ދުންޔާ: މިނިސްޓަރު ނަސީމްގެ ގާބިލްކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެ މަގާމަށް ގާބިލް ބޭފުޅެއް ކަމާ މެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފި އެވެ.
ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ނަސީމެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަން ކުރެއްވި ނަސީމަކީ އެމްޑީޕީގެ ބޭފުޅެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ނަސީމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ތޯ އާއި ކޮވިޑް-19 އާ ގުޅިގެން ބޮޑު ބަލިމަޑުކަމެއްގެ މެދު ތެރެއިން ނަތީޖާ ނެރެދެވޭނެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ސަރުކާރު ކޯލިޝަންގެ އެއްބަސްވުމަށް ދެން ވާނީ ކިހިނެތްތޯ ވެސް އޭނާގެ ޓްވީޓްގައި ސުވާލު އުފައްދަވާފައިވެ އެވެ.
The appointment of the new health minister raises questions. Is this the right choice for the position? Does this minister carry the right expertise to be appointed in the middle of a global pandemic? (1/2)
— Dunya Maumoon (@dunyamaumoon) October 22, 2020
ދުންޔާގެ ޓްވީޓް
ދުންޔާ އެގޮތަށް ވިދާޅުވިއިރު، މިއީ ޖުމްހޫރީ ޕާޓީއަށް ކެބިނެޓުން ގެއްލުނު ފުރަތަމަ މަގާމެވެ. އެ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވިޔަސް، އެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ މައުސޫމެވެ. އަލަށް އައި ބަދަލާ އެކު، މިހާރު ކެބިނެޓްގައި ތިއްބެވީ ޖުމްހޫރީ ޕާޓީގެ ހަތަރު ވަޒީރުންނެވެ.
އެކަމަކު މީގެކުރިން މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ކެބިނެޓުން ވަނީ މަގާމެއް ގެއްލިފަ އެވެ. ހައުސިން މިނިސްޓަރަކަށް ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބަދަލުގައި އެ މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ވަނީ އެއްކޮށްލައްވައިފަ އެވެ. އެހެންވެ، ކެބިނެޓްގައި މިހާރު ތިއްބެވީ އެމްއާރުއެމްގެ ތިން ވަޒީރުންނެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙަސަން ބުޝްރީ
24 October 2020
ވަޒީރުކަން ލިބޭނެކަމަށްހުއްޓާ އެހެން މީހަކަށް ދިނީމާ ޖެލަސްވީ. ކިހާދެރަކަމެއް!
ބަލަހު
23 October 2020
ދުންޏާޢަކީވެސް ހަމަ ދަނޑި ދިގު އުނދުޅި ހެދި އުޅޭ މީޙެކެވެ ދުންޏާ ކުރާ ޚީދުމަތެއް ނޯޥެއެވެ ބަލަ ޢާޢިސަ ޓްރާޏްސްޕޯރޓަށް ލީމަ ނުބުނެވުނު އެކައްޗެއްވެސް އޭރު އޯކޭ
ޖިންނިއައްޕަން
23 October 2020
ގިރާވަރު ރެސޯޓު މައްސަލަ ނަސީމައެއްކޮޅަށް ކޯޓުން ނިންމި ކަމުގަވިޔަސް އެއިރު ފަހުބަސް ބުނަން ހުންނެވި ރ މައުމޫން ނަސީމަށް އަމުރު ކުރެއްވީ ގިރާވަރުން ފައިބާން.. މިހަމައިން އަދި ނުނިމުނު .. އެއިރު ނަސީމް ތަރައްގީ ކުރަމުން ދިޔަ ޒިޔާރަތްފުށްޓަށް ބޭނުންވާ ލޯނުވެސް ހުއްޓުވާ އެމަނިކުފާނުގެ މުޅި ވިޔަފާރި ބަގުރޫޓުކޮށް ދަރަނިވެރި ކޮށްލި.. ކަމަނާގެ ބައްޕަ ނަސީމަށް ކުރި އަނިޔާގެ ކުޑަތަންކޮޅެއްމީ.. ނަސީމުގެ ހިންގުންތެރިކަން ވ ކައިރިން ދެކުނީން ..ވ ބަރާބަރު
ސާންތިކަމަނާ
23 October 2020
ގާބިލުމީހަކު އަހަރުމެންނަކަށް އަދިނުފެނޭ. ވަކިމީހަކުނޫން. ތިރީސްއަހަރު ގައުމުހިންގަނީއޭބުނެ ބަގުޑިބައްދައިލައިގެން ހުރިމީހަކުވެސް ފެނުނު. ގައުމުހަލާކުވެ ސުންނާފަތިވެ ހުރިހއަިރައްޔިތުން މާލެކިޔާ ރަށަކަށް އެއްކޮށް އަދިވެސް މިއުޅެނީ އެކަމަކުން އަރައިނުގަނެގެން. މިކަހަލަ މީހުން.
ނާދީ
23 October 2020
އިންޑިޔާ ސަރުކާރުގެ ދަށުވެފައި ތިބި ބަޔަކަށް ކޮން ގާބިލުކަމެއްތޯ ދެއްކޭނީ. ނޭނގި ތިއްބާ އިނޑިޔާއިން ވެރިކަން މިއޮތީ ހިސޯތުކޮއްފަ.
ދިވެހި މީހާ
23 October 2020
ތެދެއް. ތިމަގާމަށް އެންމެ ޝަރުތު ހަމަވާނީ ކަމަނާއާއި ފާރިސް އާއި ގައްސާން.
އަޑުބަ
23 October 2020
ސަރުކާރު ޒިންމާދާރު ކުރަން ފަށަން ވަރަށް ލަސްވެއްޖެ. ސަރުކާރުގެ މިސްރާބު ރަނގަޅެއްނޫން.
Happy
23 October 2020
މި އަދި ކާކުތަ އަނގަފުޅާކޮށްފާ ވާހަކަ ދައްކަން?
ސިކުނޑި
23 October 2020
ޔުމްނާގެ ޚިޔާލަކީ އޭނާގެ އަމިއްލަ ޚިޔާލެވެ. މައުމޫނަކާ ގުޅުމެއްނެތް! ދިވެހިންވެސް ތަންކޮޅެއް ހަރުދަނާވާން ދަސްކުރަންވެއްޖެ! ނަސީމަކީ މިވަގުތު އެމަގާމަށް އެންމެ ގާބިލުބޭފުޅެއްނޫން! އެތަޖުރިބާއެއްވެސް ނުހުންނާނެ! އެހެނަސް ހިކުމަތު އަމަލީ ބޭނުންކުރާނަމަ ނުހިންގޭނެއެކޭ ދަންނަވާކަށް ނެތިން! ބަވަނަވަމުންދާ ދުނިޔޭގައި ވަޒީރުންގެ ބޭނުމަކީ ރަނގަޅު ވަގުތުގައި ރަނގަޅު ގޮތް ނިންމުން! ފޮރިން މިނިސްޓްރީގައި ނަސީމަށް އެކަމެއްނުވި.
އުނބޭ
23 October 2020
ޔުމްނާ އޭ؟ ސިކުނޑީގެ މައްސަލައެއް އެބަޢުޅޭ..
ޑެލްބޯއި
23 October 2020
ނަސީމަކީ ވަރަށް ގާބިލް ބޭފުޅެއް. ކަންކުރަން އެނގިވަޑައިގަންނަވާނެ ބޭފުޅެއް. ތެދެއް މިއަދުގެ "ޒުވާނުން"ގެ ވިސްނުމެއް ނުހުންނާނެ. އެއަށްވުރެ އެތަށް ގުނައެއް ހަރުދަނާވާނެ. ގައުމުގެ ރައީސަށް އިސްތިއުފާ ސިޓީގައި "އެތިފަހަރެއް" "ވާން ކުރުން" މިޒާތުގެ ބާޒާރުމަތީ ބަހުރުވަ ބޭނުން ކުރާ މީހުންނާ ވަރަށް ތަފާތުވާނެ. ހަރުދަނާ މާލޭގެ ވިސްނުން ހުންނާނެ. ނަސީމުމެން ޖަނަރޭޝަނަށް ގައުމަށް ކަމެއް ކޮށް ނުދެވުނީ މައުމޫނުގެ އުނދަގޫ ބޮޑުވެގެން.
ސިސްޓާއޮފްނޭށަން
23 October 2020
ދުންޔާއަށް ފޮރިން މިނިސްޓަރުކަން ދިނީ އެންމެ ގާބިލު މީހާ ވީމަތޯ އަމިއްލަ ނަފުސާ ސުވާލު ކޮއްލަބަލަ!؟