01 އޮކްޓޯބަރ 2020 - 17:56
ހުޅުމާލެ ދެވަނަ ފޭސްގެ އެންމެ އިރުމަތީ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ ބައެއް ގެތަކުގައި މީހުން ދިރިއުޅެއް ފެށުމާ އެކު އެ ސަރަހައްދަށް ވަދެވޭ ގޮތަށް މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާންމުން ދިރިއުޅެން ފަށާފައި ވަނީ މީހުންނަށް ދޫކޮށްފައިވާ ބައެއް ގޯތިތަކުގައި ކަމަށެވެ. މީހުން އުޅެން ފެށީ އެޗްޑީސީން ދިން ހާއްސަ ހުއްދައެއްގެ ދަށުން ވަކި ސަރަހައްދެއްގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެނީ ފިޔަވަހި އެކެއްގެ ނިރޮޅު މަގާ ގުޅޭ ދިމާލުން ފޭސް ދޭއްގެ މަގުތަކާއި ގޯތިތަކުގަ އެވެ.
އެޗްޑީސީން ބުނީ މިއަދުން ފެށިގެން ދެވަނަ ފިޔަވަހީގެ ވަކި ސަރަހައްދަކަށް އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވައިލައިފައިވާ ކަމަށާއި އެގޮތަށް ހެދީ އެތަނުގައި ދިރިއުޅޭ މީހުންނަށް އެ ތަނަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހުން ދިރިއުޅޭ ގެއެއް
އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވައިލައިފައި ވަނީ ނިރޮޅުމަގު އެންމެ އިތުމަތީ ބްރިޖުންނެވެ. އެ ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައި ފޭބުން މަނާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ވަކިން ހާއްސަކޮށް ދެވަނަ ފޭސްގެ ބީޗް ސަރަހައްދު ބޭނުންކުރުމުގައި ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދެ ވަނަ ފޭސް އާންމުކޮށް ހުޅުވާލުމާ އެކު މިއަދު ހަވީރު ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ދިޔަ އެވެ. ނަމަވެސް މީހުން އުޅޭ ސަރަހައްދު ނޫން އެހެން ހިސާބުތަކަށް ވެހިކަލްގައި ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރު އެވެ. އެތަނުގައި އާންމުންނަށް އަޅާފައިވާ ފްލެޓްތަކުގައި މީހުން އުޅެން ފެށުމަށް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝާ
02 October 2020
ޝުކުރިއްޔާ ނަޝީދު. ޖަލަށް ގޮސްގެން ދިވެހިންނަށް ހައްގު މިންވަރާއި މިނިވަންކަމާއި އަމިއްލައަށް ބަސްބުނަން ދަސްކޮށްދިން ރައީސް.
ކާސިމު
03 October 2020
ޝުކުރިޔްޔާ މައުމޫން.. ހުޅުމާލޭގެ އަސްލު ބާނީ
ޢަލިއ
02 October 2020
ޝުކުރިއްޔާ ރައީސް ޔާމީން.
ކާސިމު
03 October 2020
ޝުކުރިޔްޔާ މައުމޫން.. ހުޅުމާލޭގެ އަސްލު ބާނީ.. ވަރަށް ހައްޤު
ނައިބު ތުއްުތު
02 October 2020
ރައްތައް ފަޅުކުރުމުގެ ފޭސް 2 ދެއްތޯ ހުޅުވީ .. ޝުކުރިއްޔާ ވަރަށް ބޮޑަށް
ކަންބޮޑުވާ
02 October 2020
މިހާރު ދެން އެންމެނަށްވެސް އެނގިއްޖެ އެމްޑީޕީ އަކީ ވެރިކަން ކުރެވޭނެ ބައެއް ނޫންކަން. އެހެނެއްނުން މަގުމަތީ ސަކަރާތް ޖަހާ ހޯބޯލަވާ އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި އެވަރެއް ނެތް. ދެފަހަރު މަތިން އޮޑީގެ މާލިމީކަން ދިނީމާ ފުރަތަމަ ފަހަރު ޗާޓުން ބޭރުކޮށް ފަރަށް އަރުވާލާފައި މީހުން ހޯބޯ ލަވަން ފެށީނާ ކެޔޮޅު އޮޑިން ފުންމާލީ، މިފަހަރު މާލިމީ މީހާ މި އިންނަނީ ނިދާފަ.
ޖަމްޝީދް
02 October 2020
ރައީސް ނަޝީދުގެ ވެރިކަމުގެ ފެށުނު. ޔާމީނު ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓް އިބޫ ހަގީގަކަށް ހަދައިފި
އެބުނާހެން
02 October 2020
އެބުނާހެން. 2015 ގައި ހިއްކަން ފެށިގޮތަށް އަކަފޫޓުގެ ތަންކޮޅެއް ހިއްކާލާފައޮތީ. ދެން ހިއްކަންފެށީ 17 ނޮވެމްބަރ 2018 ގައި. ދެނަކާ ދެނެއްނެތް 18 ނޮވެމްބަރ 2018 ވަނަ ދުވަހު އިރުއޮއްސުނުއިރުއޮތީ މިހާރު އެއޮތްވަރަށް ފޭސް 2 ހިއްކާ ނިމިފަ.
ޔައުނީ
02 October 2020
ޔައުނީ އަހަރެމެންގެ ގަޓު ރަައީސް ވައްކަމާއި ކޮރަޕްޝަން ހިންގީމާ ބިންތަޢްހިކި އިމާރާތްތައް މައްޗަށްއަރާ ގޮތޭވަނީ.
ކާސިމު
03 October 2020
ގަޓު ރައީސް ވަގަށް ނެގި ލާރި ދައްކަން ޖެހޭ އަދިވެސް.. އެކަމަކު އެމަނިކުފާނަށް މިކަމުގައި ޝުކުރު ހައްޤު..އެކަމުވެސް ލާރި ދައްކަންވާނެ
ކޮސްގޮވާ
02 October 2020
ތި އެއްރަށުން އަނެއްރަށައް ދެވޭގޮތަށް ހަދާފައިވާ ހުރިހާ ބުރިޖްތަކުން ހުރަސް ކުރާ ކޮއްމެކުރުމަކަށް ފައިސާ ނަގަން ޖެހޭ.
Happy
02 October 2020
ދެވަނަ ފިޔަވަހިން ގޯތިދޫކުރީ ކޮންއިރަކުހޭ.. ގޯތީގެ އިންތިޒާރުގަ މިތިބީ!!??
ސިކުނޑި
02 October 2020
ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަކީ ރާއްޖޭގެ މުޅި އާބާދީގެ މަސްލަތާއި، ރަށުގެ ރީތިކަމާއި، ހަމައާއި އިންސާފުގެ ވަޒަނުން ކިރާއިރު އެންމެ އަދުލުވެރި ގޮތެއް ނޫން!
ޕްލީސް
02 October 2020
މަވެސްމީ ހުޅުމާލޭގަ އުޅޭމީހެއް އަދި ހުޅުމާލެއިން ގޯތި ދޯކޮށް ނުވަތަ ވިއްކާތޯވެސް ބަލަބަލާ ހުންނަމީހެއް ހަމަ ހުވާމިބުނީ މަށަކުނުދެނެހުރީމް ފޭސް 2 އިން ގޯތި ދޫކުރިކަމެއް އަދި ވިއްކިކަމެއްވެސް މިކަންގޮސްފަ އޮތްގޮތެއް މިހާރު ނޫހުން ސާފުކޮށްލަދެއްވަބަލަ
ޢަލިއ
02 October 2020
ދޮންކަލޯ ގޯއްޗެއް ދުލެއް ނުކުރޭ ގޯތި ވިއްކީ. ގަތްމީހުންގެ ތެރެއިން ބަައެއްމީހުން ހަދައިގެން ދިރިއުޅެންފެށީ. އެޗް.ޑީސީގެ ސައިޓުންވެސް ފެންނާނެ. އިޢުލާންތައް ހުންނާނެ. ނުނަގާހުރިއްޔާ.