މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓޮނިކް ލައިވް ސްޓޫޑީއޯ އިން ނެރުނު އޯޑިއޯ ލަވަ "ގުނަމުން މިދާ" ވީޑިއޯއާ އެކު ގެނެސްދީފި އެވެ.
އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަޝްފާ ކިޔާފައިވާ މި ލޯބީގެ މަޑުމައިތިރި ލަވައިން ފެންނަނީ ފިލްމީ ދާއިރާގައި މިހާރު ފިޔަ ޖަހަން ފަށާފައިވާ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއީލް ޖުމައިހް (ޖުމާ) އެވެ.
އާޝާ އަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މިދިޔަ އަހަރު ގެނެސްދިން "ގޮށްރާޅު" އިން ތައާރަފުވި ބަތަލާއެކެވެ.
ހުޅުމާލޭގައި މަންޒަރުތައް ނަގާފައިވާ މި ވީޑިއޯ ޑައިރެކްޓްކުރީ އައްބެ އެވެ. މި ލަވައިގެ ކޮސްޓިއުމާއި މޭކަޕް/ހެއާ ހަދާފައި ވަނީ ސޭންޑީ އާއި ލުސިޑް ޑްރީމްސް އިންނެވެ.
ކުޑައިއްބެގެ މިއުޒިކަށް ހަދާފައިވާ މި ލަވައިގެ ވީޑިއޯ ގެނެސްދިނީ ލައިޓް އައުޓް ޕްރޮޑަކްޝަނުންނެވެ.