" މި މަސައްކަތް ނިންމާލެވުނީ މި އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް އަރީފް ބުންޏެވެ.

ށ.ފުނަދޫގެ ސަންރައިޒް ބީޗު: ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މި ސަރަހައްދު ވަރަށް ހިތްފަސޭހަ ތަނަކަށް ހަދައިދީފަ.-- ފޮޓޯ: ސާމީ
ށ.ފުނަދޫގެ ސަންރައިޒް ބީޗު: ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މި ސަރަހައްދު ވަރަށް ހިތްފަސޭހަ ތަނަކަށް ހަދައިދީފަ.-- ފޮޓޯ: ސާމީ

އަރީފާއި އޭނާގެ ޓީމުން އެދުނީ ކުރިއަށް އޮތް ތަނުގައި މިތަނަށް ދާ މީހުން މި ސަރަހައްދުގެ ރީތިކަން ހަމަ މި ގޮތުގައި އަބަދު ވެސް ބޭއްވުމަށް މަސައްކަތް ކުރުމެވެ. އަދި ޕުލާސްޓިކާއި ތިމާވެއްޓަށް ގެއްލުންދޭ ކުނިބުނި ނާޅާއި އަބަދު ވެސް ސާފުކޮށް ބޭއްވުމަށެވެ.

ފްލޯޓިން ބްރެކްފާސްޓް ޓްރޭއެއް ވެސް ތައްޔާރުކުރީ ސައި ތައްޔާރުކޮށްގެން މިތަނަށް ދާ ކޮންމެ ބަޔަކަށް ވެސް އެ ބޭނުންކުރެވޭނެ ގޮތަށެވެ.

ށ.ފުނަދޫގެ ސަންރައިޒް ބީޗުގައި ފްލޯޓިން ބްރެކްފާސްޓް.-- ފޮޓޯ: ސަންރައިޒް ބީޗު ފުނަދޫ
ށ.ފުނަދޫގެ ސަންރައިޒް ބީޗުގައި ފްލޯޓިން ބްރެކްފާސްޓް.-- ފޮޓޯ: ސަންރައިޒް ބީޗު ފުނަދޫ

"މި ކަހަލަ އެއްޗެހި ރިސޯޓުތަކުން ފެންނާތީ އެންމެން ވެސް އެބަ ބޭނުންވޭ އެ އެއްޗެހި ޓްރައިކުރަން. އަސްލު ވާހަކަ އަކީ އަޅުގަނޑުމެން މި ގޮތަށް ކުޑަކުޑަ މަސައްކަތެއް ކޮށްފި ނަމަ ހަމަ މި ކަހަލަ އެތައް އެއްޗެއް ހަމަ ރަށުގައި ތިބެގެން ތަޖުރިބާކޮށްލެވިދަނޭ،" އަރީފް ބުންޏެވެ.