ޚަބަރު / ރެޒިޑެންޓް ވީސާ

ރެސިޑެންސް ވިސާއާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ނަޝީދު ކުއްލި މައްސަލަ ހުށަހަޅުއްވަނީ.---ފޮޓޯ: މަޖިލިސް

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ އަވައްޓެރި ގައުމަކަށް ފައިދާއެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައި ނުގަންނަން ފާސްކޮށްފި އެވެ.

"އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ފޮރުވިފައިވާ ކަންކަން" ނަމުގައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަން ކަމަށް ވޯޓް ދެއްވީ 16 މެމްބަރުންނެވެ. އެ މައްސަލަ ބަލައި ނުގަންނަން 19 މެމްބަރު ވޯޓް ދެއްވުމުން އެ މައްސަލައާ ގުޅޭ ގޮތުން ބަހުސް ނުކުރަން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ނިންމައިފަ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ އެ އިސްލާހުގެ ހަގީގީ ބޭނުމަކީ މިވަގުތު ރާއްޖޭގައި ދިރިއުޅެމުން ދާ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ގައުމަކަށް ނިސްބަތްވާ 25،000 ބިދޭސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތްތަކެއް މަގުފަހި ކުރުން ކަމަށެވެ. އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން އޭނާ އަށް އެކަން ހިއްސާ ކުރައްވާފައިވާ ކަމަށް މެމްބަރު ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

Residence visa massalaigai Nasheed amalu kurevvee gavaaidhaa hilaafu kamah bune hiyhama nujehun!

Residence visa massalaigai Nasheed amalu kurevvee gavaaidhaa hilaafu kamah bune hiyhama nujehun!

The most trusted news source in the Maldives

Mihaaru

ރެސިޑެންސް ވިސާ ކަންތަކުގައި ނަޝީދު އަމަލު ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް މެމްބަރުން ތުހުމަތު ކުރެއްވުން

"މިކަމުގެ ތަރުތީބު ކުރެވިގެން ދަނީ ވަކި ހިސާބަކުން އެމީހުން ދިވެހިރާއްޖޭގެ ރައްޔިތުކަން ދިނުން ކަމަށްވޭ. އޭގެ ކުރިން ދާއިމަށް ތިބެން ފެށުމާއެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންތައްތައް ކުރުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބޭ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

"މިގޮތުން އެ މީހުން ބޭނުންވާ ދީނަކަށް އުޅުމަށް ފައްޅި އެޅުމާއި އެމީހުންގެ ދަރިން ސްކޫލަށް ދާއިރު އެ މީހުންގެ ދީނީ ތައުލީމް ލިބޭނެ ގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށް ވޭ. އަދި މިކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށްވޭ."

މެމްބަރު ނަޝީދު ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެ މީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުން ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވުމަކީ އެ ތުހުމަތުތަކަށް ބާރު ލިބިދޭ އިތުރު ހެއްކެއް ކަމަށެވެ.

"ފަންސަވީސް ހާސް މީހުންނަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދައި ވަކި ހިސާބަކުން ރައްޔިތުކަން ދީފި ނަމަ ރާއްޖޭގައި ކުރިއަށް ބާއްވާ އިންތިޚާބުތަކަށް ވަރަށް ބޮޑަށް އެހެން ގައުމުތަކަށް ނުފޫޒު ފޯރުވޭނެ. މި އަދަދު ބޭނުންކޮށްގެން ރާއްޖޭގެ މަދު ބައެއްގެ ވޯޓް ކޮޅަކާއެކު އިންތިޚާބެއް ކާމިޔާބު ކުރެވޭނެ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާގެ ބަޔަކު ރާއްޖޭގެ އެންމެ ދެކުނާއި ލ. އަތޮޅާއި މާލޭގައި މިހާރު ވެސް ހަތިޔާރާއެކު އުޅެމުން ދިއުން އެކަށީގެންވާ ކަމަށެވެ. އަދި އެ ގައުމުގެ އެމްބަސީން ރާއްޖޭގެ މީޑިއާތަކަށް ހަރަދުކޮށް، އެ ގައުމާ ދެކޮޅަށް މީޑިއާ އިން ނުލިޔާނެ ކަމުގެ ޔަގީންކަން ހޯދާފައިވާ ކަމަށް ވެސް މެމްބަރު ނަޝީދު ތުހުމަތުކުރެއްވި އެވެ.

"ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކުގައި ކޮންސަލްޓެންޓުންގެ ގޮތުގައި މިދެންނެވި ގައުމުގެ ޖާސޫސުން ހަރަކާތްތެރިވަމުން ދޭ. ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން މުއާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫގައި ވެސް މިދެންނެވި ޖާސޫސުން ތިބޭ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންކަމަކީ ރާއްޖޭގެ ގައުމީ ސަލާމާތަށް ނުރައްކާވާ ކަންކަން ކަމަށެވެ.

އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީިހުން ގޮތެއް ނިންމައި ދިނުމަށް މަޖިލީހުގެ ރައީސް ނަޝީދަށް މިދިޔަ ހަފުތާގައި ކޮމިޓީގެ ރިޕޯޓު ފޮނުވި ނަމަވެސް އެ މަނިކުފާނު ވަނީ ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމަނައި ދިނުމަށް އެދިވަޑައިގެން އެ ރިޕޯޓު އަނބުރާ ފޮނުވާލައިފަ އެވެ.

ކޮމިޓީގެ މަސައްކަތް ނިންމާފައި ވަނިކޮށް، ނަޝީދު އެދިވަޑައިގަތީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނުމަށެވެ. މި ގޮތަށް ވިސާ ދިނުމަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވެސް ނުރުހުން އޮތް ކަމެކެވެ. މިކަމާ ފާޅުގައި ބައެއް މެމްބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

15 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 3%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންކެޔޮ

20 July 2020

ކޮންތާކަށްތަ އެބުނާ މައްސަލަ ހުށައެޅީ؟!

The name is already taken The name is available. Register?

ދޯބެ

20 July 2020

ހެއްދެވިހާ ދޮގުތަށް ހަދަ މީހުނަށް ފުރައްސާރަކޮށް އަބުރު ގެއްލުވާލާކަށް ނޫން އެމްޑީޕީއަށް އެޕާޓީ މެމްބަރުން މަޖިކީހުގެ ސުޕާރ މެޖޯރިޓީ ދިނީ.... ޕީޕީން ހާއްސަކޮށް މިދިޔަ 5 އަހަރާ އެއިގެ ކުރީގެ އަހަރު ތަކުގަވެސް ތިތަނަށްވަދެ ރއްޔިރުންނަށް އެތައްއަނިޔާއެއް ދީފަ ތިތިބީ...

The name is already taken The name is available. Register?

އުސްތާޛްޒަކީ

20 July 2020

ނުރުހޭ ކޮންމެ މީހަކަށް ވެސް ފާޑު ކިޔަނީއެވެ. އެހެނަސް މަޖިލިސް ތެރޭގައި އިންނަވާ އިއްޒަތްތެރި މެމްބަރަކު، އެމަޖިލިަށް ހުށަހެޅޭ އިސްލާޙަކާއި ގުޅިގެން ޤަރާރުތައް ހުށަހެޅުމަކީ މޮޅަ ކަމެކެވެ. އެހެނީ އެފަދަ އިސްލާޙަކާއި ދެކޮޅަށް ވެސް، އެއްކޮޅަށް ވެސް ބަހުސް ކުރެއްވުމުގެ ފުރުޞަތު ލިބޭތީއެވެ. އަދި ލޮބީ ކުރުމުގެ ފުރުޞަތު ވެސް ލިބޭތީއެވެ.

The name is already taken The name is available. Register?

އިބްޝާ .

20 July 2020

ކުއްލި މައްސަލާގަ ރ ނަޝީދު ކޮމެޓީއަށް އިސްލާހު ހުށަހެޅި ކަމަށް މީނަބުނި ބުނުމަށް އެމަނިކުފާނު އިންކާރު ކުރެއްވީމަ ކީއްވެތަ މީނަ ރައްޔިތުންނަށް އެކަން ސާފު ނުކޮށްދިނީ.. ކޮމެޓީގަ އަދި ތަޅުމުގަވިޔަށް ކޮންމެ ކަމެއް ކޮއްމެ ހުށަހެޅުމެއް ވެސް ހިގާނީ ތިހުރިހާ މެމްބަރުންގެ ކުރިމަތީގަ.. މިއަދު ކަލޭ ރ ނަޝީދުގެ އަބުރު ތިކަތިލީ ﷲގެ އަޒާބަށް ކުޑަވެސް ބިރުވެރިކަމެއް ނެތީމަ.. ފިތުނަ ފަސާދައިގެ އެދުރުން..

The name is already taken The name is available. Register?

ސޮބުރީ

20 July 2020

ސުޕަ މެޖޯރިޓީގެ ފޮނުމީރުކަން އެއްބައިފަހަރު ފޮނީގަ ހިތިރަހަވެސް ލާނެ

The name is already taken The name is available. Register?

ވަގުންހިފާ

20 July 2020

މަޖިލީހުގެ ވަގުތު ނަގާލަން ބުހުތާނު ދޮގު ހަދައިގެން ކޮން މައްސަލައެއް ހުށަހަޅާކަށް؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 July 2020

ހެހެހެހެ.ޑިމޮކްރަސީގަ އޮންނަ ގޮތަށް ނުކެރުނު ދޯ ބަހުސެއް ކޮށްލަންވެސް.ވެރިޔާއާއި ދެކޮޅަށް އެއްޗެއް ބުނެލަންނުކެރުން ދެރަ ދޯ.ތަމެން މެމްބަރުނ ތިޔައީ ޕަޕެޓުންނޭ ނުބުނަން މަމެންނެތިން.ވ.ވެދުން

The name is already taken The name is available. Register?

ލަދުކުޑޭ

20 July 2020

ޑިމޮކްރަސީގައި އޮންނަ ގޮތަށް ވޯޓުލަައިގެން އެ ބަހުސްކުރަން ފާސްނުވީ! ޑޮމޮކްރަސީއަކީ 5 މީހުންގެ ޕާޓީއަށް ފެންނަ ގޮތަށް ކަންކަން ނިމުމަށް ކިިޔާ އެއްޗެއް ނޫން.

The name is already taken The name is available. Register?

ބަރާބަރު

20 July 2020

ޙެއްދެވި ނެހެއްދެވިއަށް ދޮގާ ރައްޔިތުން ތެރޭ ފިތުނަ އުފެދޭ ޒާތުގެ ކަންކަން ކުރަން އެޖެންޑާ 19 އަށް ރައްޔިތުންގެ ހުއްދައެއް ނެތް.. އެ ގަރާރު މުޖުތަމައަށާ އިސްލާމް ދީނުގެ އޮނިގަޑަށް ނުފެތޭ.. އެ ބޭރުކޮށްލުމަކީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް..

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 July 2020

ހެހެހެހެ.ޑިމޮކްރެޓިކް ވީމަ ދޯ އެއްވެސް ކަމެއްގަ ޕާޓީގެ ރައީސް ބުނާއެއްޗަކަށް ބަހެއް ބުނަލެން ނުކެރެނީ.(ޑިމޮކްރަސީގަ ވެސް އޮންނަނީ މިހެން ތޯ!؟ މިއީ ޑިމޮކްރަސީ ނަމަ ތަޖިކިސްތާން ، ސްވާޒީލޭންޑް ، ރުވާންޑާ ، ޗާޑް ، ކެމަރޫން އަދި ކެމްބޯޑިޔާގަ ވެސް އޮތީ ޑިމޮކްރެޓިކް ވެރިކަމެއް.އަޅާހާ ބަތަކަށް ޕާޓީ މެމްބަރުން ރިހަ އަޅާނަމަ ދެން ކަލޭ މިއަށް ކިޔާނެ އެެއްޗެއް ބުނެބަލަ.ލަދު ކޮބާ؟؟) ވ.ވެދުން

The name is already taken The name is available. Register?

211111

20 July 2020

ތިކަ މައް ބާރުލިބިދޭ ވަރައްގިނަ ހެކި އެބަހުރި.......ރަގަޅުވާހަކައެއް މި ކަ މުގެ އަސަރު ކުރާނީ 10 ސަކައް އަހަރު ފަހުން........ޤައު މުގެ ހައްޤުގަ ބަސްބުނަކެރެން ވާނެ ...

The name is already taken The name is available. Register?

ޓިނު

20 July 2020

މިސޮރު މިއުޅެނީ ކިހެނެއްވެގެން؟

The name is already taken The name is available. Register?

އީތޭން

20 July 2020

މިހާރު ވެސް ބިދޭސީންގެ މައްސަލަ މިހާ ބޮޑުއިރު އަދި ވެސް ރެޒިޑެންޓް ވިސާ ދޭންވީތަ؟ މަޖުލީހުގެ މެމްބަރެއްގެ ކޮންސްޓަރަކްޝަން ކުންފުނިން މުސާރަ ނުދިނުމުން ދިވެހިން ރަހީންކޮށް ހަމަނުޖެހުން ހިންގި... މުސާރަ ނުދީ ރެޒިޑެންޓުން ގޮތުގަ ތިބޭ ބިދޭސީން އަދި ކިހާ ހަމަނުޖެހުމެއް ހިންގަފާނެ.... ތިހާ ފަސޭހައިން ތިހާ މަދު ފައިސާޔަކަށް ރެޒިޑެންޓް ވިސާ ދެނީ ކޮންގައުމަކުން!! ... ރައީސް ނަޝީދު ވިދަޅުވީ ރައްޔިތުންގެ އަޑު އައްސަވާނަމޭ... ތި އިސްލާހު އަބުރާ ގެންދަވާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454