ޖުމައްޔިލް ނިމާލް: ދެބެންގެދެދަރި ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ކުރާ ތުހުމަތާ ބެހޭގޮތުން ވާހަކަދައްކާކަށް ބޭނުމެއް ނުވި.
02 ޖުލައި 2020 - 19:58
ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް އެކްޓަރު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ނަމަވެސް ޕީޖީ އޮފީހުން އޭރު ނިންމާފައި އޮތީ ހެކި ނެތުމުން ދައުވާ ނުކުރަން ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
އުމުރުން 17 އަހަރުގައި އޭނާގެ ދެބެންގެދެދަރި ބޭބެ ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އަންހެނަކު މިއަދު ވަނީ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީ އޭނާގެ އުދާސްތައް ބޭރުކޮށްލައިފަ އެވެ. މީގެ ތިން އަހަރާ ބައި ކުރިން ޑިސެމްބަރު 2016 ގައި ލިބުނު އެ އަނިޔާ އަށް އިންސާފު ނުލިބުނީ، ވިކްޓިމް ބުނިގޮތުގައި، ޕީޖީ އޮފީހަށް މައްސަލަ ދިޔަ ހިސާބުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އެ ކަންތައް އޮއްބާލީމަ އެވެ.
އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކޯޓަށް ފޮނުވާ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފައި އޮތް ނިންމުމުގެ ތަފްސީލް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން އޭރު ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ވިކްޓިމް] ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ނެތީމަ ދައުވާކުރެވެން ނެތް ކަމަށް ނިންމާފައި އޮތީ. ދެން އޭގެ ތަފްސީލް ހުންނާނީ ކޭސް ލޮގްގައި. އެ އެއްޗެހި ފިޒިކަލީ ބަލަން ޖެހޭނީ. އެ އެއްޗެހި ބަލަމުން މިހާރު މި ދަނީ. އެއިން އެނގޭނެ އިތުރު މައުލޫމާތު، ކޮން ހެއްކެއްތޯ ހުރީ، ކޯއްޗެއްތޯ ނެތީ، ކިހިނެއްތޯ ވީ،" އޮފިޝަލް ވިދާޅުވި އެވެ.
"ގޯހެއް ހަދާފައި އޮތް ކަމަށް ގަބޫލުކުރެވެންޏާ، ކޯޓަށް ހުށަހަޅައިގެން ސާބިތުކުރެވޭނެ ކަމަށް ގަބޫލުކުރެވެންޏާ އެކަން ކުރާނަން."
އޭރު ޕީޖީއަކަށް ހުންނެވީ އައިޝަތު ބިޝާމެވެ.
It took me a lot of courage to finally speak up about it.
— zahu 🎈 (@xahhuu) July 2, 2020
TRIGGER WARNING: Sexual abuse,my own experience‼️
It happened on December 2016.I was just a 17 year old girl then. To this day, I remember this horrendous night so vividly.Every second of it,as if it happened yesterday.
ޖުމައްޔިލް ޖިންސީ އަނިޔާކުރި ކަމަށް ބުނެ އަންހެންމީހާ ކޮށްފައިވާ ޓްވީޓްތައް
ޖިންސީ އަނިޔާގެ ތުހުމަތާ ގުޅިގެން ޖުމައްޔިލްގެ ބަހެއް ހޯދަން، "މިހާރު"ގެ ފަރާތުން ނެރޭ "ދޯ" މެގަޒިން އިން ގުޅުމުން އޭނާ ބުނީ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
އަނިޔާ ތަހައްމަލްކުރި މީހާ ބުނިގޮތުގައި އެކަން ހިނގި ގޮތް އާއްމުކޮށް ކިޔައިދިނުމުގެ ހިތްވަރު ހޯދީ ވަރަށް އުނދަގުލުންނެވެ. އެއީ އޭނާގެ ހަޔާތުގެ "އެންމެ އަނދިރި" ދުވަހުގެ ގޮތުގައި ސިފަކޮށް އޭނާ ބުނީ "މިއަދާ ހަމައަށް ވެސް، އެ ބިރުވެރި ރޭ، އެ ހާދިސާގެ ކޮންމެ ސިކުންތެއް، އިއްޔެ ވީ ކަމެއް ފަދައިން، ވަރަށް ރަނގަޅަށް ހަނދާން އެބަހުރި" ކަމަށެވެ.
I'm so sorry this happened. 😞 given the current state at which this case is at, I will check how we can help (from PGO) and get back to you.
— Hussain Shameem (@HuShameem) July 2, 2020
ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އަށް ޕީޖީ ހުސައިން ޝަމީމް ޖަވާބު ދެއްވައި ކުރެއްވި ޓްވީޓް
އެކަމާ ގުޅިގެން ނަފްސާނީ މައްސަލަތައް ދިމާވެ، ސިވިއަ އެންޒައިޓީ އާއި ޑިޕްރެޝަނަށް ފަރުވާ ހޯދަން ޖެހުނު ކަމަށާއި އޭނާ އަދިވެސް އުޅެމުން ދަނީ އެ އަނިޔާގެ އަސަރުތަކުން ސަލާމަތް ނުވެވިގެން ކަމަށް ވެސް ޓްވީޓުގައި ބުންޏެވެ.
"ކަލޭ އަހަރެން ބަރުބާދު ކޮށްލައިފި،" މުޅި ހާދިސާގެ ހުލާސާއެއް ލިއެ ނިންމާލަމުން، މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލްގެ ނަން ވެސް ގެނެސް ތުހުމަތުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
04 July 2020
އަހަރުމެންނަށް އިގޭ ފުލުހުން މިހާރު ތަހުގީގުކުރާގޮތް. ޕާޓީކުރާ ބަޔެއް އަލްކޮހޯލް ޓެސްޓެއް ނުކުރޭ، ޖިންސީ ގޯނާލިބޭ މީހާ ޑޮކްޓަރަށް ނުދައްކާ، ސީންއަށްދަނީ 6 ގަޑި އިރު ފަހުން. ދެން ކޮން ހެއްކެއް ލިބޭނީ!
ދުންމާރި
03 July 2020
ނުނިންމޭނެ ނުނިމޭ މައްސަލައެއް ދައުވާކުރި ވިކްޓިމް އެދުވަނީ އިންސާފު ނުލިބިގެން. އިންސާފު ލިބެން ޖެހޭ ފަރާތަށް އިންސާފު ނުލިބޭހާ ހިނދަކު ކިހިނެއް ނިމޭނީ.
ޒިލޭބި
03 July 2020
އިންސާފަކީ ދިވެހިރާއްޖޭގެ ބަސްފޮތުގައި އޮތް އެއްޗެއް ކަމުގައި ވިޔަސް ޤާނޫނީ ގޮތުންވެސް އަދި ޤާނޫނު ތަންފީޒުކުރަންތިބި ބަޔަކު ދަންނަ އެއްޗެއް ނޫނެވެ.! ޤައުމު އޮޔާ ގޮސްފިއެވެ. ކުޑަކުޑަ މައުސޫމް ކުދިން ރޭޕް ކުރަނީއެވެ، ރޭޕިސްޓުންނާއި މެދު ފިޔަވަޅު އެޅެނީކީ ނޫން، ކޮރަޕްޝަން އިންތިހާގަ، ބާރުވެރި ސިޔާސީ މީހުން މިފަދަ އެތައް ކުށަކުން ބަރީއަ ވާއިރު، މިކަމާ އެންމެ ބޮޑަށް ވަކާލާތު ކުރި އެމް.ޑީ.ޕީ އިން ވަނީ ރައްޔިތުންގައިގަ ކޮޅުފައިން ޖަހާފަ!
ނިމާލް
03 July 2020
100% މި ބުނަނީ އިންސާފެއް ނުލިބޭނެ. މިހާރު މި ތިބި މީހުން ތިއްބަކާ. ވަރަށް ބޮޑަށް އިނގޭތީވެ މި ބުނީ. ވަރަށް ސަލާމް
ޅޮސްބ
03 July 2020
ހެކި ނެތި ދައުވާ ކުރަން ފަސައިފިތަ ގައުމު ފަސާދަވެ ނިމިދާނެ އެކަމެއް ހިނގަމުން ދަނިކޮށް ހިތްވަރުކޮށް ހުށައެޅޭތޯ ބަލަންވީ
ގޖެ2
03 July 2020
ފިލްމީ ދާއިރާގަ ނޫޅޭނެ ސަހަލު އެކަތިވެސް..
ޖުމަލްފޭންބޭސް
03 July 2020
އިންސްޓާ ޑީއެކްޓިވޭޓް ކޮށްފަ ފިލީމަ ޔަގީންވެއްޖެ ޔޫ އަރ ގިލްޓިީކަން. އެހެންނޫންނަމަ އެކަން ދޮގުކުރާނެ ދޯ އަމިއްލަޔަށްވެސް. ޏޮޓް ތްރޫ ނިމާލް ސިސްޓާސް
މިޔާ
03 July 2020
އަދިވެސް އާޝާ ބޯސްލީމެން އުޅޭނެ މީނަވަރު މީހަކުނެތިގެން ތާހިރުވެއްޖެ އެއްނު
ވާނުވާ
03 July 2020
ދިވެހިރާއްޖޭގެ ޤާނޫނު ބުނާގޮތުން 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީގޯނާ ކޮށްފިނަމަ އަދި އެކުއްޖާ އެކަމަށް އެއްބަސްވެއްޖެނަމަ އެމީހަކަށް 10 އަހަރުގެ ޖަލުހުމެއް އައްނަންޖެހޭ! ދެން ކިނިނެއްތޯ ޕީޖީ ހެކިނެތިގެންނޭކިޔާފަ ތިމަށްސަލަ ހުއްޓުވޭނީ! އަމިއްލަ އަތްތަކުން ޤާނޫންތަށް ހަދައިގެންވެސް ގޮވަނީ އަތަށް ﷲ އަށް ބިރުވެތިވޭ އިންސާފް އަރާ ހަމަކުރާދުވަސް އޮތީ ވަރަށް ކައިރީގަ!
އެފޭ
03 July 2020
ބޯޑުންނާއި މަޝްހޫރު މީހުނަށް ވަކި ގޮތެއް ގަަނޫނެއް. ނިކމެތިމީހާ އާއި ޤާނޫނު އަރާހަމަ ކުރަނީ 4 ވަނަ ގިޔަރުގަ. ކޮންފަދަ އިންސާފެއްތޯ މީ.